Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަންނުވެރިންގެ ހައްގުތައް ހޯދުމަށް ގާނޫނެއް

ފަންނުވެރިންގެ ހައްގުތައް ކަށަވަރުކުރުމަށް ގާނޫނެއް އެކުލަވާލަމުންދަނީ - ޔުމްނާ

ދިވެހި ކުރެހުންތެރީންނަށް އެކިއެކި އެކްސްޗޭންޖް ޕްރޮގްރާމްތައް މެދުވެރިކޮށް ރާއްޖެއިން ބޭރުން ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުޞަތު ފަހިކުރުން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 15 އެޕްރީލު 2021 | ބުރާސްފަތި 11:02
ޔުމްނާ މައުމޫން

ޔުމްނާ މައުމޫން

ފަންނުވެރިންނަށް އެމީހުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ގާނޫނެއް ހެދުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް, ޔުމްނާ މައުމޫނު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ކުރެހުމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްސަ މެސެޖުގައި މިނިސްޓަރ ވިދާޅުވީ، ކުރެހުންތެރިންނާއި އެހެނިހެން ފަންނާނުންނަށް ލިބުން މުހިންމު އެކިއެކި ޙައްޤުތަކާއި، ލިބުން ޙައްޤު އިހުތިރާމާއި ޙައިސިއްޔަތު ހޯދައިދިނުމަށް ފަންނުވެރިންގެ ހައްގުތަކުގެ ގާނޫނެއް އެކުލަވައިލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

Advertisement - newsAdvertisement

އަދި ކުރެހުމާއި، އެއާއި ގުޅުންހުރިދާއިރާތައް ތަރައްގީކުރުމަށް އަދުގެ ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އެގޮތުން ނޭޝަނަލް އާޓް ގެލެރީ ރަނގަޅު ފެންވަރަކަށް ތަރައްގީކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި، އަދި ދިވެހި ކުރެހުންތެރީންނަށް އެކިއެކި އެކްސްޗޭންޖް ޕްރޮގްރާމްތައް މެދުވެރިކޮށް ރާއްޖެއިން ބޭރުން ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުޞަތު ފަހިކުރުމަށް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ފަންނުވެރިކަން ކުރިއެރުވުމަށް މަރުކަޒުތަކެއް ޤާއިމުކުރުމުގެ މަސައްކަތް ރޭވިފައިވާކަމަށާއި، އެ މަރުކަޒުތައް މެދުވެރިކޮށް، ރާއްޖޭގެ އެކި ހިސާބުތަކުގައި ހުނަރުވެރި ކުރެހުންތެރިން ބިނާކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށް ވިދާޅުވެފައިވެއެވެ. ގާނޫނީ ދާއިރާގެ ތެރެއިން ކުރެވޭ މިފަދަ މަސައްކަތްތަކުން ކުރެހުންތެރިންނަށާއި އެހެނިހެން ފަންނާނުންނަށް އިތުރު ފުރުޞަތުތައް ލިބި، އާމްދަނީ ހޯދުމުގައްޔާއި، ފިކުރީ މުދާރައްކާތެރިކުރުމުގައި ލުއިތަކެއް ލިބިގެންދާނެކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ރާއްޖެއަކީ ކުރެހުންތެރިން ނިސްބަތުން ގިނަ ގައުމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އޭޕްރީލް މަހުގެ 15 ވަނަ ދުވަހަކީ ބައިނަލްއަގުވާމީގޮތުން ފާހަގަކުރާ ކުރެހުމުގެ ދުވަހެވެ. ދުނިޔޭގެ ކުރެހުމުގެ ދުވަހުގެ ގޮތުގައި އޭޕްރިލް މަހުގެ 15 ވަނަ ދުވަސް ކަނޑައެޅުނީ 2019 ވަނަ އަހަރު ބޭއްވުނު ޔުނެސްކޯގެ އާންމުޖަލްސާގައެވެ. މި ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ މުޖުތަމަޢުއާއި ކުރެހުމާ ހުރި ގުޅުން ފާހަގަކޮށް، ކުރެހުން މެދުވެރިކޮށް ފާޅުކުރެވޭ ހިޔާލުތަކުގެ ސިންދަފާތުކަން ބަލައިގަނެ، ދެމެހެއްޓެނިވި ތަރައްޤީގައި ކުރެހުންތެރިން އަދާކުރާ މުހިންމު ރޯލު ފާހަގަކުރުމެވެ. އަދި ހަމަ މިއާއެކު މިދުވަސް ފާހަގަކުރުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ ބޮޑުވަމުން އަންނަ ކުދީންގެ ތަފާތުތައް ދެނެގަނެ، އެކުދިންގެ ޝުޢޫރުތައް ފާޅުކުރުމަށް ބޭނުންކުރާ ވަސީލަތެއްގެ ގޮތުގައި ކުރެހުން ބޭނުންކުރުމަށް ސްކޫލް ދައުރުން ފެށިގެން އެ ކުދީންނަށް އެހީވުމުގެ މުހިއްމުކަން ފާހަގަކުރުމެވެ. މިދުވަސް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ މިއީ ދެވަނަ އަހަރެވެ.

ކޯވިޑް19ގެ ޢާލަމީވަބާއާއެކު ކުރެހުންތެރީންނަށް ވަނީ އެތައް ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. އެހެންނަމަވެސް، ބަލައިލި ކޮންމެ ދިމާލަކުންމެ ފެންނަނީ ކުރެހުންތެރިން އިތުރު ހިތްވަރަކާއެކު މަސައްކަތް ފަށައިގަންނަ ތަނެވެ. މި ޢާލަމީ ވަބާގެ ބިރުވެރިކަމުގެ ތެރޭގައި ކުރެހުންތެރީންގެ ހިތްގައިމުކުރެހުންތައް ވެގެންދިޔައީ ހިތްތަކަށް ހަމަޖެހުން ގެނެސްދިން ފަރުވާއަކަށެވެ.

މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް

ކޮމެންޓް

އިތުރަށް ކިޔާލަން

"މެރިޓައިމް އޭޝިއާ ހެރިޓޭޖް ސަރވޭ" އާ ގުޅޭގޮތުން ކެބިނެޓާ މައުލޫމާތު ހިއްސާކޮށްފި

"މެރިޓައިމް އޭޝިއާ ހެރިޓޭޖް ސަރވޭ" އާ ގުޅޭގޮތުން ކެބިނެޓާ މައުލޫމާތު ހިއްސާކޮށްފި

07 ފެބުރުއަރީ 2023
އާޓް ގެލެރީ ކުއްޔަށް ދޫކުރަން ހުޅުވާލައިފި

އާޓް ގެލެރީ ކުއްޔަށް ދޫކުރަން ހުޅުވާލައިފި

16 ޖެނުއަރީ 2023
އާޓް ގެލެރީ ހުޅުވުން ލަސްވެ، އާޓިސްޓުންގެ ކަންބޮޑުވުން

އާޓް ގެލެރީ ހުޅުވުން ލަސްވެ، އާޓިސްޓުންގެ ކަންބޮޑުވުން

16 ޖެނުއަރީ 2023
މިއަހަރު ނިމުމުގެ ކުރިން އޮލިމްޕަސް ހުޅުވޭނެ: އިކްރާމް

މިއަހަރު ނިމުމުގެ ކުރިން އޮލިމްޕަސް ހުޅުވޭނެ: އިކްރާމް

06 ނޮވެމްބަރު 2022
އާސާރުތައް ރައްކާތެރި ކުރުމަށް ކުރެވޭ މަސައްކަތްތަކަށް ފަހިވެގެންދިޔައީ ސަރުކާރުން އެކަމަށްދިން ސަމާލުކަމުގެ ސަބަބުން: މިނިސްޓްރީ

އާސާރުތައް ރައްކާތެރި ކުރުމަށް ކުރެވޭ މަސައްކަތްތަކަށް ފަހިވެގެންދިޔައީ ސަރުކާރުން އެކަމަށްދިން ސަމާލުކަމުގެ ސަބަބުން: މިނިސްޓްރީ

27 އޮކްޓޯބަރު 2022

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު