Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުވައްމުލަކު ނަރުދަމާ ނިޒާމަށް ދާއިމީ ހައްލެއް

ފުވައްމުލަކުގެ ނަރުދަމާ ނިޒާމު 6 މަސް ތެރޭގައި ހައްލުވާނެ، އިންޖީނުގޭގެ ހިދުމަތް އަންނަ އަހަރު ލިބޭނެ - ފެނަކަ އެމްޑީ

ފުވައްމުލަކު ނަރުދަމާ ނިޒާމަކީ ސަރުކާރު ވުޖޫދު ވުމަށް ފަހު، ހައްލުކުރުމަށް ދިމާވި އެއްމެ އުނގަދޫ މަސައްކަތް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 9 އެޕްރީލު 2021 | ހުކުރު 08:14
ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަހްމަދު ސައީދު

ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަހްމަދު ސައީދު

ފުވައްމުލަކު ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލަ ތަކުގެހއްލު ކުރިއަށް އޮތް 6 މަސައްދުވަހުގެ ތެރޭގައި ލިބިގެންދާނެ ކަމަށާއި، އައު އިންޖީނުގޭގެ ހިދުމަތް އަންނަ އަހަރުގެ ތެރޭގައި ލިބޭނެ ކަމުގެ ޔަގީންކަން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައީދު ދެއްވައިފިއެވެ.

ފުވައްމުލަކުސިޓީގެ ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ފެށުމާއި، އެ ސިޓީގެ އައު އިންޖީނުގޭގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ފުވައްމުލަކު ނަރުދަމާ ނިޒާމަކީ ސަރުކާރު ވުޖޫދު ވުމަށް ފަހު، ހައްލުކުރުމަށް ދިމާވި އެންމެ އުނގަދޫ މަސައްކަތް ކަމަށް ވިދާޅުވިއެވެ. މިފެނިގެންދަނި ކަމަކަށް ކަމެއް ކުރުމުގެ ނަތީޖާ ކަމަށާއި، މި ސަރުކާރުން ހަރުދަނާ ކަމާ އެކީ ނޫނީ ކަންތައް ނުކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ފެނަކައިގެ ޒުވާން އިންޖިނިއަރިންގ ޓީމަކުން އެތައް ތަހުލީލު ތަކެއް ކުރަމުން ދިޔައިރުވެސް، މި ނިޒާމު ހައްލު ކުރުމަށް ބޭނުންވާ ކަންކަން ދެނެގަތުމަށް އުނދަގޫތައް ކުރިމަތިވިއެވެ. އެކަމަކުވެސް މިހާރު މިވަނީ ހައްލު ހޯދާފައި ކަމަށް ވިދާޅުވިއެވެ. މި ތަހުލީލުތައް ކުރަމުން ދިޔައިރު ދިމާވިދަތިތައް ރައީސައް ހިއްސާކުރި ކަމަށާއި، މިކަމުގައި އަވަސް ހައްލެއް ހޯދައި ފުވައްމުލަކު ރައްޔިތުންގެ މި ޒަރޫރީ ބޭނުން ވީހާވެސް އަވަހަކަށް ފުރިހަމަ ކުރުމަށް ރައީސް އެންގެވި ކަމަށް ވިދާޅުވިއެވެ.

މިކަމަށް ބޮޑު ހޭދައެއް ކުރަންޖެހޭތީ، އެ ކަން ހިއްސާ ކުރެއްވުމުން ވަގުތުން އެކަންތައްވެސް ހައްލުކޮށްދެއްވި ކަމަށް ސައީދު ވިދާޅުވިއެވެ.

ފުވައްމުލަކުގެ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރީ މި އަހަރުގެ ފެބުރުއަރީ މަހުގައެވެ. 43 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދުކުރަމަށްވަނީ ހަމަޖެހިފައެވެ.

އައު އިންޖީނުގެ އެޅުމުގެ މަސައްކަތަށް އަލި އަޅުއްވާ ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، ފުވައްމުލަކު ސިޓީގެ އައު އިންޖީނުގޭގެ މަޝްރޫޢާއެކު އެ ރަށަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި މިހާރު ކުރިމަތިވާ މައްސަލަތައް ޙައްލުވެ، ތަނުގެ ހިންގުމުގެ ޚަރަދުތަކަށްވެސް ލުއިކަން ލިބިގެންދާނެއެވެ. ސަރުކާރުގެ އަމާޒަކަށްވީ، ފުވައްމުލަކުގައި މިހާރު ހުރި އިންޖީނުގެއަކީ އާއްމު ރައްޔިތުން ދިރިއުޅޭ ސަރަހައްދުގައި ހުރި ތަކަށް ވެފައި، އެތަން ރައްޔިތުންނަށް ތަކުލީފު ނުއުފުލޭތަނަކަށް ބަދަލުކުރުން ކަމުގައެވެ.

ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި އައު އިންޖީނުގޭގެ ޚިދުމަށް އެސިޓީގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ފުވައްމުލަކު ސިޓީގެ މިހާރުގެ އިންޖީނުގޭގެ ޖުމްލަ ކެޕޭސިޓީއަކީ 5.4 މެގަވޮޓެވެ.

އައު އިންޖީނުގެ ޤާއިމުކުރަނީ 4 މެގަވޮޓްގެ 5 ޖަނަރޭޓަރުސެޓްގެ ޖާގަ ހިމެނޭގޮތަށް ޖުމްލަ 20 މެގަވޮޓްގެ ކެޕޭސިޓީ ޤާއިމުކުރެވޭގޮތަށެވެ. އެއާއެކު މި މަޝްރޫޢުގެ ދަށުން 8 ޓްރާންސްފޯމަރު ބެހެއްޓުމާއި، ޖުމްލަ 21 ކިލޯމީޓަރުގެ މީޑިއަމް ވޯލްޓޭޖުގެ ކޭބަލް އެޅުމާއި، އައު ފިއުލް ސްޓޯރޭޖް ޓޭންކުތައް ޤާއިމުކުރުމަށް ހަމަޖެހިފައިވެއެވެ.

މި މަޝްރޫޢުގެ މަސައްކަތްތައް ނިމޭއިރު ފުވައްމުލަކު ސިޓީއަށް ކުރިޔަށް އޮތް 30 ނުވަތަ 40 އަހަރަށް ދަތިނުވެ ބޭނުންވާ ވަރަށް ކަރަންޓުގެ ޚިދުމަތް ދިނުމުގެ ޤާބިލުކަން ހުންނާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު