Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެރިކަމުގެ ނިޒާމު ބަދަލުކުރުން

ވެރިކަމުގެ ނިޒާމާ ހެދި ބަގުޑި ބައްދަން ހަދައިގެން މުސްތަގުބަލުގެ ޖީލުތައް ދަރަނިވެރި ވެދާނެ - މަވޯޓާ ޝަރީފް

ވެރިކަން ނުހިންގި ކަންތައްތައް ބޮއްސުންލައިގެން ހިނގައްޖެ ހާލަތެއްގައި މެނުވީ، ނިޒާމު ބަދަލުކުރަން އުޅުމަކީ ހެޔޮވާ ވާރުގެ ކަމެއް ނޫންކަމަށް ޝަރީފް ވިދާޅުވި

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 20 އެޕްރީލު 2021 | އަންގާރަ 06:53
މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް)

މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް)

ވެރިކަމުގެ ނިޒާމާ ހެދި ބަގުޑި ބައްދަން ހަދައިގެން މުސްތަގުބަލުގެ ޖީލުތައް ދަރަނިވެރިވެގެން ހިނގައިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އޮތް ރިޔާސީ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރަށް ވެވަޑައިގަންނަވަން  ބޭނުންފުޅުވާކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައިސޫލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ހުށަހެޅުއްވުމާ ގުޅިގެން، ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ އަޑުތައް މިހާރު މި ވަނީ ގަދަވެފައެވެ.

މިކަމާ ގުޅޭގޮތުން، ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މަވޯޓާ ޝަރީފް ވިދާޅުވީ، ރިޔާސީ ނިޒާމަކީ ރާއްޖޭގެ ރައްޔިތުން ވޯޓު ލައިގެން ކަނޑައަޅާފައި އޮތް ނިޒާމެއް ކަމަށާއި، ނިޒާމާ ހެދި ވެރިކަން ނުހިންގި، ކަންތައްތައް ބޮއްސުންލައިގެން ހިނގައްޖެ ހާލަތެއްގައި މެނުވީ، ނިޒާމު ބަދަލުކުރަން އުޅުމަކީ ހެޔޮވާ ވާރުގެ ކަމެއް ނޫން ކަމަށެވެ. އަދި އެހެން ނޫންކަމަށް ވާނަމަ، އެއްވެސް ނިޒާމެއް ހަރުދަނާވެ، ރައްޔިތުންނަށް މަންފާހުރި ވެރިކަމެއް ކުރެވޭނެ ދުވަހެއް ނުފެންނާނެ ކަމަށް މަވޯޓާ ޝަރީފް ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ ޒުވާން އާބާދީއެއް އޮތް ގައުމެއްކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ، ގިނަ ވަޒީފާ އުފެއްދުމުގެ ބޭނުން ވަރަށް ބޮޑަށް ޖެހިފައި ވާކަމަށާއި، ރާއްޖޭގައި ހުރި މަދު ވަސީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފަން ބާރު އަޅަންޖެހިފައި ވަާކަމަށެވެ. އަދި ރާއްޖޭގައި ލިބެން ހުރި މަދު ވަސީލަތްތައް ބޭނުން ކޮށްގެން ރާއްޖޭގެ އުފެއްދުންތެރިކަން އިތުރު ކުރުމުގެ ބަދަލުގައި، ވެރިކަމާއި ވެރިކަމުގެ ނިޒާމާއި ހެދި ބަގުޑި ބައްދަން އުޅެފިނަމަ އަންނަން އޮތް ޖީލުތައް ދަރަނިވެރިވެގެން ހިނގައިދާނެ ކަމަށެވެ.

ރާއްޖޭގައި ވެރިކަން ހިންގާނެ ނިޒާމެއް ކަނޑައެޅުމަށް، އާންމު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާފައިވަނީ 2007 ވަނަ އަހަރުއެވެ. އެފަހަރު ރައްޔިތުންގެ 62 އިންސައްތަ އަޣުލަބިއްޔަތުން ނިންމާފައިވަނީ ރާއްޖޭގައި އޮންނަން ޖެހޭނީ ރިޔާސީ ނިޒާމެއް ކަމަށެވެ. އެހެން ނަމަވެސް، އޭގެ ފަހުން ވެސް ދޭތެރެ ދޭތެރެއިން ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ބަހުސް ކުރެވެމުން ދެއެވެ.  

އިތުރަށް ކިޔާލަން

01 މެއި 2017

ނޫސްވެރިކަމުގެ މިނިވަންކަން އެއްވެސް ވަރަކަށް ނެތް ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނިއްޖެ

01 މެއި 2017
ނޫސްވެރިކަމުގެ މިނިވަންކަން އެއްވެސް ވަރަކަށް ނެތް ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނިއްޖެ
24 އެޕްރީލު 2017

ދެކޮޅު ހެދިއަސް، މަރުގެ ހުކުމް ތަންފީޒް ކުރާނަން: ރައީސް ޔާމީން

24 އެޕްރީލު 2017
ދެކޮޅު ހެދިއަސް، މަރުގެ ހުކުމް ތަންފީޒް ކުރާނަން: ރައީސް ޔާމީން
20 އެޕްރީލު 2017

ޤާސިމްގެ ޗެލެންޖު ރައީސް ޔާމީނަށް: ކެރިވަޑައިގަންނަވާނަމަ ވެރިކަމުގެ ސައްހަކަން ބެލުމަށް ފެންނަ ނުފެންނަ ވޯޓަކަށް ވަޑައިގަންނަވާ

20 އެޕްރީލު 2017
ޤާސިމްގެ ޗެލެންޖު ރައީސް ޔާމީނަށް: ކެރިވަޑައިގަންނަވާނަމަ ވެރިކަމުގެ ސައްހަކަން ބެލުމަށް ފެންނަ ނުފެންނަ ވޯޓަކަށް ވަޑައިގަންނަވާ
11 އެޕްރީލު 2017

މިނިވަން މީޑިއާއަކީ ހެޔޮވެރިކަމުގެ ރުކުނެއް. މީޑިއާ ކައުންސިލްގެ ކުރީގެ ރައީސުން ކުރާ މަސައްކަތައް މަރުޙަބާ: އަދާލަތު

11 އެޕްރީލު 2017
މިނިވަން މީޑިއާއަކީ ހެޔޮވެރިކަމުގެ ރުކުނެއް. މީޑިއާ ކައުންސިލްގެ ކުރީގެ ރައީސުން ކުރާ މަސައްކަތައް މަރުޙަބާ: އަދާލަތު
10 އެޕްރީލު 2017

ނޫސްވެރިކަމުގެ މިނިވަންކަން ހޯދަން މީޑިއާ ކައުންސިލްގެ ކުރީގެ ރައީސުން އިގުރާރުވެއްޖެ

10 އެޕްރީލު 2017
ނޫސްވެރިކަމުގެ މިނިވަންކަން ހޯދަން މީޑިއާ ކައުންސިލްގެ ކުރީގެ ރައީސުން އިގުރާރުވެއްޖެ
01 އެޕްރީލު 2017

ނިމިދިޔައީ ހެއްވާޒާތުގެ ސަބަބުތައް ބަޔާންކޮށް ސިޔާސީ ފަރާތްތައް ހާޒިރުކުރުމުގައި ރެކޯޑް ހެދި ހަފްތާއެއް: އެމްޑީޕީ

01 އެޕްރީލު 2017
ނިމިދިޔައީ ހެއްވާޒާތުގެ ސަބަބުތައް ބަޔާންކޮށް ސިޔާސީ ފަރާތްތައް ހާޒިރުކުރުމުގައި ރެކޯޑް ހެދި ހަފްތާއެއް: އެމްޑީޕީ
27 މާރިޗު 2017

އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިގެން ސިޒޭރިއަން ހެދި މީހާ ވެންޓިލޭޓަރުން ނަގައިފި

27 މާރިޗު 2017
އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިގެން ސިޒޭރިއަން ހެދި މީހާ ވެންޓިލޭޓަރުން ނަގައިފި
21 މާރިޗު 2017

އަނިޔާވެރިކަން ނިންމާލެވޭނީ އަނިޔާވެރިކަމުގެ ވާހަކަ ދައްކައިގެން:ތައްޔިބު

21 މާރިޗު 2017
އަނިޔާވެރިކަން ނިންމާލެވޭނީ އަނިޔާވެރިކަމުގެ ވާހަކަ ދައްކައިގެން:ތައްޔިބު
06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް