Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެކްސިން

ހޯމަ ދުވަހު 5،000ށް ވުރެ ގިނަ މީހުން ދެވަނަ ޑޯޒު ޖެހި

20 އެޕްރީލު 2021 | އަންގާރަ 14:16

ހޯމަ ދުވަހު މުޅި ރާއްޖެއިން ޖުމްލަ 7،658 މީހުންވަނީ ވެކްސިން ޖަހާފައި

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 20 އެޕްރީލު 2021 | އަންގާރަ 14:16
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިންދިނުމުގެ މަސައްކަތް ކުރިއަށް ދަނީ

ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިންދިނުމުގެ މަސައްކަތް ކުރިއަށް ދަނީ

ހޯމަ ދުވަހު މުޅި ރާއްޖެއިން 5،533 މީހުން ވެކްސިން ޖަހާފައިވާކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ހޯމަ ދުވަހު މުޅި ރާއްޖެއިން ޖުމްލަ 7،658 މީހުންވަނީ ވެކްސިން ޖަހާފައެވެ. އޭގެ ތެރެއިން 2،125 މީހުންނަކީ ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުންނެވެ. މާލެ ސަރަހައްދުން ވެކްސިންގެ ފުރަތަމަ ޑޯޒުޖަހާފައި ވަނީ 277 މީހުންނެވެ. އަދި އަތޮޅުތެރެއިން ފުރަތަމަ ޑޯޒު ޖެހީ 1،848 މީހުންނެވެ.

Advertisement - newsAdvertisement

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން 5،533 މީހުންނަކީ ދެވަނަ ޑޯޒު ޖެހި މީހުންނެވެ. އޭގެ ތެރެއިން 3،366 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިންޖެހި މީހުންނެވެ. އަތޮޅުތެރެއިން ދެވަނަ ޑޯޒު ޖެހީ 2،167 މީހުންނެވެ.

މުޅި ރާއްޖޭގެ ތަފާސްހިސާބުތަކަށް ބަލާއިރު މިހާރު މާލޭގައިވެސް އަތޮޅުތެރޭގައިވެސް ގިނައީ ވެކްސިންގެ ދެވަނަ ޑޯޒު ޖަހާ މީހުންނެވެ. މުޅި ރާއްޖެއިން މިހާތަނަށް 283،973 މީހުން ވެކްސިން ޖަހާފައިވާއިރު އޭގެ ތެރެއިން 51،350 މީހުންނަކީ ދެވަނަ ޑޯޒު ޖަހާފައިވާ މީހުންނެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވެކްސިނޭޝަން ޕްރޮގްރާމް ކުރިއަށްގެންދާއިރު، ދެވަނަ ޑޯޒު ޖަހަން ފަށާފައި ވަނީ މި މަހު ކުރީކޮޅުއެވެ. ދެވަނަ ޑޯޒު ޖަހަނީ ކޮވިޝީލްޑް ވެކްސިންއާއި ސިނޮފަރމް ވެކްސިންގެއެވެ. ދެވަނަ ޑޯޒުޖަހަން ފެށުމާއެކު ވެކްސިން ކިއުތަކުގައި މައްސަލަ ދިމާވެ އެކަމުގެ ރަނގަޅު އުސޫލެއް ނެތި ކަންބޮޑުވުންތައް އިތުރުވެފައިވާއިރު އެކަން ހައްލުކޮށްދޭނެކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

މުޅި މާލެ ސަރަހައްދުގައި ޖުމްލަ 11 ވެކްސިނޭޝަން ސެންޓަރު ހުރިއިރު އަތޮޅުތެރޭގައި 240 ވެކްސިނޭޝަން ސެންޓަރު އެބަހުއްޓެވެ. މި ވަގުތު ރާއްޖޭގައި ބޭނުންކުރަމުން އަންނަނީ ކޮވިޝީލްޑް، ސިނޮފަރމް އަދި ފައިޒާ ވެކްސިންއެވެ. އޭގެ ތެރެއިން މިހާރު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހުން ވަނީ ހުއްޓާލާފައެވެ. އަދި މިހާރު ފުރަތަމަ ޑޯޒު ޖަހަނީ ސިނޮފަރމް އަދި ފައިޒަރ ގެއެވެ. ފައިޒަރ ވެކްސިން ޖަހަމުން އަންނަނީ ވަކި ބަލިތަކަކަށް ބޭސްކުރާ މީހުންނަށް ހާއްސަ ހާލަތްތަކުގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް