Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރޯދަ މަހުގެ ތަހުނިޔާ

ރަމަޟާން މަހުގެ ތަހުނިޔާ ނާއިބު ރައީސް އަރިސް ކުރައްވައިފި

12 އެޕްރީލު 2021 | ހޯމަ 07:33

މި މާތް މައްސަރުގެ ހެޔޮ ދަރުމައާއި ޘަވާބު އެންމެނަށް މިންވަރު ކޮށްދެއްވުމަށް އެދި ދުޢާ ދަންނަވާ ކަމަށް ވިދާޅުވި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 12 އެޕްރީލު 2021 | ހޯމަ 07:33
ނާއިބު ރައީސް ފައިސަލް ނަސީމް

ނާއިބު ރައީސް ފައިސަލް ނަސީމް

1442 ވަނަ އަހަރުގެ ރަމަޟާން މަހުގެ ތަހުނިޔާ ނައިބް ރައީސް ފައިސަލް ނަސީމް އަރިސްކުރައްވައިފިއެވެ.

ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައި ނާއިބު ރައީސް ވިދާޅުވީ މި މާތް މައްސަރުގެ ހެޔޮ ދަރުމައާއި ޘަވާބު އެންމެނަށް މިންވަރު ކޮށްދެއްވުމަށް އެދި ދުޢާ ދަންނަވާ ކަމަށެވެ. ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ 13 އޭޕްރީލް 2021 ވާ އަންގާރަ ދުވަސްކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

1442 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމަށް އާދިއްތަ ދުވަހުރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ ވަނީ ރޯދައިގެ ފަރުޟު އަދާކުރުމަށް ފަރުވާތެރިވުމާއި، މާތްﷲ ގެ ރުއްސެވުމަށް އެދި ހެޔޮ އަމަލުތައް ގިނަކުރުމަށް ރާއްޖޭގެ ރައްޔިތުންނަށް ގޮވާލައްވާފައެވެ. މިއަހަރުގެ ރޯދަމަހު މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ތަރާވީހް ނަމާދު ކުރެވޭނެކަމަށާއި، ޖަމާއަތުގައި ނަމާދު ކުރެވޭނީ، ކޮވިޑް19 ފެތުރިފައިވާ މިންވަރަށް ބަލައި، ގައިދުރުކޮށް ސަފުހަދައިގެންކަމަށް މިނިސްޓްރީން މީގެ ކުރިން ބުނެފައިވެއެވެ.

ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ 13 އޭޕްރީލް ވާ އަންގާރަ ދުވަސް ކަމަށް ކަނޑައަޅާފައިވާއިރު މި މަހަށް ބޭނުންވާ ވާވަރަށް ކާޑުގެ ބާވަތްތައް ހުރީ ލިބިފައި ކަމަށާއި، ދަތިކަމެއް ދިމާ ނުވާނެކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދެއްވާފައެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވަނީ ރޯދަ މަހަކީ ކަރަންޓުގެ ޚަރަދު ބޮޑުވާ މަހެއްކަމުން ދުރާލާ މިކަމަށް ތައްޔާރުވެ ފެންވަރު ރަނގަޅު ކަރަންޓުގެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކޮށްފައިވާކަން ހާމަ ކުރައްވާފައެވެ. މީގެ އިތުރުން ރޯދަމަހަކީ، ގިނަ އަދަދަކަށް ކާބޯތަކެތި ބޭނުންކުރާ މަހެއްކަމުގައިވާއިރު މިކަމަށްވެސް ދުރާލާ ތައްޔާރުވެފައިވާކަމަށް ވިދާޅުވިއެވެ.

އަދި މި މަހުގައި ރާއްޖެގެ ދަނޑުވެރިން އުފައްދާ ކަރާ މިރުސް އަދި ކާށީގެ އަގު ހިފެހެއްހެއްޓުމަށް އެގްރޯނެޓުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވިދަޅުވިއެވެ. އެގޮތުން މިހާތަނަށް އައިރު 363 ދަނޑުވެރިއަކާއެކު ކޮންޓްރެކްޓް ހަދާފައިވާކަމަށް މްބްރޫކް ވިދާޅުވިއެވެ. މީގެ އިތުރުން ވެމްކޯއާއި، ޓްރެފިކް ޕޮލިހުން ވެސް ރޯދަމަހު އަންނަ ބަދަލުތަކަށް ތައްޔާރުވެފައިވާކަމަށް ވިދާޅުވިއެވެ.

ރަަމަޟާންނައިބު ރައީސް, ފައިޞަލް ނަސީމް

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

03 ޑިސެމްބަރު 2025
ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟
29 ނޮވެމްބަރު 2025

ރާއްޖޭގައި ބިނާ ކުރަމުންދާ ފަނަރަ ވަރަކަށް މިސްކިތް ރަމަޟާން މަހުގެ ކުރިން ނިންމާނަން: ރައީސް މުއިއްޒު

29 ނޮވެމްބަރު 2025
ރާއްޖޭގައި ބިނާ ކުރަމުންދާ ފަނަރަ ވަރަކަށް މިސްކިތް ރަމަޟާން މަހުގެ ކުރިން ނިންމާނަން: ރައީސް މުއިއްޒު
19 މާރިޗު 2025

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

19 މާރިޗު 2025
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
01 މާރިޗު 2025

މިއަހަރުގެ ރަމަޟާންމަހުގެ ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި

01 މާރިޗު 2025
މިއަހަރުގެ ރަމަޟާންމަހުގެ ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި
01 މާރިޗު 2025

ރަމަޟާން މަސް: ނަފުސު އިސްލާޙުކޮށްލުމަށް ލިބޭ ރަނުގެ ފުރުޞަތެއް

01 މާރިޗު 2025
ރަމަޟާން މަސް: ނަފުސު އިސްލާޙުކޮށްލުމަށް ލިބޭ ރަނުގެ ފުރުޞަތެއް
28 ފެބުރުއަރީ 2025

"މި ރަމަޟާން މަހު ވެސް ޚާއްސަ ސަމާލުކަމެއް ދީގެން ފުލުހުން ޓްރެފިކް ބަލަހައްޓާނެ "

28 ފެބުރުއަރީ 2025
"މި ރަމަޟާން މަހު ވެސް ޚާއްސަ ސަމާލުކަމެއް ދީގެން ފުލުހުން ޓްރެފިކް ބަލަހައްޓާނެ "
28 ފެބުރުއަރީ 2025

މާލެ ސިޓީގެ 24 މިސްކިތެއްގައި ޙިފުޡްކޮށް ތަރާވީޙް ނަމާދު ކުރާ ގޮތަށް ހަމަޖައްސައިފި

28 ފެބުރުއަރީ 2025
މާލެ ސިޓީގެ 24 މިސްކިތެއްގައި ޙިފުޡްކޮށް ތަރާވީޙް ނަމާދު ކުރާ ގޮތަށް ހަމަޖައްސައިފި
28 ފެބުރުއަރީ 2025

ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ސުންގަޑި އާއްމުކޮށްފި

28 ފެބުރުއަރީ 2025
ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ސުންގަޑި އާއްމުކޮށްފި
28 ފެބުރުއަރީ 2025

ރޯދައިގެ ފުރިހަމަ ދަރުމަ ހޯދުމަށް ފާފައިގެ އިތުރަށް، ނޭދެވޭ ކަންތަކާ ވެސް ދުރުހެލިވާންޖެހޭ: ޚުތުބާ

28 ފެބުރުއަރީ 2025
ރޯދައިގެ ފުރިހަމަ ދަރުމަ ހޯދުމަށް ފާފައިގެ އިތުރަށް، ނޭދެވޭ ކަންތަކާ ވެސް ދުރުހެލިވާންޖެހޭ: ޚުތުބާ
27 ފެބުރުއަރީ 2025

އުރީދޫ އާއި އެކު މި ރޯދަމަހު ކަރާފަޅައިގެން އެޕަލް ޕްރޮޑަކްޓްސްގެ ބޮޑު ބިޔަ ބަންޑަލް އެއް

27 ފެބުރުއަރީ 2025
އުރީދޫ އާއި އެކު މި ރޯދަމަހު ކަރާފަޅައިގެން އެޕަލް ޕްރޮޑަކްޓްސްގެ ބޮޑު ބިޔަ ބަންޑަލް އެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް