Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އުރީދޫއާއެކު ހައްޖު ކޯޕަރޭޝަންގެ އެއްބަސްވުމެއް

އުރީދޫ އާއެކު ހައްޖު ކޯޕަރޭޝަންގެ ކަސްޓަމަރ ސާވިސް ޚިދުމަތަށް އިންގިލާބީ ބަދަލެއް

އުރީދޫ މޯލްޑިވްސް ޓަޔަރ ތިނެއްގެ ޑޭޓާ ސެންޓަރުގެ ބޭނުން ހިފައި، ކޮންޓެކްޓް ސެންޓަރ ސޮލިއުޝަނުން، ޕީކް ސީޒަންތަކުގައި ކޯލް ވޮލިއުމް މަތިވުމާއި، އައިޓީ ވަސީލަތްތައް މަދުވުމާއި، ދުވަސްވީ ޕީބީއެކްސް ސިސްޓަމްތައް ފަދަ ހައްޖު ކޯޕަރޭޝަނަށް ދިމާވެފައިވާ އޮޕަރޭޝަނަލް މުހިންމު ގޮންޖެހުންތަކަށް ހައްލު ހޯދައިދެއެވެ. އެޑްވާންސް ކޮންޓެކްޓް ސެންޓަރުގެ ފީޗާތަކުގެ ތެރޭގައި ކޯލް ކިއުކުރުމާއި ސްކިލް ބޭސްޑް ރޫޓިން އާއި ރިއަލް ޓައިމް މޮނިޓަރިން އަދި ކޯލް ރެކޯޑިންގެ އިތުރުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ކަސްޓަމަރުންގެ އިންކުއަރީތައް ހަރުދަނާގޮތެއްގައި ބެލެހެއްޓުމުގެ ފުރުސަތު ފަހިކޮށްދީ، ހިދުމަތުގެ ފެންވަރު ރަނގަޅު ގޮތުގައި ހިފެހެއްޓުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް އުރީދޫއިން ބުނެއެވެ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 12 ޑިސެމްބަރު 2024 | ބުރާސްފަތި 06:35
އުރީދޫއާއި ހައްޖު ކޯޕްރޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އުރީދޫއާއި ހައްޖު ކޯޕްރޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އުރީދޫ މޯލްޑިވްސް އިން މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ޒަމާނީ ކޮންޓެކްޓް ސެންޓަރ ސޮލިއުޝަން ކާމިޔާބުކަމާއެކު ގާއިމްކޮށްފި އެވެ.

މި އެއްބަސްވުމުގެ ދަށުން ކަސްޓަމަރުންނަށް ދެމުންދާ ޚިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ހައްޖާޖީންނަށް މެދުނުކެނޑި މުއާމަލާތްކުރުމާއި، ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫ މޯލްޑިވްސް ޓަޔަރ ތިނެއްގެ ޑޭޓާ ސެންޓަރުގެ ބޭނުން ހިފައި، ކޮންޓެކްޓް ސެންޓަރ ސޮލިއުޝަނުން، ޕީކް ސީޒަންތަކުގައި ކޯލް ވޮލިއުމް މަތިވުމާއި، އައިޓީ ވަސީލަތްތައް މަދުވުމާއި، ދުވަސްވީ ޕީބީއެކްސް ސިސްޓަމްތައް ފަދަ ހައްޖު ކޯޕަރޭޝަނަށް ދިމާވެފައިވާ އޮޕަރޭޝަނަލް މުހިންމު ގޮންޖެހުންތަކަށް ހައްލު ހޯދައިދެއެވެ. އެޑްވާންސް ކޮންޓެކްޓް ސެންޓަރުގެ ފީޗާތަކުގެ ތެރޭގައި ކޯލް ކިއުކުރުމާއި ސްކިލް ބޭސްޑް ރޫޓިން އާއި ރިއަލް ޓައިމް މޮނިޓަރިން އަދި ކޯލް ރެކޯޑިންގެ އިތުރުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ކަސްޓަމަރުންގެ އިންކުއަރީތައް ހަރުދަނާގޮތެއްގައި ބެލެހެއްޓުމުގެ ފުރުސަތު ފަހިކޮށްދީ، ހިދުމަތުގެ ފެންވަރު ރަނގަޅު ގޮތުގައި ހިފެހެއްޓުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫއިން ބުނީ ކްލައުޑް-ހޯސްޓްޑް އާކިޓެކްޗާއަކީ އެންޓަޕްރައިޒް ގްރޭޑް ސެކިއުރިޓީ، މެކްސިމަމް އަޕްޓައިމް އަދި ސެންޓްރަލައިޒްޑް މެނޭޖްމަންޓް ކަށަވަރުކޮށްދޭ އާކިޓެކްޗާއެއް ކަމަށެވެ. ސްކޭލެބިލިޓީ ނުވަތަ ކުރިއަށް އޮތްތަނުގައި މި އޮޕަރޭޝަން އިތުރަށް ފުޅާކުރެވޭނެ ގޮތްތަކަށް ވިސްނައިގެން ފަރުމާކޮށްފައިވާ މި ސިސްޓަމަކީ ސީއާރްއެމް ޕްލެޓްފޯމްތަކާ އެކު މުސްތަގުބަލުގައި އިންޓަގްރޭޓްކޮށް، ކަސްޓަމަރުންގެ ތަޖުރިބާ އާއި އޮޕަރޭޝަނަލް އެފިޝިއެންސީ އިތުރުކުރުމަށް ވެސް ތައްޔާރުވެފައިވާ ސިސްޓަމެއް ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ ޚާލިދު ހަމާދީ ވިދާޅުވީ ހައްޖު ކޯޕަރޭޝަނުން ހައްޖަށް ދާ ފަރާތްތަކަށް ފުރިހަމަގޮތުގައި ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތުގައި އެއްބާރުލުން ދިނުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އެފަރާތްތަކަށް ދިމާވާ ތަފާތު ގޮންޖެހުންތައް ދެނެގަނެ، ރިލަބިލިޓީ އާއި ސްކެލެބިލިޓީ ކަށަވަރުކޮށް، ކަސްޓަމަރުންނަށް ދެވޭ ޚިދުމަތުގެ ގާބިލުކަން އިތުރަށް ހަރުދަނާކޮށް، މުސްތަގުބަލުގައި ތައްޔާރުކުރެވިފައިވާ ކޮންޓެކްޓް ސެންޓަރ ސޮލިއުޝަނެއް ފޯރުކޮށްދެވިފައިވާ ކަމަށެވެ.

މީގެ އިތުރުން ޗީފް ބިޒްނަސް އޮފިސަރ ރާޖޭޝް މެހެތާ ވިދާޅުވީ މިއީ ހައްޖަށް ދާ މީހުންގެ ހުރިހާ ސުވާލަކަށް ހަރުދަނާ ގޮތެއްގައި ޖަވާބު ދިނުމަށް އިތުބާރު ހުރި ވަން ކޯލް ޑައިލްގެ ހިދުމަތް ފޯރުކޮށްދީ އިޖުތިމާއީ ފޭރާން ހަރުދަނާ ކުރުމަށް އެހީތެރިވެދޭނެ ހާއްސަ ހައްލެއް ކަމަށެވެ.

ޚިދުމަތްތަކާއި ގުޅޭގޮތުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވީ މި ކޮންޓެކްޓް ސެންޓަރ ސޮލިއުޝަން ގެނައުމަކީ ހައްޖުވެރިންނަށް މެދުނުކެނޑި، ހަރުދަނާ އަދި ފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތަށް މިއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

އުރީދޫއިން ބުނީ މިފަދަ ޚިދުމަތްތަކަކީ ވިޔަފާރިތަކަށް ކުރިއެރުމަށާއި އެފިޝަންސީއަށް ޓެކްނޮލޮޖީގެ ބޭނުން ހިފުމުގެ މަގު ފަހިކޮށްދިނުމުގައި އިތުބާރުކުރެވޭ ބައިވެރިއެއްގެ ހައިސިއްޔަތުން މުސްތަގުބަލަށް ތައްޔާރުވެ ތިބުމަށް ކުރާ މަސައްކަތެއް ކަމަށެވެ.

އުރީދޫ

ކޮމެންޓް

އިތުރަށް ކިޔާލަން

ގޫގުލް އިން ދިވެހިރާއްޖެ، ކްރިސްމަސް އައިލެންޑް އަދި އޯމާން ގުޅުވާލާ އާ ސަބްސީ ކޭބަލް ސިސްޓަމެއް 'ދިވަރު' ނަމުގައި އިއުލާން ކޮށްފި

ގޫގުލް އިން ދިވެހިރާއްޖެ، ކްރިސްމަސް އައިލެންޑް އަދި އޯމާން ގުޅުވާލާ އާ ސަބްސީ ކޭބަލް ސިސްޓަމެއް 'ދިވަރު' ނަމުގައި އިއުލާން ކޮށްފި

18 ނޮވެމްބަރު 2025
އުރީދޫ ފިންޓެކް އިން 2026 ވަނަ އަހަރު ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަނީ

އުރީދޫ ފިންޓެކް އިން 2026 ވަނަ އަހަރު ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަނީ

15 އޮކްޓޯބަރު 2025
އުރީދޫ އާއި އެކު މި ރޯދަމަހު ކަރާފަޅައިގެން އެޕަލް ޕްރޮޑަކްޓްސްގެ ބޮޑު ބިޔަ ބަންޑަލް އެއް

އުރީދޫ އާއި އެކު މި ރޯދަމަހު ކަރާފަޅައިގެން އެޕަލް ޕްރޮޑަކްޓްސްގެ ބޮޑު ބިޔަ ބަންޑަލް އެއް

27 ފެބުރުއަރީ 2025
އުރީދޫ އަށް 2023 ވަނަ އަހަރު 2.1 ބިލިއަން ރުފިޔާގެ އާމްދަނީ އެއް

އުރީދޫ އަށް 2023 ވަނަ އަހަރު 2.1 ބިލިއަން ރުފިޔާގެ އާމްދަނީ އެއް

17 ޑިސެމްބަރު 2024
މެރެތަން ދުވެލަން ދޯހާއަށް! އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަ ލަކީ ޑްރޯއެއް

މެރެތަން ދުވެލަން ދޯހާއަށް! އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަ ލަކީ ޑްރޯއެއް

27 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

24 ޖެނުއަރީ
ޝުކުރިއްޔާ އޭޓީއެމް!
20251 އަހަރު ކުރިން
ރިޕޯޓު

ޝުކުރިއްޔާ އޭޓީއެމް!

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި
20233 އަހަރު ކުރިން
ރާއްޖެ

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް
20224 އަހަރު ކުރިން
ރިޕޯޓު

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް
20215 އަހަރު ކުރިން
ކުޅިވަރު

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު