Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ތުރާކުނާއި ދިއްދޫ ޓާފް ދަނޑުގެ މަސައްކަތް

ހއ. ތުރާކުނާއި ދިއްދޫ ފުޓްބޯޅަ ދަނޑުތަކުގައި ޓާފް އަޅައިފި

މި އަހަރު ނިމުމުގެ ކުރިން ގިނަ ދަނޑުތަކެއްގެ މަސައްކަތް ނިންމާލެވޭނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 12 އެޕްރީލު 2021 | ހޯމަ 14:41
ތުރާކުނުގައި ސަރުކާރުން އެޅި ފެންވަރު ރަނގަޅު ޓާފް ފުޓްބޯޅަ ދަނޑު

ތުރާކުނުގައި ސަރުކާރުން އެޅި ފެންވަރު ރަނގަޅު ޓާފް ފުޓްބޯޅަ ދަނޑު

ހއ. ތުރާކުނާއި އެ އަތޮޅު ދިއްދޫގައި ސަރުކާރުން އަޅާ ފެންވަރު ރަނގަޅު ޓާފް ފުޓްބޯޅަ ދަނޑުތަކުގައި ޓާފް އެޅުމުގެ މަސައްކަތް ނިންމާލައިފިއެވެ.

ތުރާކުނު ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ނިންމާލިކަން ހާމަކުރައްވާ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ކުރެއްވި ޓްވީޓެއްގައި ވަނީ ލޯކަލް ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިފައިވާތީ މަރުޙަބާ ކިޔާފައެވެ. އަދި ވަނީ މި އިންތިޚާބު ކާމިޔާބުކުރެއްވި ކެންޑިޑޭޓުންނަށްވެސް މަރުޙަބާ ކިޔާފައެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ގެއްލުނު ތަންތަނުގެ އަޑުއިވިއްޖެ ކަމަށާއި، ދެން އޮތީ މަސައްކަތާއިގެން އަނެއްކާވެސް ބާރަށް ކުރިއަށްދިޔުން ކަމަށެވެ.

މީގެ އިތުރުން ދިއްދޫ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ނިންމާލިކަން ހާމަކުރައްވާ ވަޒީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ބޭނުންވި ބާރުމިނުގައި މަސައްކަތް ނުދިޔަ ނަމަވެސް، އެ ދަނޑުގައި ޓާފް އަޅައި ނިމިފައިވާތީ އުފާކުރައްވާ ކަމަށެވެ. އަދި އެ ދަޑުގައި ލައިޓް ހަރުކުމުގެ މަސައްކަތް ވީހާވެސް އަވަހަށް ފެށޭތޯ މަސައްކަތްކުރައްވަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން ވަޒީރު ވަނީ މި މަސައްކަތަށް ދިއްދޫ ޒުވާނުންނާއި، ކައުންސިލުގެ އިތުރުން ދިއްދޫ ދާއިރާގެ މަޖިލިސް މެންބަރު ޢަބްދުﷲ ވަޙީދު ދެއްވި އެއްބާރުލެއްވުމަށް ޝުކުރުއަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑު އެޅުން ހިމެނޭއިރު، މިހާތަނަށް މި ސަރުކާރުން ވަނީ ތުރާކުނާއި ދިއްދޫ ދަނޑާއެކު، 10 ރަށެއްގެ ފުޓްބޯޅަ ދަނޑުތަކުގައި ޓާފް އަޅާފައެވެ. އަދި މި އަހަރު ނިމުމުގެ ކުރިން ގިނަ ދަނޑުތަކެއްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.

ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅަ ދަނޑުތައް އަޅަމުން އަންނައިރު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަންނަނީ 2023-2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެއަށް ފުޅާކޮށްލައިގެން، ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ. އެހެންކަމުން ސަރުކާރުން ޓާފް ދަނޑުތައް އެޅުމަކީ ހޯމް އެންޑް އަވޭ އުސޫލަށް ރާއްޖޭގެ ފުޓްބޯޅަ ސިސްޓަމް ބަދަލުކުރަން ރާވާފައިވާ ރޭވުމަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.

ޓާފް ދަނޑުތައްކުޅިވަރާ ބެހޭ ވުޒާރާ

ކޮމެންޓް

އިތުރަށް ކިޔާލަން

މުލިއާގޭ ވެހިކަލް ގަރާޖު ހުރި ބިމުގައި ޒުވާނުންގެ މަރުކަޒެއް އަޅަނީ

މުލިއާގޭ ވެހިކަލް ގަރާޖު ހުރި ބިމުގައި ޒުވާނުންގެ މަރުކަޒެއް އަޅަނީ

18 ނޮވެމްބަރު 2024
ވަރަށް އަވަހަށް ނޭޝަނަލް އާޓް ކަލެކްޝަން އެއް ފަތުރުވެރިންނަށް ހުޅުވާލާނަން: އަސްވަރޑް

ވަރަށް އަވަހަށް ނޭޝަނަލް އާޓް ކަލެކްޝަން އެއް ފަތުރުވެރިންނަށް ހުޅުވާލާނަން: އަސްވަރޑް

21 ޖުލައި 2024
ތިލަފުށީގައި މޮޓޯރ ސްޕޯރްޓްސް އެރީނާއެއް ތަރައްޤީކުރުމަށް ބިން ހަމަޖައްސާ އެއްބަސްވުމުގައި ސޮއިކޮށްފި

ތިލަފުށީގައި މޮޓޯރ ސްޕޯރްޓްސް އެރީނާއެއް ތަރައްޤީކުރުމަށް ބިން ހަމަޖައްސާ އެއްބަސްވުމުގައި ސޮއިކޮށްފި

01 ސެޕްޓެމްބަރު 2023
ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ އިންޑަސްޓްރީތަކުން ބޭނުންވާ ގޮތަށް ޑިޒައިންކޮށްގެން ހިންގޭ ޕްރޮގްރާމެއް: ނިޝާމް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ އިންޑަސްޓްރީތަކުން ބޭނުންވާ ގޮތަށް ޑިޒައިންކޮށްގެން ހިންގޭ ޕްރޮގްރާމެއް: ނިޝާމް

18 ޖުލައި 2023
ސިޔާސަތަކީ ތަފާތު ދާއިރާތަކުގެ ހުނަރާއި ފަންނުވެރިކަން ހުރި ޒުވާނުން އެ ދާއިރާތަކުން ކުރިއަރައި ދިޔުމަށް މަގު ކޮށައިދީ އުފެއްދުންތެރި ޒުވާނުން ބިނާކުރުން - ރައީސް

ސިޔާސަތަކީ ތަފާތު ދާއިރާތަކުގެ ހުނަރާއި ފަންނުވެރިކަން ހުރި ޒުވާނުން އެ ދާއިރާތަކުން ކުރިއަރައި ދިޔުމަށް މަގު ކޮށައިދީ އުފެއްދުންތެރި ޒުވާނުން ބިނާކުރުން - ރައީސް

09 މެއި 2023

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު