Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޗްއާރްސީއެމްގެ ޕްރެސް ކޮންފަރެންސް

ތޮއްޖެހިގެން ވޯޓުލާން ދާން މަޑުނުކުރުމަށް އެޗްއާރްސީއެމުން ގޮވާލައިފި

10 އެޕްރީލު 2021 | ހޮނިހިރު 07:07

އިޖުތިމާއީ ގައިދުރުކަން ނެތްކަންވެސް ވަނީ ފާހަގަކޮށްފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 10 އެޕްރީލު 2021 | ހޮނިހިރު 07:07
ކޮލޮމްބޯގައި ވޯޓުލުން ކުރިއަށްދަނީ

ކޮލޮމްބޯގައި ވޯޓުލުން ކުރިއަށްދަނީ

ތޮއްޖެހިގެން ވޯޓުލާން ދާން މަޑު ނުކުރުމަށް އެޗްއާރްސީއެމުން ގޮވާލައިފިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި ފާހަގަވިކަންކަން ހާމަކުރުމަށް އެޗްއާރްސީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ ޚާއްސަ ހާލަތެއް ދިމާނުވާ ހުރިހާ ވޯޓު ފޮއްޓެއްގައި ގަޑިއަށް ވޯޓުލުން ފެށުނު ކަމުގައެވެ. ކޮވިޑް ނުފެތުރޭ ގޮތަށް ވޯޓުލުން ކުރިއަށް ގެންދިއުމަށް އިލްތިމާސްކޮށް އެޗްއާރްސީއެމުން ވަނީ ތޮއްޖެހިގެން ވޯޓުލާން ދާން މަޑު ނުކޮށް ވީހާވެސް އަވަހަށް ވޯޓުލާން ދިއުމަށް ގޮވާލާފައެވެ.

Advertisement - newsAdvertisement

މިހާތަނަށް އައިރު ވޯޓުލާން ދިޔަ މީހުން މަދުކަން ފާހަގަކޮށް އެ އިދާރާއިން ބުނީ ބައެއް ވޯޓު ފޮށިތަކުގައި ވޯޓުލުން ފެށުން ލަސްވި ސަބަބަކަށްވެސް މިކަން ވެގެން ދިޔަކަމަށެވެ. ބައެއް މަރުކަޒުތަކުގައި މީހުން އެއްވެ ތިބޭއިރު ގައިދުރުކަން ނެތްކަން ފާހަގަކުރެވޭ ކަމަށާއި މާސްކްއެޅުން ފިޔަވައި ދެން ހުރި ގައިޑްލައިންތަކަށް ތަބާނުވާކަން ފާހަގަވާކަމަށް ވެސް ބުނެފައިވެއެވެ.

ރާއްޖޭގައި އާންމުކޮށް އިންތިޚާބުތަކުގައި ވޯޓުލާން ނިކުންނަ އަދަދުތަކަށް ބަލާއިރު ކައުންސިލް އިންތިޚާބަށް ނިކުންނަ މީހުން މަދެވެ. އެންމެ ފުރަތަމަ 2011 ވަނަ އަހަރު ބޭއްވި ލޯކަލް އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން އެ ހައްގު އަދާކުރީ 72.11 އިންސައްތައެވެ. އޭގެފަހުން 2014 ވަނަ އަހަރު ބޭއްވި ލޯކަލް އިންތިޚާބުގައި އެ ހައްގު އަދާކުރީ 64.5 ޕަސެންޓު މީހުންނެވެ. އެންމެ ފަހުން 2017 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި ހައްގު އަދާކުރީ 65.9 ޕަސެންޓު މީހުންނެވެ.

މިއަހަރު ބާއްވާ ކައުންސިލް އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ 273،128 (ދެލައްކަ ހަތްދިހަ ތިން ހާސް ސަތޭކަ އަށާވީސް) މީހުންނަށެވެ. އިންތިޚާބު މިބޭއްވީ ކޮވިޑްގެ ޕެންޑަމިކް ތެރޭގައެވެ. ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރުވެސް ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދު ހުރީ ތިންހާހަށްވުރެ މަތީގައެވެ. ޕޮޒިޓިވްވި މީހުންނާއި ކަރަންޓީނުގައި ތިބި މީހުންނަށް ގާނޫނުން ލިބިދޭ ހައްގެއްގެ ދަށުން ވޯޓުލާން ދިއުމުގެ ފުރުސަތު އެބައޮތެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

04 މެއި 2017

ވޯޓް ލުމުގެ ފުރިހަމަ ޙައްޤު ބޭނުން ހިފުމަށް އެޗްއާރްސީއެމުން ގޮވާލައިފި

04 މެއި 2017
ވޯޓް ލުމުގެ ފުރިހަމަ ޙައްޤު ބޭނުން ހިފުމަށް އެޗްއާރްސީއެމުން ގޮވާލައިފި
29 އެޕްރީލު 2017

ތާއީދާއި މެދު ޝައްކެއް ނެތް، މުހިއްމީ ވޯޓުލާން ނުކުތުން: ޙަސަން ލަތީފް

29 އެޕްރީލު 2017
ތާއީދާއި މެދު ޝައްކެއް ނެތް، މުހިއްމީ ވޯޓުލާން ނުކުތުން: ޙަސަން ލަތީފް
04 އެޕްރީލު 2017

މޫސަގެ އިތުބާރުގެ ވޯޓާ ދިމާކޮށް ރަށުން ބޭރުން ނުދާން ޕީޕީއެމް ޕީޖީ މެންބަރުންނަށް އަންގައިފި

04 އެޕްރީލު 2017
މޫސަގެ އިތުބާރުގެ ވޯޓާ ދިމާކޮށް ރަށުން ބޭރުން ނުދާން ޕީޕީއެމް ޕީޖީ މެންބަރުންނަށް އަންގައިފި
22 މާރިޗު 2017

ބިންތައް ވިއްކުމަށް ފަހު ވެރިން ފިލައިގެން ދާން ނޭދޭ ޕީޕީއެމް މެންބަރުން އެބަތިބި:ފަލާހު

22 މާރިޗު 2017
ބިންތައް ވިއްކުމަށް ފަހު ވެރިން ފިލައިގެން ދާން ނޭދޭ ޕީޕީއެމް މެންބަރުން އެބަތިބި:ފަލާހު
11 މާރިޗު 2017

ސައުދީ ރަސްގެފާނަށް ޖުމްހޫރީ މައިދާން ޒީނަތްތެރި ކުރަނީ

11 މާރިޗު 2017
ސައުދީ ރަސްގެފާނަށް ޖުމްހޫރީ މައިދާން ޒީނަތްތެރި ކުރަނީ
08 މާރިޗު 2017

ރައްޔިތުންގެ މަތިން ހަނދާންކުރާ މަޖިލީހެއް ހޯދުމުގެ ފުރުސަތު އެބަ އޮތް: ފާރިސް

08 މާރިޗު 2017
ރައްޔިތުންގެ މަތިން ހަނދާންކުރާ މަޖިލީހެއް ހޯދުމުގެ ފުރުސަތު އެބަ އޮތް: ފާރިސް
21 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން

21 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން
08 ފެބުރުއަރީ 2017

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި
08 ފެބުރުއަރީ 2017

ހަނގުރާމަ ކުރަން ސީރިއާއަށް ދާން އުޅުނު ދިވެއްސަކު އަތުލައިގެންފި

08 ފެބުރުއަރީ 2017
ހަނގުރާމަ ކުރަން ސީރިއާއަށް ދާން އުޅުނު ދިވެއްސަކު އަތުލައިގެންފި
03 ފެބުރުއަރީ 2017

ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު

03 ފެބުރުއަރީ 2017
ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް