Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑަބްލިއުޑީސީ ބައި އިލެކްޝަން

ޑަބްލިއުޑީސީ ބައި-އިލެކްޝަންގެ 3 ގޮނޑި ޕީޕީއެމަށް

ބައި އިލެކްޝަންގެ ދާއިމީ ނަތީޖާ އިއުލާން ކުރާނީ މި މަހުގެ 10 ވަނަ ދުވަހު

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 8 އޯގަސްޓު 2021 | އާދީއްތަ 03:15
އެޕްރީލް މަހުގެ 10 ވަނަ ދުވަހު ކުރިއަށްގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި، ޑަބްލިއުޑީސީ އިންތިޚާބުގެ ވޯޓުލުމުގެ ތެރެއިން

އެޕްރީލް މަހުގެ 10 ވަނަ ދުވަހު ކުރިއަށްގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި، ޑަބްލިއުޑީސީ އިންތިޚާބުގެ ވޯޓުލުމުގެ ތެރެއިން

ހޮނިިހިރު ދުވަހު ކުރިއަށްގެންދިޔަ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ބައި-އިލެކްޝަންގައި ޕީޕީއެމުން ވާދަކުރި 3 ގޮނޑި އެ ޕާޓީން ކާމިޔާބުކޮށްފިއެވެ.

ބައި-އިލެކްޝަން ކުރިއަށްގެންދިޔައީ 5 ރަށެއްގައެވެ. ބައި އިލެކްޝަން ކުރިއަށް ގެންދިޔައީ ނ. ކެނދިކުޅުދޫއާއި، ނ. މަގޫދޫއާއި، ހދ. ނޮޅިވަރަމާއި، ކ. ދިއްފުށި އަދި އއ. ފެރިދޫގައެވެ. މީގެ ތެރެއިން މަގޫދޫގައި ކުރިއަށްގެންދިޔައީ އިންތިޚާބުގެ 3 ވަނަ ބުރެކެވެ. އެއީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިިޚާބުގެ ބައި އިލެކްޝަންގައި ވާދަކުރި ދެ ކެންޑިޑޭޓެއްގެ ވޯޓު އެއްވަރުވުމާ ގުޅިގެންނެވެ.

Advertisement - newsAdvertisement

މި އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓުން ވާދަކުރީ ހދ. ނޮޅިވަރަމާއި، ނ. މަގޫދޫގެ އިތުރުން ކ. ދިއްފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށެވެ. މި ތިންގޮނޑި އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓުން ކާމިޔާބު ކޮށްފައި ވާއިރު ނ. ކެނދިކުޅުދޫ ކޮމިޓީއަށް އިންތިޚާބު ކުރަންޖެހޭ 2 ގޮނޑިއަށް އިންތިޚާބުވެފައި ވަނީ އެމްޑީޕީގެ ދެ ކެންޑިޑޭޓުންނެވެ. އއ. ފެރިދޫ އަންހެނުންގެ ކޮމިޓީއަށް 4 މެމްބަރުން އިންތިޚާބު ކުރަންޖެހޭއިރު އެރަށުގެ ބައި-އިލެކްޝަންގައި ވާދަކޮށްފައި ވަނީ ހަމައެކަނި އަމިއްލަގޮތުން ވާދަކުރި މެމްބަރުންނެވެ.

އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 4937 މީހަކަށެވެ. މި އިންތިޚާބުގައި 12 ވޯޓު ފޮށްޓެއް ބަހައްޓާފައިވެއެވެ. އޭގެ ތެރެއިން ވޯޓުލީ 11 ވޯޓުފޮއްޓަކަށެވެ. އެއް ވޯޓު ފޮއްޓަށް އެއްވެސް މީހަކު ވޯޓުލާފައެއް ނުވެއެވެ.

މި ބައި އިލެކްޝަންގެ ދާއިމީ ނަތީޖާ އިއުލާން ކުރާނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.

އަންހެނުންގެ ކޮމިޓީގެ އިތުރު 3 ދާއިރާއެއްގެ އިންތިޚާބު ސެޕްޓެމްބަރުގައި ބޭއްވުމަށް ވެސް ވަނީ ނިންމާފައެވެ. މީގެތެރޭގައި ހިމެނޭނީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، އިންތިޚާބު ނުކުރެވޭ އެއް ދާއިރާއާއި އިންތިޚާބުވި ފަހުން މަގާމުން އިސްތިއުފާދިން 2 ދާއިރާއެއްގެ ބައި އިލެކްޝަނެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ތެރެއިން ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ ހދ. ނޭކުރެންދޫ، ނ. ކެނދިކުޅުދޫ އަދި ރ. މަޑުއްވަރީގައެވެ. 

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުތްކުރާ ކޮމިޓީތަކުގެ އިންތިޚާބާއި ކައުންސިލް އިންތިޚާބު ފުރަތަމަ ބާއްވާފައިވަނީ މި އަހަރުގެ އޭޕްރީލް 10 ގައެވެ.

އިލެކްޝަންސް ކޮމިޝަންލޯކަލް ކައުންސިލް އިންތިޙާބު 2021

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު