Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއުރީދޫ

އުރީދޫއިން ރޯދަ މަހަށް ހާއްސަ އޮފަރތަކެއް!

ސުޕަރނެޓް ރައުޓަރ މޫލީ މެދުވެރިކޮށް ބައްލަވައިގަންނަ ފަރާތްތަކަށް %40 ޑިސްކައުންޓް ލިބިގެންދާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 13 އެޕްރީލު 2021 | އަންގާރަ 08:11
އުރީދޫގެ އެސިސްޓެންޓް މެނޭޖަރު، ޕަބްލިކް ރިލޭޝަންސް ނޫރާ ޒާހިރު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ

އުރީދޫގެ އެސިސްޓެންޓް މެނޭޖަރު، ޕަބްލިކް ރިލޭޝަންސް ނޫރާ ޒާހިރު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ

އުރީދޫ އިން ރޯދަ މަހަށް ހާއްސަ އޮފަރތަކެއް ތައާރަފުކޮށްފިއެވެ.

ހޯމަ ދުވަހު މާގިރި ހޮޓެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އުރީދޫގެ އެސިސްޓެންޓް މެނޭޖަރު، ޕަބްލިކް ރިލޭޝަންސް ނޫރާ ޒާހިރު ވިދާޅުވީ ރޯދަމަހާ ދިމާކޮށް އުރީދޫ އިން ހާއްސަ އޮފަރތައް ތައާރަފުކޮށްފައިވާ ކަމަށެވެ. އަދި އެހެން އަހަރުތަކެކޭ އެއްފަދައިން މުޖުތަމައުއާ ގުޅިގެން ބާއްވަމުން އަންނަ ހަރަކާތްތައް ކޮވިޑްގެ ހާލަތާ ގުޅިގެން މިފަހަރު ބޭއްވެން ނެތް ކަމަށެވެ. އެހެންނަމަވެސް މިހާލަތު ރަނގަޅުވުމުން ރޯދަ މަހު ބާއްވަމުން އަންނަ މަސްރޭސް އަދި އުރީދޫ ކަލަރރަން ފަދަ ހަރަކާތްތައް ބާއްވާނެ ކަމަށް ވެސް ނޫރާ ވިދާޅުވިއެވެ.

އުރީދޫ އިން ތައާރަފުކޮށްފައިވާ ހާއްސަ އޮފަރތަކުގެ ތެރޭގައި ސުޕަރނެޓް ރައުޓަރ މޫލީ މެދުވެރިކޮށް ބައްލަވައިގަންނަ ފަރާތްތަކަށް %40 ޑިސްކައުންޓް ލިބިގެންދެއެވެ. އަދި އެހެން އަހަރުތަކެކޭ އެއްފަދައިން، ގޭގައި ތިއްބަވައިގެން ފަސޭހަކަމާއެކު އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކުމުގެ އިންތިޒާމް އުރީދޫ މޯލްޑިވްސްއިން ވަނީ ފަހިކޮށްދީފައިވާއިރު އެމް-ފައިސާ މެދުވެރިކޮށް ޒަކާތްދެއްކުމަށް އުރީދޫ އެޕް ޑައުންލޯޑް ކުރުމަށްފަހު އެމް-ފައިސާގެ ޚިދުމަތްތަކާއި އޮފަރތައް ބޭނުންކުރުމަށް ހުރިހާ ނެޓްވޯރކެއްގެ ކަސްޓަމަރުންނަށް ވެސް ފުރުސަތު ފަހިވެގެންދާނެ ކަމަށް އުރީދޫ އިން ބުންޏެވެ.

މީގެ އިތުރުން ޕްރިޕެއިޑް ކަސްޓަމަރުންނަށް ޕްރިޕެއިޑް ބެލެންސް މެދުވެރިކޮށް ވެސް ޒަކާތް ދައްކާލުމަށް *909# އަށް މެސެޖް ކުރެވޭނެ ކަމަށާއި ވައިބަރ އާއެކު އުރީދޫއިން ފޯރުކޮށްދޭ މި ޚިދުމަތަށް، ނަމާދު އެލަރޓް މި ރަމަޟާން މަހު ވެސް ލިބޭނެއެވެ. އަދި މިކަމާ ގުޅޭ ވައިބަރ ސްޓިކަރ ޕެކް ޑައުންލޯޑް ކުރައްވައިގެން ނަމާދު އެލަރޓް އެކްޓިވޭޓް ކުރެވޭނެއެވެ.

ވައިބަރ ބޭނުން ނުކުރައްވާ ފަރާތްތަކަށް އެސްއެމްއެސް މެދުވެރިކޮށް ނަމާދު އެލަރޓް އެކްޓިވޭޓްކޮށްލެވޭނެ ކަމަށާއި ނަމާދު އެލަރޓް އެސްއެމްއެސް އެއްގޮތުގައި ހިލޭ ހޯއްދެވުމަށް “GO” ޖެއްސެވުމަށް ފަހު 4777 އަށް އެސްއެމްއެސް ކުރުމުން އެކްޓިވޭޓް ވެގެންދާނެ ކަމަށް އުރީދޫ އިން ބުނެއެވެ.

“Ramadan” ޖެއްސެވުމަށް ފަހު 4000 އަށް އެސްއެމްއެސް ކުރައްވައިގެން ރީތިޓިއުންސް މެދުވެރިކޮށް ކީރިތި ގުރުއާންގެ އާޔަތްތައް މުޅިން ހިލޭ ލިބޭއިރު އުރީދޫ އިން ދާދިފަހުން ލޯންޗްކުރި އާޗާ ޕޯޓްފޯލިއޯގެ ދަށުން އުރީދޫ ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް، ހަގުނަ އިތުރު ޑޭޓާ ހެޔޮ އަގުގައި ލިބި، އާއިލާއާއި ރައްޓެހިންނާ ގުޅުން ބަދަހިކޮށް، އިންޓަނެޓްގެ ފުރިހަމަ ތަޖުރިބާއެއް ހޯދުމަށްވަނީ މަގުފަހިކޮށްދީފައެވެ.

އުރީދޫ

އިތުރަށް ކިޔާލަން

18 ނޮވެމްބަރު 2025

ގޫގުލް އިން ދިވެހިރާއްޖެ، ކްރިސްމަސް އައިލެންޑް އަދި އޯމާން ގުޅުވާލާ އާ ސަބްސީ ކޭބަލް ސިސްޓަމެއް 'ދިވަރު' ނަމުގައި އިއުލާން ކޮށްފި

18 ނޮވެމްބަރު 2025
ގޫގުލް އިން ދިވެހިރާއްޖެ، ކްރިސްމަސް އައިލެންޑް އަދި އޯމާން ގުޅުވާލާ އާ ސަބްސީ ކޭބަލް ސިސްޓަމެއް 'ދިވަރު' ނަމުގައި އިއުލާން ކޮށްފި
15 އޮކްޓޯބަރު 2025

އުރީދޫ ފިންޓެކް އިން 2026 ވަނަ އަހަރު ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަނީ

15 އޮކްޓޯބަރު 2025
އުރީދޫ ފިންޓެކް އިން 2026 ވަނަ އަހަރު ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަނީ
27 ފެބުރުއަރީ 2025

އުރީދޫ އާއި އެކު މި ރޯދަމަހު ކަރާފަޅައިގެން އެޕަލް ޕްރޮޑަކްޓްސްގެ ބޮޑު ބިޔަ ބަންޑަލް އެއް

27 ފެބުރުއަރީ 2025
އުރީދޫ އާއި އެކު މި ރޯދަމަހު ކަރާފަޅައިގެން އެޕަލް ޕްރޮޑަކްޓްސްގެ ބޮޑު ބިޔަ ބަންޑަލް އެއް
17 ޑިސެމްބަރު 2024

އުރީދޫ އަށް 2023 ވަނަ އަހަރު 2.1 ބިލިއަން ރުފިޔާގެ އާމްދަނީ އެއް

17 ޑިސެމްބަރު 2024
އުރީދޫ އަށް 2023 ވަނަ އަހަރު 2.1 ބިލިއަން ރުފިޔާގެ އާމްދަނީ އެއް
12 ޑިސެމްބަރު 2024

އުރީދޫ އާއެކު ހައްޖު ކޯޕަރޭޝަންގެ ކަސްޓަމަރ ސާވިސް ޚިދުމަތަށް އިންގިލާބީ ބަދަލެއް

12 ޑިސެމްބަރު 2024
އުރީދޫ އާއެކު ހައްޖު ކޯޕަރޭޝަންގެ ކަސްޓަމަރ ސާވިސް ޚިދުމަތަށް އިންގިލާބީ ބަދަލެއް
27 އޮކްޓޯބަރު 2024

މެރެތަން ދުވެލަން ދޯހާއަށް! އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަ ލަކީ ޑްރޯއެއް

27 އޮކްޓޯބަރު 2024
މެރެތަން ދުވެލަން ދޯހާއަށް! އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަ ލަކީ ޑްރޯއެއް
25 އޮކްޓޯބަރު 2024

އުރީދޫއިން މޯލްޑިވްސް ގެ ޕާޓްނަރުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ބިޒްނަސް ޕާޓްނަރ އެވޯޑްސް އަދި ގާލާ ނައިޓް ބާއްވައިފި

25 އޮކްޓޯބަރު 2024
އުރީދޫއިން މޯލްޑިވްސް ގެ ޕާޓްނަރުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ބިޒްނަސް ޕާޓްނަރ އެވޯޑްސް އަދި ގާލާ ނައިޓް ބާއްވައިފި
02 އޮކްޓޯބަރު 2024

އުރީދޫ އިން އިސްރަށްވެހިންގެ ނާދީ އާއި ގުޅިގެން ބައިނަލްއަގުވާމީ އިސްރަށްވެހިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

02 އޮކްޓޯބަރު 2024
އުރީދޫ އިން އިސްރަށްވެހިންގެ ނާދީ އާއި ގުޅިގެން ބައިނަލްއަގުވާމީ އިސްރަށްވެހިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި
30 ސެޕްޓެމްބަރު 2024

އުރީދޫގެ ސަބްސިޑަރީ ކުންފުނި، ޓެކްފިން މޯލްޑިވްސް އަށް އެމްއެމްއޭގެ ޕޭމަންޓް ސާވިސް ޕްރޮވައިޑާ ލައިސަންސް ލިބިއްޖެ

30 ސެޕްޓެމްބަރު 2024
އުރީދޫގެ ސަބްސިޑަރީ ކުންފުނި، ޓެކްފިން މޯލްޑިވްސް އަށް އެމްއެމްއޭގެ ޕޭމަންޓް ސާވިސް ޕްރޮވައިޑާ ލައިސަންސް ލިބިއްޖެ
19 ސެޕްޓެމްބަރު 2024

އުރީދޫ އާ ވިލާކޮލެޖު ގުޅިގެން ތަމްރީނު ފުރުސަތުތަކެއް އިއުލާންކޮށްފި

19 ސެޕްޓެމްބަރު 2024
އުރީދޫ އާ ވިލާކޮލެޖު ގުޅިގެން ތަމްރީނު ފުރުސަތުތަކެއް އިއުލާންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު