Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުމުދާ ކްލިއަރ ކުރުން

ފުރަތަމަ ހަފުތާގައި 26،500ށް ވުރެ ގިނަ ކޭސް ބިސް ކްލިއަރކޮށްފި

18 އެޕްރީލު 2021 | އާދީއްތަ 21:09

ފުރަތަމަ ހަފުތާ ތެރޭގައި 727 ކޮންޓެއިނަރުގެ މުދާ ކްލިއަރ ކޮށްފައިވޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 18 އެޕްރީލު 2021 | އާދީއްތަ 21:09
ބިސް ކޭހެއް

ބިސް ކޭހެއް

ރޯދަމަހުގެ ފުރަތަމަ ހަފުތާގައި އެމްޕީއެލުން 26،500ށް ވުރެ ގިނަ ކޭސް ބިސް ކްލިއަރކޮށްފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އެ ކުންފުނިން ވަނީ ރޯދަމަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި 727 ކޮންޓެއިނަރުގެ މުދާ ކްލިއަރ ކޮށްފައެވެ. އެއީ 20 ފޫޓުގެ 367 ކޮންޓެއިނަރާއި 40 ފޫޓުގެ 360 ކޮންޓެއިނަރެވެ.

އޭޕްރިލް 13ން 17ށް އެމްޕީއެލުން ކްލިއަރކޮށްފައި ވަނީ ކެއިންބުއިމަށް ބޭނުންކުރާ ތަފާތު ބާވަތްތަކެވެ. އޭގެތެރޭގައި ރޯދަމަހު ގޭބީސީތަކުން އެންމެ ބޮޑަށް ޑިމާންޑުކުރާ ތަރުކާރީ އާއި މޭވާގެ ބާވާތްތައް ހިމެނެއެވެ. އެގޮތުން 26،520 ކޭސް ބިހާއި 18،786 ބަސްތާ ފިޔާ، 5،207 ބަސްތާ ކަރާ އަދި 2،600 ކޭސް އިނގުރުގެ އިތުރުން 2،125 ކޭސް އަލަނާސި އާއި 1،757 ބަސްތާ ކެބެޖު ކްލިއަރ ކޮށްފައިވެއެވެ. މީގެ އިތުރުން، އަލުވި، ޓޮމާޓޯ، ލުނބޯ، ބަރަބޯ އަދި ދޮންކެޔޮ ފަދަ މޭވާ އާއި ތަރުކާރީ ވެސް ކްލިއަރކޮށްފައިވެއެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް އެތެރެކުރާ މުދަލަށް ބަދަލުތަކެއް އައި ނަމަވެސް މިހާރު ރާއްޖެ އެތެރެކުރާ މުދަލުގެ އަދަދު އިތުރުވަމުން އަންނަ ކަމަށް އެމްޕީއެލުން ފާހަގަކުރެއެވެ. ރޯދަމަހަކީ އާންމުކޮށްވެސް ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ އަދަދު އިތުރުވާ މަހަކަށްވާއިރު، މިތަކެތި ހަލާކުވިޔަ ނުދީ އަވަހަށް ކްލިއަރކުރުމުގެ ގިނަ އިންތިޒާމުތަކެއް އެމްޕީއެލުން ވަނީ ހަމަޖައްސާފައެވެ.

އެކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޝާހިދު އަލީ ވިދާޅުވީ އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރު ގިނަ އަދަދަކަށް މުދާ އެތެރެކުރާކަން ފާހަގަވެފައިވާ ކަމަށާއި ރަމަޟާން މަހުގެ ކުރީ ކޮޅު ގިނަ އަދަދަކަށް މުދާ އަންނާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެހެންކަމުން ލަސްތަކެއް ނުވެ ވިޔަފާރި ބަނދަރުން މުދާ ބޭރު ކުރުމުގެ ގޮތުން ދުރާލާ ތައްޔާރުވާން ފަށާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެމްޕީއެލުން ވަނީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މުދާ ކްލިއަރ ކުރުމަށް އިތުރު މުވައްޒަފުންތަކެއް ނަގާފައެވެ. ކާބޯތަކެތި ހިފައިގެން އަންނަ ކާގޯ ބޯޓުތަކުން ބަންދު ދުވަސްކަމުގައިވީ ނަމަވެސް މުދާ ހުސްކުރުމުގެ މަސައްކަތް އެހެން މަސްތަކެކޭ އެއްފަދައިން ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އެމްޕީއެލުން ވަނީ ދީފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

08 ޖުލައި 2017

ބޭންކް އޮފް ސިލޯނުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ހައުސިންގް ލޯނެއް ތައާރަފުކޮށްފި

08 ޖުލައި 2017
ބޭންކް އޮފް ސިލޯނުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ހައުސިންގް ލޯނެއް ތައާރަފުކޮށްފި
30 ޖޫން 2017

އިންޑިއާގައި ފުރަތަމަ ފަހަރަށް ވިޔަފާރިތަކުން ޖީއެސްޓީ ނަގަން ނިންމައިފި

30 ޖޫން 2017
އިންޑިއާގައި ފުރަތަމަ ފަހަރަށް ވިޔަފާރިތަކުން ޖީއެސްޓީ ނަގަން ނިންމައިފި
11 ޖޫން 2017

އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވްގައި 50 ވުރެ ގިނަ މީޑިއާ އަދި ޑައިވް އޮޕަރޭޓަރުން!

11 ޖޫން 2017
އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވްގައި 50 ވުރެ ގިނަ މީޑިއާ އަދި ޑައިވް އޮޕަރޭޓަރުން!
27 މެއި 2017

ރޯދަމަހުގެ ފުރަތަމަ ދުވަސް، ލޯކަލް މާރުކޭޓް ތޮއްޖެހިފައި

27 މެއި 2017
ރޯދަމަހުގެ ފުރަތަމަ ދުވަސް، ލޯކަލް މާރުކޭޓް ތޮއްޖެހިފައި
19 އެޕްރީލު 2017

އެލައިޑްގެ ލައިފް އިންޝިއުރެންސް ފުރަތަމަ ނެގި މީހާއަށް ފައިސާ ދީފި

19 އެޕްރީލު 2017
އެލައިޑްގެ ލައިފް އިންޝިއުރެންސް ފުރަތަމަ ނެގި މީހާއަށް ފައިސާ ދީފި
31 މާރިޗު 2017

ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

31 މާރިޗު 2017
ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
30 މާރިޗު 2017

ދިވެހި އަމިއްލަ ފުރަތަމަ ކުންފުނީގެ ހިއްސާ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފި

30 މާރިޗު 2017
ދިވެހި އަމިއްލަ ފުރަތަމަ ކުންފުނީގެ ހިއްސާ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފި
18 ފެބުރުއަރީ 2017

އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް

18 ފެބުރުއަރީ 2017
އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް
12 ފެބުރުއަރީ 2017

ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ

12 ފެބުރުއަރީ 2017
ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ
12 ފެބުރުއަރީ 2017

އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި

12 ފެބުރުއަރީ 2017
އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް