Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލި މައްސަލަ

ޢަލީ ވަހީދު ދިރިއުޅުއްވާ ތަނެއް ހޯދައިގެން ކޯޓަށް ހާޒިރުކުރުމަކީ ކޯޓުން ކުރަންޖެހޭކަމެއް - ޕީޖީ

7 އެޕްރީލު 2021 | ބުދަ 07:38

ޕީޖީ އޮފީހުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަލީ ވަހީދު ދިރިއުޅުއްވާ ތަނެއް ހޯދުމަށް ވަނީ އެދިފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 7 އެޕްރީލު 2021 | ބުދަ 07:38
ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު

ޢަލީ ވަހީދު ދިރިއުޅޭތަނެއް ހޯދައިގެން ކޯޓަށް ހާޒިރުކުރުމަކީ ކޯޓުން ކުރަންޖެހޭކަމެއްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން މިހެން ބުނެފައި މިވަނީ، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދިރިއުޅުއްވާ ތަނެއް ހޯދުމަށް ދައުލަތަށް ދިން މުއްދަތުގައި އެކަން އެނގިފައިނުވާ ކަމަށް ހައި ކޯޓަށް އަންގައިފައިވަނިކޮށެވެ. ކޯޓުގެ އެންގުމާއި ގުޅޭގޮތުން ރާއްޖެ އެމްވީއާއި ވާހަކަދައްކަމުން ޕީޖީ އޮފީހުން ވަނީ އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލި މައްސަލަ ޕީޖީ އޮފީހުން، ހައި ކޯޓުގައި އިސްތިއުނާފުކުރުމުން، މިދިޔަ ހޯމަ ދުވަހު ބޭއްވި އިސްތިއުނާފު ޝަރީއަތުގައި އަލީ ވަހީދު ދިރިއުޅުއްވާ ތަނެއް ހޯދުމަށް ކޯޓުން އަންގާފައިކަމަށެވެ.

Advertisement - newsAdvertisement

މިގޮތައް އެންގުމުން ޕީޖީ އޮފީހުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަލީ ވަހީދު ދިރިއުޅުއްވާ ތަނެއް ހޯދުމަށް އެދިފައިވާކަމަށް ވިދާޅުވިއެވެ. ކޯޓުން އެޑްރެސް ހޯދުމަށް އޭޕްރީލް 6 ވަނަ ދުވަހުގެ މެންދުރު 02:00އާއި ހަމައަށް މުޙުލަތު ދީފައިވާއިރު، މި މުޙުލަތުގެ ތެރޭގައި ފުލުހުންނަށް އެޑްރެސް ހޯދިފައިނުވާއިރު، މިކަން ޕީޖީއިން ހައި ކޯޓަށް އަންގާފައިވާކަމަށް ވަނީ ބުނެފައެވެ. ޕީޖީއިން ވަނީ މިވަގުތު ވެސް ޢަލީ ވަހީދު ދިރިއުޅޭތަނެއް ހޯދުމުުގެ މަސައްކަތް ކުރަމުންދާކަމަށް ބުނެފައެވެ. އެހެންނަމަވެސް، ޕީޖީ އޮފީހުން ވަނީ ޖިނާޢީ މައްސަލަތަކުގައި ދަޢުވާ ލިބޭ މީހުން ކޯޓަށް ހާޒިރުކުރުމަކީ ކޯޓުން ކުރަންޖެހޭކަމެއްކަމަށާއި، މިކަން ޤާނޫނުގައި ވެސް ބަޔާންކޮށްފައިވާކަމަށް ބުނެފައެވެ.

ހޯމަ ދުވަހު ހައިކޯޓުގައި ކުރިއަށްގެންދިޔަ އަޑުއެހުމުގައި އަލީ ވަހީދު ބައިވެރިވެވަޑައިގެންފައި ނުވާއިރު، މައްސަލަ ކުރިއަށް ގެންދެވިދާނެތޯ ވަނީ މަޝްވަރާކޮށްފައެވެ. ދައުލަތުން ދޭ ޖަވާބަކަށް ބެލުމަށް ފަހު، އެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމާނެ ކަމަށް އެ ދުވަހުގެ ޝަރީއަތުގައި މައްސަލަ ބައްލަވާ ބެންޗުން ވިދާޅުވިއެވެ. ނަމަވެސް ދައުލަތުން އެދިފައިވަނީ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންދިއުމަށެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމަށް ނެރުނު އަމުރު ރަނގަޅުކަމަށް ހައިކޯޓުން ނިންމައިފިނަމަ، އޭނާގެ ޕާސްޕޯޓް ކެންސަލްކުރާނެ ކަމަށް ޕީޖީ އޮފީހުގެ އޮފިޝަލަކު ވަނީ "ރާއްޖެއެމްވީ" އަށް މައުލޫމާތުދީފައެވެ. އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައިވަނީ ޕާސްޕޯޓް ދޫކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރުމުގެ އެއް ދުވަސް ކުރިންނެވެ. އެގޮތުން ފެބްރުއަރީ މަހުގެ ނުވަވަނަ ދުވަހުގެ ރޭ 11:30 ހާއިރު އަލީ ވަހީދު ފުރާވަޑައިގެންނެވިއިރު، ފުރަތަމަ ވަޑައިގެންނެވީ ވެސް ތުރުކީގެ ވެރިރަށް އިސްތަންބޫލަށެވެ.

ޖިނާޢީ ބޮޑުކުށެއްގެ ދަޢުވާ އުފުލާފައިވާ މީހެއްނަމަ ނުވަތަ އެފަދަ ކުށެއްގެ ތަޙުޤީޤެއް ހިނގަމުންދާ މީހެއްނަމަ، އެމީހެއްގެ ޕާސްޕޯޓް ހިފަހައްޓާ ހާލަތުގައި ދަތުރުކުރުމުގެ ވަގުތީ ލިޔުމެއްގައި ނުވަތަ ބޭރަށް ދަތުރު ނުކުރެވޭނެ ގޮތަށް އުސޫލު ބަދަލުކުުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވެސް ވަނީ ހުށަހަޅާފައެވެ.

ކުރީގެ މިނިސްޓަރ އޮފް ޓުއަރިޒަމް އަލީ ވަހީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުނު ފުރުން މަނާކުރުމުގެ އަމުރު ބާތިލްކޮށްފައިވާ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖްލީހުގެ 4 މެންބަރުން ސޮއިކުރައްވައި ހުށަހަޅުއްވާފައިވާ މައްސަލަ ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓްގައި ބުނަނީ ޖިނާއީ ބޮޑު ކުށެއްގެ ދަޢުވާއެއް އުފުލިފައިވާ މީހެއްނަމަ ނުވަތަ އެފަދަ ކުށެއްގެ ތަޙުޤީޤު ހިނގަމުންދާ މީހެއްނަމަ އެމީހެއްގެ ޕާސްޕޯޓް ހިފަހައްޓާ ހާލަތުގައި ރާއްޖެއިން ބޭރަށް ފުރުމަށް ހުއްދަ ދޭންޖެހޭ ސަބަބުގެ އިތުރަށް މައްސަލައިގެ ބާވަތަށާއި އަދި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަމަށް އެންމެ ފުޅާމިނެއްގައި ރިޢާޔަތްކުރުމަށް ހުށަހަޅާކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

17 މެއި 2017

ރައީސް ޔާމީން ދަނީ ސިޔާސީ ހަރަކާތް ހިނގާނެގޮތް ދަސްކުރައްވަމުން: ޢަލީ ޒާހިރު

17 މެއި 2017
ރައީސް ޔާމީން ދަނީ ސިޔާސީ ހަރަކާތް ހިނގާނެގޮތް ދަސްކުރައްވަމުން: ޢަލީ ޒާހިރު
10 މެއި 2017

ފަސް ރުފިޔާގެ އާ ނޫޓުގައި ޢަލީ އަޝްފާގް ދަގަނޑޭ

10 މެއި 2017
ފަސް ރުފިޔާގެ އާ ނޫޓުގައި ޢަލީ އަޝްފާގް ދަގަނޑޭ
08 އެޕްރީލު 2017

މިނިވަން ކަމާއެކު ބަސް ނުބުނެވޭ ނަމަ އުމުރު ދުވަހު އަދަގޮނޑީގައި އޮންނަން ޖެހުމެކޭ ތަފާތެއް ނެތް: ޢަލީ ނިޒާރު

08 އެޕްރީލު 2017
މިނިވަން ކަމާއެކު ބަސް ނުބުނެވޭ ނަމަ އުމުރު ދުވަހު އަދަގޮނޑީގައި އޮންނަން ޖެހުމެކޭ ތަފާތެއް ނެތް: ޢަލީ ނިޒާރު
19 މާރިޗު 2017

ފެންނަމުން މިދަނީ ހުރިހާ ދިމާލަކުންވެސް ޑިފެންސަށް ކުޅެމުންދާ މަންޒަރު: ޢަލީ ޒާހިރު

19 މާރިޗު 2017
ފެންނަމުން މިދަނީ ހުރިހާ ދިމާލަކުންވެސް ޑިފެންސަށް ކުޅެމުންދާ މަންޒަރު: ޢަލީ ޒާހިރު
09 މާރިޗު 2017

އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި

09 މާރިޗު 2017
އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި
24 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

24 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް
22 ފެބުރުއަރީ 2017

"މަގުމަތިން ފެނިއްޖެއްޔާ ލޮލަށް ލޭއަރުވާލާނަން، ތަނެއް ފަޅާލައި، ދުއްވާލާނަން"

22 ފެބުރުއަރީ 2017
"މަގުމަތިން ފެނިއްޖެއްޔާ ލޮލަށް ލޭއަރުވާލާނަން، ތަނެއް ފަޅާލައި، ދުއްވާލާނަން"
20 ފެބުރުއަރީ 2017

ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ

20 ފެބުރުއަރީ 2017
 ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ
16 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!

16 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް