Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައު ކައުންސިލަރުން ހުވާކުރުން

އައު ކައުންސިލަރުން ހުވާކޮށްފި

ހުވާކުރުމުގެ ރަސްމިއްޔާތު މާލެ ސިޓީ އާއި ގިނަ ރަށްރަށުގައި ކުރިޔަށް ގެންގޮސްފައިވަނީ އޮންލައިންކޮށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 17 މެއި 2021 | ހޯމަ 07:23
ބ ތުޅާދޫ ކައުންސިލަރުން ހުވާކުރުމާއި ޑަބްލިޔުޑީސީ މެމްބަރުން އިގުރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތު

ބ ތުޅާދޫ ކައުންސިލަރުން ހުވާކުރުމާއި ޑަބްލިޔުޑީސީ މެމްބަރުން އިގުރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތު

އަލަށް އިންތިޚާބުވި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން ހުވާކޮށް މަގާމާ ހަވާލުވެއްޖެއެވެ.

ނިމިގެންދިޔަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބާއްވާފައެވެ. މިއިންތިޚާބު ކާމިޔާބުކުރި ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު މާލެ ސިޓީ އާއި ގިނަ ރަށްރަށުގައި ކުރިޔަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ. ނަމަވެސް ބައެއް ރަށްރަށުގައި ވަނީ އާންމުންނަށް ނުވަދެވޭނެހެން ހުރިހާ ކައުންސިލަރުން އެއް ތަނަކަށް ހާޒިރުވެ ހުވާ ކުރުމުގެ ރަސްމިއްޔާތު ވެސް ބާއްވާފައެވެ. ކައުންސިލަރުންނަށް ހުވާލައިދެއްވީ ރަށްރަށުގެ މެޖިސްޓްރޭޓުންނެވެ.

Advertisement - newsAdvertisement

ހުވާކުރުމުގެ ރަސްމިއްޔާތު އޮންލައިންކޮށް ކުރިޔަށްގެންދިޔުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ނިންމީ ކޮވިޑް-19ގެ ހާލަތު ރާއްޖޭގައި ވަރަށް ބޮޑަށް ގޯސްވެފައިވާތީއެވެ. މާލޭގެ އިތުރުން ގިނަ ރަށްތަކެއް ވެސް ވަނީ ކޮވިޑްގެ ކޭސްތައް ފެންނަމުންދާތީ މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފައެވެ.

މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، ސިޓީ ކައުންސިލްގެ ހެޑް އޮފީހުގައި ކުރީގެ މޭޔަރު ޝިފާ މުހައްމަދާ އެކު އިންނެވިއިރު އެހެން ކައުންސިލަރުން ރަސްމިއްޔާތުގައި ބައިވެރިވީ އޮންލައިންކޮށެވެ. މާލެ ސިޓީގެ މޭޔަރާއި ކައުންސިލަރުން ހުވާކުރުމަށްފަހު ވަނީ ސިޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވާފައެވެ.

ހައިކޯޓުން ނެރެފައިވާ އަމުރާ ގުޅިގެން ބައެއް ރަށްރަށުގެ ކައުންސިލަރުން ހުވާ ކުރުން ވަނީ ފަސްކޮށްފައެވެ. އޭގެ ތެރޭގައި ގއ. ކޮޑޭ ކައުންސިލްގެ ރައީސާއި ހއ. ފިއްލަދޫ ކައުންސިލްގެ ރައީސާއި ލ. މާބައިދޫ ކައުންސިލްގެ ރައީސްގެ އިތުރުން ތ. ކަނޑޫދޫ ކައުންސިލް މެންބަރެއް ހިމެނެއެވެ.

5 އަހަރުގެ ދުވަހުގެ މުއްދަތަށް ކައުންސިލަރުން ހުވާކުރިއިރު ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނަށް ގެނައި ބަދަލުތަކާއެކު މިކައުންސިލްތައް ވެގެންދާނީ މާލީ ގޮތުން ބޮޑެތި ބާރުތަކެއް ލިބިގެން ކުރިޔަށްދާ ފުރަތަމަ ކައުންސިލްތަކަށެވެ. ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކަށް ކުންފުނި އުފައްދައިގެން ވިޔަފާރިކޮށް އާމްދަނީ ހޯދޭނެ ފުރުސަތު ވަނީ ދީފައެވެ. އަދި ކައުންސިލްތަކުގެ އިހުތިސާސް ވަނީ ކުރިޔަށްވުރެ ފުޅާވެފައެވެ.

ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 3،814 ކެންޑިޑޭޓުން ވާދަކޮށްފައިވެއެވެ. މީގެ ތެރެއިން ކައުންސިލްތަކަށް 982 މީހަކު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް 930 މީހުންނާ އެކު ޖުމްލަ 1912 މީހުން އިންތިޚާބު ކުރަން ޖެހުނެވެ.

ލޯކަލް ކައުންސިލް އިންތިޙާބު 2021

އިތުރަށް ކިޔާލަން

01 ސެޕްޓެމްބަރު 2022

ޑަބްލިއުޑީސީގެ ބައި އިލެކްޝަންތައް އަހަރަކު އެއްފަހަރު ބާއްވާގޮތަށް ހުށަހެޅި އިސްލާހު ކޮމިޓީއަށް ފޮނުވައިފި

01 ސެޕްޓެމްބަރު 2022
ޑަބްލިއުޑީސީގެ ބައި އިލެކްޝަންތައް އަހަރަކު އެއްފަހަރު ބާއްވާގޮތަށް ހުށަހެޅި އިސްލާހު ކޮމިޓީއަށް ފޮނުވައިފި
08 އޯގަސްޓު 2021

ޑަބްލިއުޑީސީ ބައި-އިލެކްޝަންގެ 3 ގޮނޑި ޕީޕީއެމަށް

08 އޯގަސްޓު 2021
ޑަބްލިއުޑީސީ ބައި-އިލެކްޝަންގެ 3 ގޮނޑި ޕީޕީއެމަށް
15 އެޕްރީލު 2021

ކައުންސިލަރުންގެ ހުވާކުރުން މޭމަހުގެ މެދުތެރޭގައި

15 އެޕްރީލު 2021
ކައުންސިލަރުންގެ ހުވާކުރުން މޭމަހުގެ މެދުތެރޭގައި
14 އެޕްރީލު 2021

ޑރ. މުއިއްޒަށް ޗައިނާގެ ތަހުނިޔާ

14 އެޕްރީލު 2021
ޑރ. މުއިއްޒަށް ޗައިނާގެ ތަހުނިޔާ
13 އެޕްރީލު 2021

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

13 އެޕްރީލު 2021
ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު