Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއުރީދޫ

އުރީދޫ ފިންޓެކް އިން 2026 ވަނަ އަހަރު ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަނީ

15 އޮކްޓޯބަރު 2025 | ބުދަ 01:32

ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ފެށޭނެ ކަމަށް ލަފާ ކުރެވެނީ އަންނަ އަހަރުކަމަށް އުރީދޫ އިން ބުނެފައިވޭ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 15 އޮކްޓޯބަރު 2025 | ބުދަ 01:32
އުރީދޫ ފިންޓެކްގެ ސީއީއޯ މިރްކޯ ޖިއާކޯ، އަދި ޕޭޕަލްގެ ރައީސް އަދި ސީއީއޯ އެލެކްސް ކްރިސްް

އުރީދޫ ފިންޓެކްގެ ސީއީއޯ މިރްކޯ ޖިއާކޯ، އަދި ޕޭޕަލްގެ ރައީސް އަދި ސީއީއޯ އެލެކްސް ކްރިސްް

އުރީދޫއިން 2026 ވަނަ އަހަރު ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފް ކުރާނެ ކަމަށް އިއުލާނުކޮށްފިއެވެ.

އުރީދޫ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ޕޭޕަލް ކުންފުންޏާއި އުރީދޫ ފިންޓެކް ގުޅިގެން އަންނަ އަހަރު ރާއްޖެ އަށް ޕޭޕަލް ތައާރަފްކުރަން ނިންމައި، އެ ދެ ކުންފުނީގެ ދެމެދުގައި ޕާޓްނާޝިޕް ރަސްމީކޮށް ގާއިމްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އުރީދޫ ފިންޓެކް އަކީ މެދުއިރުމައްޗާއި އުތުރު އެފްރިކާގައި ޑިޖިޓަލް ފައިނޭންޝަލް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެންމެ ކުރީ ސަފުގައި ހިމެނޭ ކުންފުންޔެކެވެ.

މި ޕާޓްނާޝިޕުގެ ސަބަބުން ވިޔަފާރިވެރިންނާއި ވިޔަފާރި ކުރާ ފަރާތްތަކަށް ވެސް ގިނަގުނަ ފައިދާތަކެއް ވާނެކަމަށާއި އަދި މި ހިދުމަތް ރާއްޖޭގައި ފެށޭނެ ކަމަށް ލަފާ ކުރެވެނީ އަންނަ އަހަރުކަމަށް އުރީދޫގެ ބަޔާނުގައި ބުނެފައިވެއެއެވެ. މި ހިދުމަތް ފެށުމުން ކަސްޓަމަރުންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ޕޭޕަލް މަރޗަންޓުން މެދުވެރިކޮށް ވިޔަފާރިކުރުމުގެ ފުރުސަތުފަހިވެ، ކަސްޓަމަރުންގެ ޕޭޕާލް އަދި އެމް-ފައިސާ އެކައުންޓުތަކުގެ މެދުގައި ފައިސާގެ މުއާމަލާތްތައް ކުރެވޭނެކަން އުރީދޫއިން ފާހަގަކޮށްފައިވެއެވެ.

https://newsroom.paypal-corp.com/2025-10-01-Ooredoo-Fintech-to-Join-PayPal-World

ދުނިޔޭގެ އެންމެ ބޮޑެތި ޕޭމަންޓް ސިސްޓަމްތަކާއި ޑިޖިޓަލް ވޮލެޓްތައް ގުޅުވައިދޭ ގްލޯބަލް ޕްލެޓްފޯމެއް ކަމަށްވާ ޕޭޕަލް ވޯލްޑްގައި އުރީދޫ ފިންޓެކް އިން ބައިވެރިވުމަށް ނިންމާފައިވާކަމަށް ޕޭޕަލް އިން ވަނީ ސެޕްޓެމްބަރ 30 ވަނަ ދުވަހު އިއުލާނުކޮށްފައެވެ. ޕޭޕާލް ވޯލްޑްގެ ޒަރީއާއިން އޫރީދޫ ވޮލެޓް ބޭނުންކުރާ ފަރާތްތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ވިޔަފާރިތަކާއެކު މުޢާމަލާތް ކުރެވޭނެކަމަށާއި އަދި ބޭރު ޤައުމުތަކަށް ފައިސާ ފޮނުވުމުގައި ކުރިން ދިމާވަމުން އައި ދަތިތަކާއި ހުރަސްތައް ނެތި، ފަސޭހަކަމާއެކު ފައިސާ ފޮނުވޭނެކަމަށް ޕޭޕަލް އިން ފާހަގަކޮށްފައިވެއެވެ. އަދި އުރީދޫ ފިންޓެކްގެ ޑިޖިޓަލް ޚިދުމަތްތަކުގެ މާކެޓް ލީޑަރޝިޕާއި ޕޭޕަލްގެ ގްލޯބަލް ނެޓްވޯކާއި އިތުބާރުހުރި އިންފްރާސްޓްރަކްޗަރ އެއްކޮށްލައިގެން ޤަތަރު އަދި އުރީދޫގެ ހިދުމަތް ފޯރުކޮށްދޭ އެހެނިހެން ޤައުމުތަކުގައި ގުޅިލާމެހިފައިވާ އިންކްލޫސިވް ޑިޖިޓަލް މާލީ އިކޯސިސްޓަމެއްގެ ބިންގާ އެޅިގެންދާނެކަމަށްވެސް ބުނެފައިވެއެވެ.

އުރީދޫން އިސްނަގައިގެން ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ތައާރަފް ކުރުމާގުޅިގެން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ އެކަން ފާހަގޮށް އުރީދޫއަށް މަރުހަބާ ވިދާޅުވެފައެވެ. ޕޭޕަލްގެ ހިދުމަތް ރާއްޖެ ގެންނަން ނިންމިކަން އުރީދޫން އިއުލާން ކުރިއިރު، އެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ވެސް ކުރިން ބުނެފައިވެ އެވެ. އަދި އުރީދުން މި ޚިދުމަތް ދޭން ނިންމިމުން މި ކަމަކީ ސަރުކާރުން ޕޭޕަލް އާއި ގުލިގެން ދޭންފެށި ޚިދުމަތެއް ގޮތުގައި ދައްކަން މަސައްކަތް ކުރެއެވެ.

އުރީދޫޕޭޕަލްއުރީދޫ ފިންޓެކްއެމްފައިސާދިވެހިރާއްޖެ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
05 ޑިސެމްބަރު 2025

ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

05 ޑިސެމްބަރު 2025
ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި
03 ޑިސެމްބަރު 2025

އެއްފަހަރު ބޭނުން ކޮށްފައި އުކާލެވޭ ޕްލާސްޓިކް ފުޅި ބޭނުން ކުރުން ދެ އަހަރަށް ފަސްކޮށްފި

03 ޑިސެމްބަރު 2025
އެއްފަހަރު ބޭނުން ކޮށްފައި އުކާލެވޭ ޕްލާސްޓިކް ފުޅި ބޭނުން ކުރުން ދެ އަހަރަށް ފަސްކޮށްފި
01 ޑިސެމްބަރު 2025

ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް

01 ޑިސެމްބަރު 2025
ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް
28 ނޮވެމްބަރު 2025

މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

28 ނޮވެމްބަރު 2025
މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި
25 ނޮވެމްބަރު 2025

ޤާނޫނު އަސާސީއަށް ބަދަލު ގެނެސް އެއް ފިޔަވަޅު ފަހަތަށް!

25 ނޮވެމްބަރު 2025
ޤާނޫނު އަސާސީއަށް ބަދަލު ގެނެސް އެއް ފިޔަވަޅު ފަހަތަށް!
24 ނޮވެމްބަރު 2025

އުރީދޫ ފިންޓެކް މޯލްޑިވްސް އާއި އީޒްއެޕް ޕާޓްނަރވެ އެމްފައިސާ މެދުވެރިކޮށް މުއާމަލާތް ކުރެވޭ ގޮތް ހަދަނީ

24 ނޮވެމްބަރު 2025
އުރީދޫ ފިންޓެކް މޯލްޑިވްސް އާއި އީޒްއެޕް ޕާޓްނަރވެ އެމްފައިސާ މެދުވެރިކޮށް މުއާމަލާތް ކުރެވޭ ގޮތް ހަދަނީ
20 ނޮވެމްބަރު 2025

އަންނަ ޖެނުއަރީ މަހު ފަށާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ގައި ރާއްޖޭގެ ފުރަތަމަ މެޗު ޕާކިސްތާނާ ދެކޮޅަށް

20 ނޮވެމްބަރު 2025
އަންނަ ޖެނުއަރީ މަހު ފަށާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ގައި ރާއްޖޭގެ ފުރަތަމަ މެޗު ޕާކިސްތާނާ ދެކޮޅަށް
18 ނޮވެމްބަރު 2025

ގޫގުލް އިން ދިވެހިރާއްޖެ، ކްރިސްމަސް އައިލެންޑް އަދި އޯމާން ގުޅުވާލާ އާ ސަބްސީ ކޭބަލް ސިސްޓަމެއް 'ދިވަރު' ނަމުގައި އިއުލާން ކޮށްފި

18 ނޮވެމްބަރު 2025
ގޫގުލް އިން ދިވެހިރާއްޖެ، ކްރިސްމަސް އައިލެންޑް އަދި އޯމާން ގުޅުވާލާ އާ ސަބްސީ ކޭބަލް ސިސްޓަމެއް 'ދިވަރު' ނަމުގައި އިއުލާން ކޮށްފި
17 ނޮވެމްބަރު 2025

ރާއްޖޭގައި ޝަރުތު ހަމަވާ އެއްވެސް ގޭންގެއް ނެތް، ގޭންގުތަކުގައި އުޅުނު ހުރިހާ ފަރާތްތައް އެކަން ހުއްޓާލައިފި: ރައީސް

17 ނޮވެމްބަރު 2025
ރާއްޖޭގައި ޝަރުތު ހަމަވާ އެއްވެސް ގޭންގެއް ނެތް، ގޭންގުތަކުގައި އުޅުނު ހުރިހާ ފަރާތްތައް އެކަން ހުއްޓާލައިފި: ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް