Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޯކަލް ކައުންސިލް އިންތިޚާބު 2021

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ފ އަތޮޅު ކައުންސިލް ކަމަށް 3 ކެންޑިޑޭޓުން ވާދަކޮށްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 13 އެޕްރީލު 2021 | އަންގާރަ 17:54
12 ނޮވެމްބަރު 2019 26ވަނަ ލާމަރުކަޒީ ކޮމެޓީގެ ތެރެއިން -- ޕޮޓޯ : ޔޫސުފް ސަފްވާން

12 ނޮވެމްބަރު 2019 26ވަނަ ލާމަރުކަޒީ ކޮމެޓީގެ ތެރެއިން -- ޕޮޓޯ : ޔޫސުފް ސަފްވާން

ފ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ބެހެއްޓިފައިވާ ވޯޓު ފޮއްޓެއްގައި 2 މީހުން ވޯޓުލާން ރަޖިސްޓަރީ ކޮށްފައި އޮތް ނަމަވެސް، ވޯޓުލީ ލިސްޓުގައި 366 ވޯޓު ހިމެނޭ މައްސަލައެއް އިލެކްޝަންސް ކޮމިޝަނުން ބަލަން ފަށައިފިއެވެ.

ފ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް 3 ކެންޑިޑޭޓުން ވާދަކޮށްފައިވެއެވެ. އެއީ ކެންޑިޑޭޓް ނަމްބަރު 1 އިބްރާޙިމް ނައީމް، ކެންޑިޑޭޓް ނަމްބަރު 2 މުޙައްމަދު ޝަހުރީދު އަދި ކެންޑިޑޭޓު ނަމްބަރު 3 އަލީ މުހައްމަދެވެ. ފ އަތޮޅު ކައުންސިލް ރައީސަކު ހޮވުމަށް އެއަތޮޅު މަގޫދޫގައި ބެހެއްޓިފައިވާ މަގޫދޫ ރައްޔިތުންގެ ފޮއްޓަށް 394 މީހުން ރަޖިސްޓަރީ ކޮށްފައިވާއިރު، ވޯޓު ލާފައިވަނީ އޭގެ ތެރެއިން 366 މީހުންނެވެ.

ފ މަގޫދޫގައި ބެހެއްޓިފައިވާ ބިލެއްދޫ ރައްޔިތުން ވޯޓުލާ ފޮއްޓަށް ރަޖިސްޓަރީ ކޮށްފައިވަނީ 2 މީހުންނެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ނަތީޖާ އާންމު ކޮށްފައިވާއިރު، މި ދެ ވޯޓު ފޮއްޓަށްވެސް ވޯޓުލީ އަދަދެއް ކަމަށް ބަޔާންކޮށްފައިވަނީ 366 އެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، 2 މީހުން ވޯޓުލާން ރަޖިސްޓްރީ ކޮށްފައިވާ ވޯޓު ފޮށީގެ ނަތީޖާގެ ގޮތުގައި އަޕްލޯޑް ކުރެވިފައިވަނީ 394 މީހުން ރަޖިސްޓަރީ ކޮށްފައިވާ ވޯޓު ފޮށީގެ ނަތީޖާ ކަމަށެވެ. އެއީ އޮޅުމެއް ކަމަށާއި އެ މައްސަލަ ބައްލަވާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ފ އަތޮޅު ކައުންސިލް ރައީސް ކަމަށް ކުރިމަތިލައްވާފައިވާ 3 ކެނޑިޑޭޓުންގެ ތެރެއިން ކުރި ހޯއްދަވާފައިވަނީ ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެއްވި ކެނޑިޑޭޓު އަލީ މުޙައްމަދެވެ.

މި މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބު ނިމި ވޯޓުތައް ގުނާފައިވާއިރު އިންތިޚާބުގެ ވަގުތީ ނަތީޖާތައް އީސީން ދަނީ އިއުލާނު ކުރަމުންނެވެ.

ލޯކަލް ކައުންސިލް އިންތިޙާބު 2021

އިތުރަށް ކިޔާލަން

01 ސެޕްޓެމްބަރު 2022

ޑަބްލިއުޑީސީގެ ބައި އިލެކްޝަންތައް އަހަރަކު އެއްފަހަރު ބާއްވާގޮތަށް ހުށަހެޅި އިސްލާހު ކޮމިޓީއަށް ފޮނުވައިފި

01 ސެޕްޓެމްބަރު 2022
ޑަބްލިއުޑީސީގެ ބައި އިލެކްޝަންތައް އަހަރަކު އެއްފަހަރު ބާއްވާގޮތަށް ހުށަހެޅި އިސްލާހު ކޮމިޓީއަށް ފޮނުވައިފި
08 އޯގަސްޓު 2021

ޑަބްލިއުޑީސީ ބައި-އިލެކްޝަންގެ 3 ގޮނޑި ޕީޕީއެމަށް

08 އޯގަސްޓު 2021
ޑަބްލިއުޑީސީ ބައި-އިލެކްޝަންގެ 3 ގޮނޑި ޕީޕީއެމަށް
17 މެއި 2021

އައު ކައުންސިލަރުން ހުވާކޮށްފި

17 މެއި 2021
އައު ކައުންސިލަރުން ހުވާކޮށްފި
15 އެޕްރީލު 2021

ކައުންސިލަރުންގެ ހުވާކުރުން މޭމަހުގެ މެދުތެރޭގައި

15 އެޕްރީލު 2021
ކައުންސިލަރުންގެ ހުވާކުރުން މޭމަހުގެ މެދުތެރޭގައި
14 އެޕްރީލު 2021

ޑރ. މުއިއްޒަށް ޗައިނާގެ ތަހުނިޔާ

14 އެޕްރީލު 2021
ޑރ. މުއިއްޒަށް ޗައިނާގެ ތަހުނިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު