Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޫސަގެ އިތުބާރު

މޫސަގެ އިތުބާރުގެ ވޯޓާ ދިމާކޮށް ރަށުން ބޭރުން ނުދާން ޕީޕީއެމް ޕީޖީ މެންބަރުންނަށް އަންގައިފި

އެމެޖެންސީއެއްގައި މެނުވީ ރަށުން ބޭރަށް ނުދިއުމަށް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 4 އެޕްރީލު 2017 | އަންގާރަ 11:38
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ޖަލްސާއާ ދިމާކޮށް މާލެއިން ބޭރަށް ނުދިއުމަށް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕުގެ މެންބަރުންނަށް އަންގައިފި އެވެ.

މޫސަގެ އިތުބާރުގެ މައްސަލަ އަންނަ އަންގާރަ ދުވަހަށް ތާވަލުކޮށް މަޖިލީހުގެ އިދާރާއިން ވަނީ އެކަން މެންބަރުންނާއި މޫސަ އަށް ވެސް އަންގާފަ އެވެ.

ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕުގެ ވައިބާ ގްރޫޕުގައި އެ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާނު ވިދާޅުވެފައި ވަނީ މިމަހުގެ 11 ގައި މަޖިލިސް ނައިބު ރައީސްގެ އިތުބާރުގެ ނެތްކަމުގެ ވޯޓް އެޖެންޑާ ކުރެވޭނެތީ، އެއްވެސް މެންބަރަކު މާލެއިން ބޭރަށް، އެމަޖެންސީއެއްގައި މެނުވީ ފުރާވަޑައިނުގަތުމަށް ދަންނަވާ ކަމަށެވެ. އަދި މިހާރު ރަށުން ބޭރުގައި ތިއްބެވި މެންބަރުން އެސްއެމްއެސްއަކުން އަންގަވާލަ ދެއްވުމަށް ނިހާނު އެދިވަޑައިގެންފައި ވެއެވެ.

މިކަމާ ގުޅޭ ގޮތުން ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲއާ ރާއްޖެއެމްވީން ސުވާލު ދެންނެވުމުން އޭނާ ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާނީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު ނިހާން ކަމަށެވެ. ނަމަވެސް، ނިހާން ފޯނަށް ޖަވާބު ނުދެއްވާތީ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.

މޫސަގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގައި އިސްކޮށް ހުންނެވީ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނެވެ. މޫސަގެ އިތުބާރުގެ މައްސަލަ ހުށަހަޅާފައިވަނީ 15 މެންބަރުންގެ ސޮޔާއެކު އެވެ.

އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން މޫސަ ވިދާޅުވެފައި ވަނީ އޭނާގެ މަޖިލީހުގެ ގަވާއިދާ އަދި ގާނޫނުއަސާސީއާ ހިލާފަށް އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ. އޭނާއަކީ މަޖިލީހުގެ ރައީސް އަންގަވާ ކަމެއް ކުރައްވަން ހުންނަވާ ބޭފުޅެއް ކަމަށާއި އަދި މަޖިލީހުގެ ގަވާއިދާ ގާނޫނުއަސާސީއާ ހިލާފް އެއްވެސް ކަމެއް ކުރައްވާކަށް މަޖިލީހުގެ ރައީސް އޭނާ އަށް ދުވަހަކު ވެސް އަންގަވާފައި ނުވާ ކަމަށް މޫސަ ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން މޫސަ ވިދާޅުވެފައި ވަނީ މަޖިލީހުގެ ރައީސް އާއި ނައިބް ރައީސްގެ އިތުބާރު ނެތް ކަމަުގެ މައްސަލައެއް ހުށަހަޅަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި އަދި އެފަދަ ވޯޓެެއް ނަގަން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް މޫސަ ވިދާޅުވެފައިވެއެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނެފައި ވަނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްވާނީ، ވޯޓުގައި ބައިވެރިވާ މެންބަރުންގެ ދެ ބައިކުޅަ އެއްބައި، ސިމްޕަލް މެޖޯރިޓީ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރުނެތް ކަމަށް ވޯޓުލައިފި ނަމަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުގެ މައްސަލައިގައި މިދިޔަ މަހުގެ 27 ގައި ނެގި ވޯޓާ ހިސާބުން ޕީޕީއެމަށް ވަނީ މަޖިލީހުގެ ސުޕާ މެޖޯރިޓީ ގެއްލިފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ވިލިގިލި ދާއިރާގެ މެންބަރު ސައުދު ހުސެއިން އާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު މިހާރު ވަނީ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެންފަ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މޫސަގެ އިތުބާރު ނެތް ކަމުގެ ވޯޓް ވެސް ފެއިލް ކޮށްލާނަން:ނިހާން

މޫސަގެ އިތުބާރު ނެތް ކަމުގެ ވޯޓް ވެސް ފެއިލް ކޮށްލާނަން:ނިހާން

28 މާރިޗު 2017
ވޯޓް މިނިވަނެއް ނޫން، މަސީހުގެ އިތުބާރުގެ މައްސަލަ އަނެއްކާ ވެސް ހުށަހަޅާނަން: ޕާޓީތައް

ވޯޓް މިނިވަނެއް ނޫން، މަސީހުގެ އިތުބާރުގެ މައްސަލަ އަނެއްކާ ވެސް ހުށަހަޅާނަން: ޕާޓީތައް

27 މާރިޗު 2017
ވޯޓާ ދިމާކޮށް ޕީޕީއެމް ޕީޖީ ގްރޫޕް ރިސޯޓެއްގައި "ކޭމްޕް" ކުރަނީ!

ވޯޓާ ދިމާކޮށް ޕީޕީއެމް ޕީޖީ ގްރޫޕް ރިސޯޓެއްގައި "ކޭމްޕް" ކުރަނީ!

26 މާރިޗު 2017
މަސީހުގެ ވޯޓާ ދިމާކޮށް ރައްޔިތުން މާލެ އެރުމަށް ގޮވާލާ ގަރާރެއް އެމްޑީޕީން ފާސްކޮށްފި

މަސީހުގެ ވޯޓާ ދިމާކޮށް ރައްޔިތުން މާލެ އެރުމަށް ގޮވާލާ ގަރާރެއް އެމްޑީޕީން ފާސްކޮށްފި

22 މާރިޗު 2017
 "މިއީ އުފާވެރި ވަގުތެއް، މަސީހުގެ އިތުބާރުގެ މައްސަލަ މިއޮތީ ނިމިފައި"

"މިއީ އުފާވެރި ވަގުތެއް، މަސީހުގެ އިތުބާރުގެ މައްސަލަ މިއޮތީ ނިމިފައި"

22 މާރިޗު 2017

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު