Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިސްރަށްވެހިންގެ ދުވަސް

އުރީދޫ އިން އިސްރަށްވެހިންގެ ނާދީ އާއި ގުޅިގެން ބައިނަލްއަގުވާމީ އިސްރަށްވެހިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

ނާދީގެ ގޯތި ތެރޭގައި ގަސްއިންދުމުގެ ޕްރޮގްރާމަކާއި ނާދީގައި އައު ޑިޖިޓަލް ޕާޓްނާޝިޕެއް ވަނީ އިއުލާންކޮށްފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 2 އޮކްޓޯބަރު 2024 | ބުދަ 07:23
އިސްރައްވެހިންގެ ނާދީގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން

އިސްރައްވެހިންގެ ނާދީގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން

ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ އިސްރަށްވެހިންގެ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އިން އިސްރަށްވެހިންގެ ނާދީއާއި ގުޅިގެން ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

މިއަހަރުގެ ކުރީކޮޅު އުރީދޫއިން ވަނީ އިސްރަށްވެހިންނާއިއެކު ކެންޕޭނެއް ކުރިއަށް ގެންގޮސްފައެވެ. އިޖުތިމާއީ ޒިންމާއަށް އުރީދޫގެ ދިގު މުއްދަތުގެ ވައުދުގެ ދަށުން ކުރިއަށް ގެންދާ މި ހަރަކާތްތަކުގެ ތެރޭގައި ގްރޯ ވިތު އުރީދޫ ސެޝަނަކާއި ޑިޖިޓަލް ޕާޓްނާޝިޕް އިއުލާނާއި ފޮތް ހަދިޔާ ކުރުމުގެ ހަރަކާތެއް ހިމެނެއެވެ.

މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާ ގުޅިގެން އުރީދޫ މޯލްޑިވްސް އިން ވަނީ ގްރޯ ވިތު އުރީދޫ ސެޝަނެއް އިސްރަށްވެހިންގެ ނާދީގައި ބާއްވާފައެވެ. ގޯތިތެރޭގައި ގަސްއިންދުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ މި ސެޝަނަކީ ތިމާވެށީގެ ދެމެހެއްޓެނިވިކަން ކުރިއެރުވުމަށް ފަރުމާކޮށްފައިވާ ސެޝަނެކެވެ. ގޭގައި ތިބެގެން އަމިއްލަ ބަގީޗާތައް ހަދައި ބެލެހެއްޓުމުގެ ޓެކްނިކްތައް ބައިވެރިން ދަސްކުރިއިރު، ފަސޭހަ، ދެމެހެއްޓެނިވި ގޮތްތަކަށް ހާއްސަ އަހަންމިއްޔަތުކަމެއް ދީފައިވެއެވެ.

މި ސެޝަން ކުރިއަށް ގެންގޮސްދީފައިވަނީ އުރީދޫގެ އެމްބަސަޑަރ ރަމްޒީ ހުސައިން ނުވަތަ ޒުވާން ދަނޑުވެރިޔާއެވެ. މި އިނީޝިއޭޓިވްގެ ދަށުން އުމުރުން ދުވަސްވީ މީހުންގެ މެދުގައި ހަރަކާތްތެރި ދިރިއުޅުމުގެ ވައްޓަފާޅިއަށް ހިތްވަރު ދިނުމުގެ އިތުރުން ދުޅަހެޔޮކަން އިތުރުކުރުމަށް ގުދުރަތާއި ގުޅުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އަލިއަޅުވާލާފައިވެއެވެ.

އުމުރުން ދުވަސްވީ މީހުންނަށް ކަނެކްޓިވިޓީ އިތުރުކުރުމުގެ މަގްސަދުގައި އުރީދޫ މޯލްޑިވްސް އިން ވަނީ ނާދީގައި އައު ޑިޖިޓަލް ޕާޓްނާޝިޕެއް ވެސް އިއުލާނުކޮށްފައެވެ. މި ޕާޓްނަރޝިޕްގެ ސަބަބުން އުރީދޫގެ ޓެލެކޮމިއުނިކޭޝަންއަދި ޑިޖިޓަލް ޚިދުމަތްތައް ފަސޭހަކަމާއެކު ލިބި، އެފަރާތްތަކުގެ އިވެންޓްތަކަށް ކަނެކްޓިވިޓީ އިތުރުވެގެންދާނެއެވެ.

އުރީދޫ މޯލްޑިވްސް އިން ވަނީ ނާދީ އަށް ފޮތް ހަދިޔާކޮށްފައެވެ. މި ހަދިޔާގެ ސަބަބުން އުމުރުން ދުވަސްވީ ރަށްވެހިންނަށް ނާދީގައި ހޭދަކުރާ ވަގުތުތަކުގައި އެކި މައުލޫގެ ފޮތްތައް ކިޔާ މައުލޫމާތު އިތުރަށް މުއްސަނދިކުރުމަށް މަގުފަހިވެގެންދާނެއެވެ.

މި ހަރަކާތްތަކަކީ މުޖުތަމައުގައި އިސްރަށްވެހިންގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން އުރީދޫއިން މިއަހަރު ފެށި ޕްރޮގްރާމުގެ ހިއްސާއެކެވެ. އަދި ޑިޖިޓަލް އިންކްލޫޝަން، ސަސްޓެއިނަބިލިޓީ އަދި ކޮމިއުނިޓީ އެންގޭޖްމަންޓް ޕްރޮމޯޓްކުރާ އިނޮވޭޓިވް ޕްރޮގްރާމްތަކާއި ޕާޓްނާޝިޕްތައް މެދުވެރިކޮށް މުޖުތަމައުގެ ހުރިހާ ދާއިރާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސް އިން އަބަދުވެސް މަސައްކަތްކުރެއެވެ.

އުރީދޫ

އިތުރަށް ކިޔާލަން

18 ނޮވެމްބަރު 2025

ގޫގުލް އިން ދިވެހިރާއްޖެ، ކްރިސްމަސް އައިލެންޑް އަދި އޯމާން ގުޅުވާލާ އާ ސަބްސީ ކޭބަލް ސިސްޓަމެއް 'ދިވަރު' ނަމުގައި އިއުލާން ކޮށްފި

18 ނޮވެމްބަރު 2025
ގޫގުލް އިން ދިވެހިރާއްޖެ، ކްރިސްމަސް އައިލެންޑް އަދި އޯމާން ގުޅުވާލާ އާ ސަބްސީ ކޭބަލް ސިސްޓަމެއް 'ދިވަރު' ނަމުގައި އިއުލާން ކޮށްފި
15 އޮކްޓޯބަރު 2025

އުރީދޫ ފިންޓެކް އިން 2026 ވަނަ އަހަރު ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަނީ

15 އޮކްޓޯބަރު 2025
އުރީދޫ ފިންޓެކް އިން 2026 ވަނަ އަހަރު ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަނީ
27 ފެބުރުއަރީ 2025

އުރީދޫ އާއި އެކު މި ރޯދަމަހު ކަރާފަޅައިގެން އެޕަލް ޕްރޮޑަކްޓްސްގެ ބޮޑު ބިޔަ ބަންޑަލް އެއް

27 ފެބުރުއަރީ 2025
އުރީދޫ އާއި އެކު މި ރޯދަމަހު ކަރާފަޅައިގެން އެޕަލް ޕްރޮޑަކްޓްސްގެ ބޮޑު ބިޔަ ބަންޑަލް އެއް
17 ޑިސެމްބަރު 2024

އުރީދޫ އަށް 2023 ވަނަ އަހަރު 2.1 ބިލިއަން ރުފިޔާގެ އާމްދަނީ އެއް

17 ޑިސެމްބަރު 2024
އުރީދޫ އަށް 2023 ވަނަ އަހަރު 2.1 ބިލިއަން ރުފިޔާގެ އާމްދަނީ އެއް
12 ޑިސެމްބަރު 2024

އުރީދޫ އާއެކު ހައްޖު ކޯޕަރޭޝަންގެ ކަސްޓަމަރ ސާވިސް ޚިދުމަތަށް އިންގިލާބީ ބަދަލެއް

12 ޑިސެމްބަރު 2024
އުރީދޫ އާއެކު ހައްޖު ކޯޕަރޭޝަންގެ ކަސްޓަމަރ ސާވިސް ޚިދުމަތަށް އިންގިލާބީ ބަދަލެއް
27 އޮކްޓޯބަރު 2024

މެރެތަން ދުވެލަން ދޯހާއަށް! އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަ ލަކީ ޑްރޯއެއް

27 އޮކްޓޯބަރު 2024
މެރެތަން ދުވެލަން ދޯހާއަށް! އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަ ލަކީ ޑްރޯއެއް
25 އޮކްޓޯބަރު 2024

އުރީދޫއިން މޯލްޑިވްސް ގެ ޕާޓްނަރުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ބިޒްނަސް ޕާޓްނަރ އެވޯޑްސް އަދި ގާލާ ނައިޓް ބާއްވައިފި

25 އޮކްޓޯބަރު 2024
އުރީދޫއިން މޯލްޑިވްސް ގެ ޕާޓްނަރުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ބިޒްނަސް ޕާޓްނަރ އެވޯޑްސް އަދި ގާލާ ނައިޓް ބާއްވައިފި
30 ސެޕްޓެމްބަރު 2024

އުރީދޫގެ ސަބްސިޑަރީ ކުންފުނި، ޓެކްފިން މޯލްޑިވްސް އަށް އެމްއެމްއޭގެ ޕޭމަންޓް ސާވިސް ޕްރޮވައިޑާ ލައިސަންސް ލިބިއްޖެ

30 ސެޕްޓެމްބަރު 2024
އުރީދޫގެ ސަބްސިޑަރީ ކުންފުނި، ޓެކްފިން މޯލްޑިވްސް އަށް އެމްއެމްއޭގެ ޕޭމަންޓް ސާވިސް ޕްރޮވައިޑާ ލައިސަންސް ލިބިއްޖެ
19 ސެޕްޓެމްބަރު 2024

އުރީދޫ އާ ވިލާކޮލެޖު ގުޅިގެން ތަމްރީނު ފުރުސަތުތަކެއް އިއުލާންކޮށްފި

19 ސެޕްޓެމްބަރު 2024
އުރީދޫ އާ ވިލާކޮލެޖު ގުޅިގެން ތަމްރީނު ފުރުސަތުތަކެއް އިއުލާންކޮށްފި
19 ސެޕްޓެމްބަރު 2024

މިރޭ ދަންވަރުން ފެށިގެން އުރީދޫއިން އައިފޯން 16 ސީރީޒް ޕްރީ އޯޑަރ އަށް ހުޅުވާލަނީ

19 ސެޕްޓެމްބަރު 2024
މިރޭ ދަންވަރުން ފެށިގެން އުރީދޫއިން އައިފޯން 16 ސީރީޒް ޕްރީ އޯޑަރ އަށް ހުޅުވާލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު