Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބައި އިލެކްޝަން

ޑަބްލިއުޑީސީގެ ބައި އިލެކްޝަންތައް އަހަރަކު އެއްފަހަރު ބާއްވާގޮތަށް ހުށަހެޅި އިސްލާހު ކޮމިޓީއަށް ފޮނުވައިފި

1 ސެޕްޓެމްބަރު 2022 | ބުރާސްފަތި 05:19

ކޮމިޓީގެ ކޯރަމް ގެއްލޭނަމަ 60 ދުވަހުގެ ތެރޭގައި އިލެކްޝަން ބާއްވަން ޖެހޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 1 ސެޕްޓެމްބަރު 2022 | ބުރާސްފަތި 05:19
އިލެކްޝަންސް ކޮމިޝަނުން ބޭއްވި ބައި އިލެކްޝަނެއްގެ ތެރެއިން

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ބައި އިލެކްޝަނެއްގެ ތެރެއިން

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަންތައް އަހަރަކު އެއްފަހަރު ބާއްވާގޮތަށް ގާނުނަށް ހުށަހެޅި އިސްލާހުގެ ބިލު ލާމަރުކަޒީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަންތައް ބާއްވާނެ މުއްދަތާއި ބައި އިލެކްޝަން ބާއްވާނެ ގޮތް ބަޔާންކުރުމާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މަގްސަދާއި ޒިންމާތައް އިތުރަށް ސާފުކޮށްދިނުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމެވެ.

މި ގާނޫނުގެ 8 ވަނަ މާއްދާގެ (ޗ) ގެ ފަހަތަށް އަކުރެއް އިތުރުކުރުމަށް ވަނީ ހުށަހަޅާފައެވެ. މި އަކުރު (ހހ) ގައި ބުނެފައިވަނީ އަތޮޅު ކައުންސިލް ނިސްބަވްތާ އަތޮޅުގެ ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަން، އިލްކްޝަންސް ކޮމިޝަނުގެ އިރުޝާދުގެ ދަށުން ބޭއްވިދާނެ ކަމަށެވެ.

މި ގާނޫނަށް ގެނައި އިސްލާހުގެ 9-56 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ކޯރަމް ނުގެއްލޭހާ ހިނދަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަން ބާއްވަންވާނީ ކޮންމެ މީލާދީ އަހަރަކު އެއްފަހަރު، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ތާރީހެއްގައި ކަމަށެވެ.

މީގެ އިތުރުން މި މާއްދާގެ (ށ) ގައި ބުނެފައިވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރެއްގެ މަގާމު ހުސްވެއްޖެނަމަ، އެކަން 14 ދުވަހުގެ ތެރޭގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން އަންގަންވާނެ ކަމަށެވެ. އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީން އިލެކްޝަންސް ކޮމިޝަނަށް އަންގާ ތާރީހުން ފެށިގެން އެންމެ ފުރަތަމަ ބައި އިލެކްޝަނެއް ބާއްވަން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ތާރީހެއްގައި އެ މެންބަރެއްގެ ބަދަލުގައި ކޮމިޓީއަށް މެންބަރަކު އިންތިހާބު ކުރަންވާނެކަމަށެވެ.

މަގާމު ހުސްވުމުގެ ސަބަބުން ކޮމިޓީގެ ކޯރަމް ގެއްލޭ ހާލަތު މެދުވެރިވާނަމަ، މަގާމު ހުސްވެއްޖެކަން ލޯކަން ގަވަރމަންޓް އޮތޯރިޓީން އިލެކްޝަންސް ކޮމިޝަނަށް އަންގާ ތާރީހުން ފެށިގެން ލަސްވެގެން 60 ދުވަހުގެ ތެރޭގައި އެ މެންބަރެއްގެ ބަދަލުގައި ކޮމިޓީއަށް މެންބަރަކު އިންތިހާބު ކުރަންވާނެކަމަށް އިސްލާހުގައި ބުނެފައިވެއެވެ. ނަމަވެސް ކޮމިޓީގެ މެންބަރެއްގެ މަގާމް ހުސްވިއިރު ކޮމިޓީގެ އުމުރުގެ 1 އަހަރު ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް ބާކީ އޮތްނަމަ އެ ހުސްވި ގޮނޑިއަކަށް މެންބަރަކު އިންތިހާބުކޮށްގެން ނުވާނެކަމަށް ބުނެފައިވެއެވެ. އަދި ބައި އިލެކްޝަނަކުން އިންތިހާބުކުރެވިފައިވާ މެންބަރަކަށް މެންބަރުކަމުގައި ހުރެވޭނީ ހިނގަމުންދާ ދައުރު ހަމަވަންދެންކަމަށް ބުނެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަންޑަބްލިއުޑީސީލޯކަލް ކައުންސިލް އިންތިޙާބު 2021

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
25 އޮކްޓޯބަރު 2025

އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ

25 އޮކްޓޯބަރު 2025
އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ
24 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން

24 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން
19 އޮކްޓޯބަރު 2025

ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ

19 އޮކްޓޯބަރު 2025
ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ
18 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟

18 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟
18 އޮކްޓޯބަރު 2025

އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި

18 އޮކްޓޯބަރު 2025
އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް