Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ދިވަރު ކޭބަލް

ގޫގުލް އިން ދިވެހިރާއްޖެ، ކްރިސްމަސް އައިލެންޑް އަދި އޯމާން ގުޅުވާލާ އާ ސަބްސީ ކޭބަލް ސިސްޓަމެއް 'ދިވަރު' ނަމުގައި އިއުލާން ކޮށްފި

ގޫގުލް އިން ދިވެހިރާއްޖެ، ކްރިސްމަސް އައިލެންޑް އަދި އޮމާން ގުޅުވާލާ "ދިވަރު" ނަމަކަށް ކިޔާ އާ ސަބްސީ ކޭބަލް ސިސްޓަމެއް އިއުލާން ކޮށްފައިވާއިރު، މިއީ އޭއައި ހިދުމަތްތަކަށް ބޭނުންވާ ބޮޑު ކެޕޭސިޓީއެއް ހުރި ކަނެކްޓިވިޓީ ފޯރުކޮށްދިނުމަށް ރާވާފައިވާ މަޝްރޫއެއް ކަމަށް ވަނީ ބުނެފައި.

ރާއްޖެ އެމްވީ | 18 ނޮވެމްބަރު 2025 | އަންގާރަ 12:37
ގޫގުލް އިން ވަނީ ރާއްޖެ، ކްރިސްމަސް އައިލެންޑް އަދި އޮމާން ގުޅުވައިދޭނެ ޓްރާންސް އިންޑިއަން އޯޝަން ސަބްސީ ކޭބަލް ސިސްޓަމެއް ކަމަށްވާ ދިވަރު އިއުލާންކޮށްފައި.

ގޫގުލް އިން ވަނީ ރާއްޖެ، ކްރިސްމަސް އައިލެންޑް އަދި އޮމާން ގުޅުވައިދޭނެ ޓްރާންސް އިންޑިއަން އޯޝަން ސަބްސީ ކޭބަލް ސިސްޓަމެއް ކަމަށްވާ ދިވަރު އިއުލާންކޮށްފައި.

ގޫގުލް އިން އިންޑިއާ ކަނޑުގައި ހިމެނޭ ދިވެހިރާއްޖެ، ކްރިސްމަސް އައިލެންޑް އަދި އޯމާން ގުޅުވާލާ އާ ސަބްސީ ކޭބަލް ސިސްޓަމެއް 'ދިވަރު' ނަމުގައި އިއުލާން ކޮށްފި އެވެ.

މި މަޝްރޫއަކީ ކުންފުނީގެ އޮސްޓްރޭލިއާ ކަނެކްޓް އިނިޝިއޭޓިވް ފުޅާ ކުރުމުގެ ބައެއް ކަމަށް ކުންފުނިން ބުނެފައިވެއެވެ. އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުން ކޮށްގެން ހިންގާ ޑިޖިޓަލް ހިދުމަތްތައް ދުނިޔޭގެ ފެންވަރުގައި ހަލުވި ކަމާއެކު ކުރިއަރަމުންދާ ދަނޑިވަޅެއްގައި ސަރަހައްދީ ފެންވަރުގައި ހިދުމަތް ފޯރުކޮށްދިނުމުގައި، އިތުބާރާއި ޔަގީން ކަމާ އެކު ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަށް ދިނުމަށް މަޝްރޫއުގެ ސަބަބުން ރަނގަޅުވެގެން ދާނެ ކަމަށް ވެސް ބުނެފައިވެއެވެ.

Advertisement - businessAdvertisement

ގޫގުލް އިން ބުނާ ގޮތުގައި، މި އާ ސިސްޓަމަކީ ޖެމެނީ 2.5، ފްލޭޝް އިމޭޖް އަދި ވާޓެކްސް އޭއައި ފަދަ ޕްރޮޑަކްޓްތައް ހިމެނޭ އޭއައި ހިދުމަތްތަކަށް އިތުރުވަމުންދާ ޑިމާންޑަށް ޚިދުމަތް ފޯރުކޮށްދިނުމަށް، ސްޓޭބަލް، ބޮޑު ކެޕޭސިޓީއެއް ހުރި ކަނެކްޓިވިޓީ ބޭނުންވާތީ، އެކަމަށް ޑިޒައިން ކޮށްފައިވާ ސިސްޓަމެކެވެ.

ކޭބަލް އިންވެސްޓްމަންޓާއެކު، ގޫގުލް އިން ދިވެހިރާއްޖެ އާއި ކްރިސްމަސް އައިލެންޑްގައި ދެ އާ ކަނެކްޓިވިޓީ ހަބް ގާއިމު ކުރާނެ އެވެ. މި ފެސިލިޓީތަކަކީ ދެކުނު އޭޝިއާ، އޯޝޭއޭނިއާ، އެފްރިކާ، މެދު އިރުމަތީ އަދި ޔޫރަޕް ގުޅުވާލާ ސްޓްރެޓީޖިކް ޕޮއިންޓްތަކެއްގެ ގޮތުގައި މަސައްކަތް ކުރާ ތަންތަނަށް ވާނެ ކަމަށް ގޫގުލް އިން ބުނެއެވެ.

ސަރުކާރުން މިއީ ބޮޑު ފޮރިން އިންވެސްޓްމަންޓެއްގެ ގޮތުގައި ސިފަކޮށް ނެރުނު ބަޔާނުގައި، ދިވެހިރާއްޖޭގެ ހަބް ހުންނާނީ އައްޑޫ ސިޓީގެ ހިތަދޫގައި ކަމަށް ބުނެފައި ވެއެވެ. އިތުރު ކަނެކްޝަން ޕޮއިންޓްތައް ގާއިމު ކުރުމަށް ރާވާފައިވަނީ އުތުރުން ކުޅުދުއްފުށީގަ އާއި މެދު ރާއްޖޭގެ ސަރަހައްދުން ގްރޭޓަރ މާލެ ސަރަހައްދުގަ އެވެ.

ގޫގުލް އިން ކޭބަލް ލޭންޑިން ފޮއިޓެއް ރާއްޖޭ ގައި ގާއިމު ކުރާތީ ރައީސް މުއިއްޒު ވެސް ވަނީ ބަޔާނެއް ނެރުއްވާފައެވެ. މުއިއްޒު ވިދާޅުވީ ގޫގުލްގެ އިންވެސްޓްމަންޓަކީ ދިވެހިރާއްޖޭގެ އިންވެސްޓްމަންޓް މާހައުލަށް އޮތް އިތުބާރު ހާމަވާ ކަމެއް ކަމަށާއި، މިއީ ގައުމުގެ އިގްތިސާދު އިތުރަށް ފުޅާކޮށް ޑިޖިޓަލް ގޮތުން ބާރުވެރި ކުރުމުގެ ރާއްޖޭގެ ޕްލޭންތަކާ އެއްގޮތަށް ކުރިއަށް ގެންދާ ކަމެއް ކަމަށެވެ.

އޫރީދޫގެ ދިވެހިރާއްޖޭގެ ސީއީއޯ ޚާލިދު އަލް ހަމާދީ މި އިނިޝިއޭޓިވް ސިފަ ކުރެއްވީ ގައުމީ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ވަރުގަދަ ކުރުމުގައި މުހިންމު ފިޔަވަޅެއްގެ ގޮތުގައެވެ. ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވަނީ ދިރާގުން މިހާރުވެސް ސަބްސީ ކޭބަލްތަކުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށާއި، ގޫގުލްއާ ބައިވެރިވެގެން މިފަދަ މަސައްކަތެއް ކުރުމަކީ، ދުނިޔޭގެ ކަނެކްޓިވިޓީ ނެޓްވޯކްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ދައުރު ފުޅާ ކުރުމުގައި އެޅޭ ފިޔަވަޅެއް ކަމަށެވެ.

ގޫގުލް ފާހަގަ ކުރި ގޮތުގައި، އެކުންފުނީގެ ކަނެކްޓިވިޓީ ހަބްތަކަކީ ދާދި ފަހުގެ ޑޭޓާ ސެންޓަރުތަކަށް ވުރެ އެނާޖީ އެފިޝަންޓް ތަންތަން ކަމަށާއި، ހަކަތައިގެޑިމާންޑް ބޮޑުވާ ތަންތަނުގައި، ކުންފުނިން ބަލަމުންދަނީ، ބޭނުންވާ ހަކަތަ ހޯދުމުގައި އިއާދަ ކުރަނިވި ހަކަތަ ބޭނުން ކުރުމަށް ލޯކަލް ކުންފުނިތަކާ ގުޅިގެން މަސައްކަތް ކުރުމަށެވެ.

މި މަޝްރޫއު ގޫގުލް އިން ކުރިއަށް ގެންދަނީ ދިރާގާއި ރާއްޖޭގެ އުރީދޫ އާ ގުޅިގެންނެވެ.

ގޫގުލްދިވަރު ކޭބަލްއުރީދޫ

ކޮމެންޓް

އިތުރަށް ކިޔާލަން

ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި

ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި

21 ނޮވެމްބަރު 2025
އުރީދޫ ފިންޓެކް އިން 2026 ވަނަ އަހަރު ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަނީ

އުރީދޫ ފިންޓެކް އިން 2026 ވަނަ އަހަރު ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަނީ

15 އޮކްޓޯބަރު 2025
އުރީދޫ އާއި އެކު މި ރޯދަމަހު ކަރާފަޅައިގެން އެޕަލް ޕްރޮޑަކްޓްސްގެ ބޮޑު ބިޔަ ބަންޑަލް އެއް

އުރީދޫ އާއި އެކު މި ރޯދަމަހު ކަރާފަޅައިގެން އެޕަލް ޕްރޮޑަކްޓްސްގެ ބޮޑު ބިޔަ ބަންޑަލް އެއް

27 ފެބުރުއަރީ 2025
އުރީދޫ އަށް 2023 ވަނަ އަހަރު 2.1 ބިލިއަން ރުފިޔާގެ އާމްދަނީ އެއް

އުރީދޫ އަށް 2023 ވަނަ އަހަރު 2.1 ބިލިއަން ރުފިޔާގެ އާމްދަނީ އެއް

17 ޑިސެމްބަރު 2024
އުރީދޫ އާއެކު ހައްޖު ކޯޕަރޭޝަންގެ ކަސްޓަމަރ ސާވިސް ޚިދުމަތަށް އިންގިލާބީ ބަދަލެއް

އުރީދޫ އާއެކު ހައްޖު ކޯޕަރޭޝަންގެ ކަސްޓަމަރ ސާވިސް ޚިދުމަތަށް އިންގިލާބީ ބަދަލެއް

12 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު