Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރަށު ފަތުރުވެރިކަން ތަރައްގީކުރުން

ރަށު ފަތުރުވެރިކަން ތަރައްގީކުރުމަށް 4.7 މިލިއަން ރުފިޔާގެ މަޝްރޫއެއް!

ރާއްޖޭގެ ތާރީހާއި ސަގާފަތާއި އާދަކާދަ، ފަތުރުވެރިކަން އިޝްތިހާރުކޮށް ކުރިއެރުވުމުގެ މަސައްކަތްކުރެވިގެންދާނެ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 7 އެޕްރީލު 2021 | ބުދަ 12:00
ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް އަދި ޔޫއެންޑީޕީގެ ދާއިމީ ސަފީރު އަކިކޯ ފުޖީ

ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް އަދި ޔޫއެންޑީޕީގެ ދާއިމީ ސަފީރު އަކިކޯ ފުޖީ

ރަށު ފަތުރުވެރިކަން ތަރައްގީކުރުމަށް ދިވެހި ސަރުކާރާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާއި ދެމެދު 4.7 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އަންގާރަ ދުވަހު ފަތުރުވެރިކަމުގެ ވުޒާރާގައި ބޭއްވި ހާއްސަ ހަފްލާއެއްގައި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފަތުރުވެރިކަމާއި ބެހޭ ވަޒީރު، ޑރ. އަބްދުﷲ މައުސޫމެވެ. އަދި ޔޫއެންޑީޕީގެ ފަރާތުން ސޮއިކުރެއްވީ ޔޫއެންޑީޕީ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު އަކިކޯ ފުޖީ އެވެ.

ޔޫއެންޑީޕީ އާއި އެކު ސޮއިކުރެވިގެން މިދިޔަ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ތާރީހާއި ސަގާފަތާއި އާދަކާދަ، ފަތުރުވެރިކަން އިޝްތިހާރުކޮށް ކުރިއެރުވުމުގެ މަސައްކަތްކުރެވިގެންދާނެ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ބުނެއެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ރަށުފަތުރުވެރިކަން ތަރައްގީކުރުމަށް ފަތުރުވެރިކަމުގެ ސިނާއަތުގެ ހިއްސާދާރުން ތަމްރީންކުރެވިގެންދާނެ ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.

ފަތުރުވެރިކަމުގެ ވުޒާރާއިން އިތުރަށް ބުނީ، "ރީއިމޭޖިނިންގ ޓޫރިޒަމް" މަޝްރޫއުގެ ސަބަބުން ފަތުރުވެރިކަމުގެ ލާމަރުކަޒީ ނިޒާމެއް ގާއިމްވެގެންދާނެ ކަމަށާއި ސިނާއަތުގެ މަސައްކަތްތަކުގައި ރަށު ކައުންސިލްތަކުގެ ދައުރު އިތުރުވެގެންދާނެ ކަމަށެވެ. އަދި މިސިނާއަތުގައި ޒުވާނުންނާއި އަންހެނުންގެ ދައުރު އިތުރުކުރެވިގެންދާނެ ކަމަށް ފާހަގަކުރެއެވެ.

މި މަޝްރޫއުގެ ދަށުން ލ. އަތޮޅުގެ ރަށު ފަތުރުވެރިކަން ތަރައްގީކުރުމަށް ހާއްސަ ސަމާލުކަމެއް ދެވިގެންދާނެ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ފާހަގަކުރެއެވެ. އަދި ލ. އަތޮޅުގެ ރަށު ފަތުރުވެރިކަން ކުރުއެރުވުމަށް ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގެ ނަތީޖާއަށް ބަލައި ރާއްޖޭގެ އެހެން ހިސާބުތަކުގައި ރަށު ފަތުރުވެރިކަން ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް އޮތްތާގައި ކުރާނެ ކަމަށް ވަނީ ބުނެފައެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަތުރުވެރިކަމާއިބެހ ވަޒީރު، ޑރ. މައުސޫމް ވަނީ މިމަޝްރޫއުގެ ސަބަބުން ކައުންސިލްތަކަށް ލާމަރުކަޒުކޮށް ރަށުގެ ފަތުރުވެރިކަން ކުރިއެރުވުމުގައި ހަރާކާތްތެރިވެވޭނެކަން ފާހަގަކުރައްވައި މިމަޝްރޫއުގެ ސަބަބުން ރަށުގެ ބިން ބޭނުންކުރުމުގެ ޕްލޭން އެކުލަވާލާއިރު، ފަތުރުވެރިކަމަށް ބޭނުންކުރާނެ ބިން އެކަށައެޅިގެންދާނެ ކަމަށް ވިދާޅުވެފައެވެ.

މިއެއްބަސްވުމަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މުހިންމު މަޝްރޫއެއް ކުރިއަށްގެންދާނެ އެއްބަސްވުމެއްކަން ފާހަގަކުރައްވާ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔޫއެންޑީޕީގެ ދާއިމީ ސަފީރު، އަކިކޯ ވަނީ ރާއްޖެފަދަ ގައުމެއްގެ ފަތުރުވެރިކަން އިތުރަށް ތަރައްގީކުރުމަށް އައު ގޮތްތަށް ވިސްނަންޖެހޭ ކަމަށް ވިދާޅުވެފައެވެ. މިމަޝްރޫއަކީ ކާމިޔާބު މަޝްރޫއެއް ނުވަތަ މަޝްރޫއު އުންމީދުކުރިވަރަށް ކާމިޔާބު ނުވިނަމަވެސް، މަޝްރޫއުގެ ސަބަބުން ރާއްޖެއަށް ގިނަ ފިލާވަޅުތަކެއް ދަސްވެ، ގިނަ ތަޖުރިބާތަކެއް ލިބިގެންދާނެ ކަމަށް އަކިކޯ ވިދާޅުވިއެވެ. އަދި ސޮއިކުރެވިގެން މިދިޔަ އެއްބަސްވުން ދިވެހި ސަރުކާރުގެ ސްޓެޓެޖިކް އެކްޝަން ޕްލޭނުގައިވާ ކަންތައްތައް ހާސިލްކުރުމަށް އެހީތެރިވާނެ ކަމަށް އަކިކޯ ވަނީ ވިދާޅުވެފައެވެ.

"ރީއިމޭޖިނިންގ ޓޫރިޒަމް"ގެ ނަމުގައި ކުރިއަށް ގެންދާ މި މަޝްރޫއަކީ 18 މަސްދުވަހުގެ މަޝްރޫއެކެވެ. މި މަޝްރޫއަށް ފަންޑުކޮށްފައި ވަނީ ޔޫއެންޑީޕީގެ ރެޕިޑް ފައިނޭންސިން ފެސިލިޓީ މެދުވެރިކޮށެވެ. އަދި މިއީ ޔޫއެންޑީޕީ އިން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް އަށް ކޮވިޑްގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރުވުމަށް ފޯރުކޮށްދޭ އެހީތަކުގެ ތެރެއިން އެހީއެކެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017
ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
01 ފެބުރުއަރީ 2017

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017
އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު