ކ. މާލެ
|
13 އޭޕްރިލް 2021 | އަންގާރަ 11:25
ނޫސްވެރިންގެ ބައްދަލުވުމުގައި އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރ ހުސައިން ނިޔާޒު ވާހަކަ ދައްކަވަނީ
ނޫސްވެރިންގެ ބައްދަލުވުމުގައި އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރ ހުސައިން ނިޔާޒު ވާހަކަ ދައްކަވަނީ
އުރީދޫ
ބާކީ ހުންނަ ޑޭޓާ
މަހުގެ ބާކީ ހުންނަ ޑޭޓާ އަންނަ މަހުން ފެށިގެން ބޭނުން ކުރެވޭނެ: އުރީދޫ
 
އެހެން ޕެކޭޖްތަކަށް ނުދެނީ ގިނަ ފަހަރަށް ބާކީ ޑޭޓާ ނުހުންނާތީ
 
ބާކީ ހުންނަ ޑޭޓާ ބޭނުންކުރެވޭނީ އުރީދޫ ޕޯސްޓްޕެއިޑްގެ 600ރ. އިން މަތީގެ ޕެކޭޖުތަކަށް އެކަނި

މަހުގެ ބާކީ ހުންނަ ޑޭޓާ އަންނަ މަހުން ފެށިގެން ބޭނުން ކުރެވޭނެ ކަމަށް އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު މާގިރި ހޮޓެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނިޔާޒް ވިދާޅުވީ ބާކީ ހުންނަ ޑޭޓާ ބޭނުން ކުރެވޭނީ އުރީދޫ ޕޯސްޓްޕެއިޑްގެ 600ރ. އިން މަތީގެ ޕެކޭޖުތަކަށް އެކަނި ކަމަށެވެ. ނިޔާޒް ވިދާޅުވީ އުރީދޫ ޕޯސްޓްޕެއިޑްގެ އެހެން ޕެކޭޖްތަކަށް މި ޚިދުމަތް ފޯރުނުކޮށްދޭނެ ކަމަށެވެ. އެގޮތަށް ނިންމާފައިވަނީ ވަރަށް ގިނަ ދިރާސާތައް ކުރުމަށްފަހު ކަމަށާއި 600ރ އިން ދަށުގެ ޕެކޭޖްތަކުގައި މަސް ނިމޭއިރު ބާކީ ޑޭޓާ ނުހުންނަ ކަމަށެވެ.

މަސްނިމޭއިރު ހުންނަ ބަކީ ޑޭޓާ ކަނޑާލާ ޝަކުވާއަކީ އާއްމު ރައްޔިތުން ކުރަމުން އަންނަ ޝަކުވާއެކެވެ. އެހެންކަމުން ބައެއް ކަސްޓަމަރުން މަހުގެ ފަހު ދުވަހު ޑޭޓާ ޕެކޭޖް ހުސްކުރުމަށްޓަކައި ތަފާތު ކަންކަން ވެސް ކޮށްއުޅެއެވެ. އެގޮތުން ހޮސްޓްސްޕޮޓް ދޫކުރުމާއި، ފިލްމްތައް ޑައުންލޯޑް ކުރުމުގެ ކަންކަން ހިމެނެއެވެ.

އުރީދޫގެ އިންޓަރނެޓް ސްޕީޑާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނިޔާޒް ވިދާޅުވީ ގިނަ ޕެކޭޖްތައް ތައާރަފުކުރަމުންދާ ވަރަކަށް ކަސްޓަމަރުންނަށް ގިނަ ޖީބީތައް ފޯރުކޮށްދެމުންދާ ކަމަށާއި އެހެންކަމުން ކެޕޭސިޓީއާ ނެޓްވޯކް ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ. އިންޓަރނެޓްގެ ސްޕީޑް ރަނގަޅު ކުރުމަށްޓަކައި މިދިޔަ އަހަރު ނެޓްވޯކް އެކްސްޕެންޝަން ހެދިކަމަށާއި އިތުރު ސަބްމެރީން ކޭބަލްއެއް އަޅައި އިތުރު ކެޕޭސިޓީ ގަނެފައިވާ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

މި ސަރަހައްދަށް ބަލާއިރު ރާއްޖެއަށް އިންޓަރނެޓް ލިބޭ ސްޕީޑް ރަނގަޅުކަން ފާހަގަކުރައްވައި ނިޔާޒް ވިދާޅުވީ ސްޕީޑް ޓެސްޓް ވެބްސައިޓަށް ބަލާއިރު އަދި ދުނިޔޭގެ ގައުމުތަކުގެ ރޭންކިންއަށް ބަލާއިރު ރާއްޖެ އުޅެނީ ސްރީލަންކާ، އިންޑިއާ ފަދަ ގައުމުތަކަށްވުރެ ވެސް ކުރީގައި ކަމަށެވެ. ރާއްޖޭގައި އިންޓަރނެޓްގެ ސްޕީޑް މިހާރު ހުރި ވަރަށް ވުރެ އިތުރު ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ވެސް ނިޔާޒް ވިދާޅުވިއެވެ.

މަހުގެ ބާކީ ހުންނަ ޑޭޓާ އަންނަ މަހުން ފެށިގެން ބޭނުން ކުރެވޭ ގޮތަށް އުރީދޫން ނިންމާފައިވާއިރު އެ ކުންފުނިން ވަނީ ދާދި ފަހުން ރާއްޖޭގައި ޑޭޓާ ސެންޓަރެއް ހުޅުވާފައެވެ. އަވައްޓެރި ގައުމުތަކުން އެމީހުންގެ ވިޔަފާރިތައް ރާއްޖޭގައި މިހާާރު ހޮސްޓް ކުރެވޭނެ އުރީދޫން ވަނީ ބުނެފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
100%
0%
0%
ކޮމެންޓް