Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެކްސިން ކިއުތަކުގެ މައްސަލަ

ވެކްސިން ކިއުތައް ދިގުވާ މައްސަލަ ހައްލު ކޮށްދިނުމަށް މިދަނީ މަސައްކަތް ކުރަމުން - ޑރ. ނަޒްލާ

ވެކްސިން ޖެހުމުގައި އިސްކަން ދޭނީ ހަމައެކަނި އުމުރުން 60 އަހަރުން މަތީގެ މީހުންނަށް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 18 އެޕްރީލު 2021 | އާދީއްތަ 09:20
އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު

ވެކްސިން ޖަހަން ކިއުގައި ޖެހޭ މީހުންގެ އަދަދު އިތުރުވެ ރަމަޟާން މަހު ވެކްސިން ޖަހާ ގަޑި އިތުރު ކުރި ނަމަވެސް ކިއުތަކަށް ބަދަލު އައިސްފައި ނުވާތީ އެ މައްސަލަ ހައްލު ކުރުމަށް މިހާރު ވެސް އިތުރު މަސައްކަތް ކުރަމުން ދާ ކަމަށް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ މިހާރު ވެކްސިން ޖެހުމުގައި ގިނަ ބަޔަކަށް ދަތިތަކާ ކުރިމަތި ވަމުންދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި މި ޕްރޮގްރާމް ކުރިއަށް ދަނީ ވަރަށް ގިނަ ބަޔަކާ ގުޅިގެން ކަން ފާހަގަކުރައްވައި ޑރ. ނަޒްލާ ވިދާޅުވީ ރަމަޟާން މަސްކަމަށްވުމާއެކު ދިމާވާ ދަތި ތަކާއެކު ވެސް ވެކްސިން ޖެހުމުގެ ކަންކަން އޮޕަރޭޓް ކުރަމުން ދާ ޓީމުތަކުން ދިމާވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަމުން ދާ ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ބައެއް ވެކްސިނޭޝަން ސެންޓަރު ތަކުން ބައެއް މީހުންނަށް އިސްކަން ދޭ ޝަކުވާ ލިބެމުން ދާ ކަމަށް ބުނެ ނޫސްވެރިން ކުރިން ސުވާލަށް ޖަވާބު ދެއްވަމުން ޑރ. ނަޒްލާ ވިދާޅުވީ ވަކި ތަނަކަށް ނިސްބަތް ވާ މީހަކަށް ވެކްސިން ޖެހުމުގައި އިސްކަން ދިނުމުގެ އުސޫލެއް ނޯންނާނެ ކަމަށާއި، އިސްކަން ދޭނީ ހަމައެކަނި އުމުރުން 60 އަހަރުން މަތީގެ މީހުންނަށް އެކަނި ކަމަށެވެ.

ކޮވިޑް-19 ވެކްސިންގެ އެއް ވަނަ ޑޯޒް އަދި ދެވަނަ ޑޯޒް ޖަހާ މީހުންގެ އަދަދު އިތުރުވެ މާލެ ސަރަހައްދުން ވެކްސިން ޖެހުމަށް ކިއުގައި ޖެހެން ޖެހޭ މީހުންގެ އަދަދު އިތުރުވުން ރޯދަ މަހު ވެކްސިން ޖަހައިދޭ ގަޑި ވަނީ ރޭގަނޑު 09:00ން 11:45ށް އިތުރުކޮށްދީފައެވެ. ނަމަވެސް މިގޮތަށް ގަޑި އިތުރުކުރުމުން ވެސް ގިނައިރު ކިއުގައި ހުންނަން ޖެހުމާއި، ވެކްސިން ޖެހުމަށްޓަކައި ކިއު ދިގުވުމުގެ ސަބަބުން ކިއުގައި ހުރެ، ބައެއް ފަރާތްތަކަށް ވެކްސިންޖެހުމުގެ ފުރުސަތު ވަނީ ނުލިބިފައެވެ.

އެގޮތުން ގިނަ އިރުތަކެއް ވަންދެން ކޮޅަށް ހުންނަން ޖެހުމުން އެކި ފަހަރުމަތިން ވެކްސިން ޖަހަން ދިއުމަށް ފަހު އަނބުރާ ދާ މީހުން ވެސް އިތުރުވެފައިިވެއެވެ. މިކަމުގެ ސަބަބުން މާލެ ސަރަހައްދުގައި ވެކްސިން ޖަހައިދޭ ގަޑި އިތުރުކުރުމުގެ އިތުުރުން، ވެކްސިން ޖެހުން ފަސޭހާވާނެ ގޮތްތައް ހަދައިދިނުމަށް އާންމުން އަންނަނީ އެޗްޕީއޭއަށް ގޮވާލަމުންނެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު