Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދުނިޔޭގެ ސިއްހަތު ދުވަސް

ގޮންޖެހުންތަކެއް ހުރިނަމަވެސް އަމާޒަކީ މާލެއަށް ބަރޯސާވުން ކުޑަކޮށް އަތޮޅުތެރޭގެ ސިއްހީ ނިޒާމް ވަރުގަދަ ކުރުން - މިނިސްޓަރ

އެމީހަކު ހުރި ކޮންމެ ތަނަކުން ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް ދިނުމަކީ މަގްސަދެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 7 އެޕްރީލު 2021 | ބުދަ 06:20
އަހްމަދު ނަސީމް، މިނިސްޓަރ އޮފް ހެލްތް

އަހްމަދު ނަސީމް، މިނިސްޓަރ އޮފް ހެލްތް

ޚަރަދުބޮޑުވެފައި އުނދަގޫ ކަމަކަށްވިޔަސް ސަރުކާރުގެ އަމާޒަކީ މާލެއާ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބެންހުރި ސިއްހީ ޚިދުމަތްތަކުގެ ތަފާތު ކުޑަކޮށް ސިއްހީ ފަރުވާއަށް މާލެއަށް ބަރޯސާވާންޖެހޭ މިންވަރު ދައްކުރުން ކަމަށް ހެލްތް މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައި ހެލްތް މިނިސްޓަރ ނަސީމް ވިދާޅުވީ ހަމަހަމަ ކަމާއި އިންސާފު ގާއިމު ކުރުމުގެ ފަލްސަފާއަކީ އަދުގެ ސަރުކާރުގެ ސިޔާސަތުތަކާއި ތަރައްގީގެ އެންމެހާ މަސައްކަތްތައް ވުޖޫދުވެ ބައްޓަން ކުރުމަށް އެންމެބޮޑަށް ބަރޯސާވާ މަސްދަރު ކަމަށެވެ. އަދި ތަރައްގީގެ އެންމެހާ މަޝްރޫއުތައް އަދި ވަކިން ޚާއްސަކޮށް ސިއްހީ ފަރުވާގެ ނިޒާމާއި ސިއްހީ ޚިދުމަތްތައް، ޖަޒީރާވަންތަ މިގައުމަށް އެންމެ އެކަށީގެންވާ ގޮތަށް ލާމަރުކަޒު ކުރެވިގެން ރޭވިފައި މިވަނީ، އެމީހަކު ހުރި ކޮންމެ ތަނަކުން ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް ހަމަހަމަ ކަމާއިއެކު ދިނުމުގެ މުހިއްމު މަގުސަދުގައި ސިއްހީ ފަރުވާގެ އަސާސީ ހައްގު ކަށަވަރުކުރުމަށް ކަމަށެވެ.

ސަރުކާރުން މިހާތަނަށް މި ވިސްނުމުގައި ސިއްހީ ޚިދުމަތުގެ ނިޒާމުތަކަށް ގެނެސްފައިވާ ބަދަލުތަކަށް އަދި ވަކިން ޚާއްސަކޮށް އަތޮޅުތެރެއަށް އަމާޒުކުރެވިގެން ރޭވިފައިވާ ސިއްހީ ފަރުވާގެ ބޮޑެތި މަޝްރޫއުތަކަކީ، މިހާތަނަށް ރާއްޖެ މިދާއިރާގައި ދެކެފައިނުވާފަދަ އިންގިލާބީ ކުރިއެރުންތައް ގެނުވައިދޭނޭ ކަންކަން ކަމަށެވެ. ގުދުރަތީ ގޮތުން ދިވެހިރާއްޖެ އުފެދިފައިވާ ގޮތަށް ބަލާއިރު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެންވަރު ރަނގަޅު ޚިދުމަތް ދިނުމަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރައްޔިތުންނާއި ގާތުން ސިއްހީ ޚިދުމަތްދީ ސިއްހީ ރައްކާތެރިކަން ދުރާލާ ކަށަވަރު ކުރުމުގެ ތެރެއިން މިހާރާއި ކުރިމަގުގެ ޖީލުތަކުގެ ސިއްހީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް، ސިއްހީ އިބްތިދާއީ ޚިދުމަތް (ޕްރައިމަރީ ހެލްތުކެއަރ) ގެ އައު މަޝްރޫއެއް މުޅި ގައުމުގައި ފެށިގެންދާނެ ކަމަށެވެ. ޕްރައިމަރީ ހެލްތު ކެއަރގެ ވިސްނުމަކީ، ހެލްތު ކެއަރ ވޯރކަރުން ކުރީ ސަފުގައި ތިބެގެން އަދި އެހެނިހެން ހެލްތު ޕްރޮފެޝަނަލުންގެވެސް ދައުރު ފުޅާކޮށް ޓީމެއްގެ ގޮތުގައި، ރަށު ފެންވަރުގައި، ރައްޔިތުންނާއި ގާތުން ޚިދުމަތްތައް ފޯރުކޮށްދީ، ބަލިވުމުން ސިއްހީ މަރުކަޒަށް އައުމުން ފަރުވާ ދިނުމަށްވުރެ، ބަލިތަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތް ކޮށް، ރައްޔިތުންގެ ޖިސްމާނީ، ނަފުސާނީ އަދި އިޖްތިމާއީ ދުޅަހެޔޮކަން ކަށަވަރުކުރުން ކަމަށެވެ.

ވެކްސިން ޕްރޮގްރާމް އިތުރަށް ހަރުދަނާކޮށް ކޮރޯނާ ވައިރަސް އާއި އަދި މިނޫންވެސް ޤައުމީ ވެކްސިން ޕަރޮގްރާމްގެ ތެރެއިން ދެވޭ ވެކްސިންތައް ކަށަވަރުކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސިއްހީ ކުއްލި ނުރައްކަލެއް އަދި މިފަދަ އެހެން ކާރިސާއަކަށް ތައްޔާރުވުމުގެ ގޮތުން، ދާއިމީ ކަރަންޓީނު ފެސިލިޓީތައް ގާއިމު ކުރުމާއި، މިހާރު ރާއްޖޭގެ އެކި ހިސާބުގައި ގާއިމު ކުރެވިފައިވާ ކޮވިޑް ފެސިލިޓީތައް ކުރިމަގުގައި ވެސް ބޭނުންކުރެވޭނެހެން ބައްޓަންކޮށް ދެމެހެއްޓޭނެ ކަމަށެވެ.

މި މުނާސަބު ދުވަހުގައި އެންމެ ޚާއްސަ ގޮތެއްގައި، އަދި ފަޚުރުވެރިކަމާއިއެކު ފާހަގަކޮށް އެފަރާތްތަކަށް ހިތުގެ ފުންމިނުން، ކޮވިޑްގެ މަސައްކަތުގައި ޙަރަކާތްތެރިވެފައިވާ އަދި މިހާރުވެސް ހަރަކާތްތެރިވަމުންދާ ސިއްހީ ޚިދުމަތްތެރިންނާ، ވޮލަންޓިއަރުންނާ އަދި ޖުމްލަގޮތެއްގައި ފްރޮންޓްލައިންގައި މަސައްކަތް ކުރާ އެންމެހާ ފަރާތްތަކަށް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ސަލާމަތީ ބާރުތަކާއި، އެއަރޕޯޓްތަކާ ބޯޑަރ ކޮންޓްރޯލް މަސައްކަތާއި ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ދާއިރާގައި ޚިދުމަތްދެއްވާ މުއައްސަސާތަކާއި ކުންފުނިތަކާއި އެންމެހާ މުވައްޒަފުންނަށް ވެސް ޝުކުރު އަދާކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ އެއީ ކޮވިޑްގެ ބަތަލުންނާއި ބަތަލާއިން ކަމަށާއި، ޤައުމީ ރޫޙުގައި އެފަރާތްތަކުން އެކުރައްވަނީ އަގުހުރި ޚިދުމަތެއް ކަމަށެވެ.

މިނިސްޓަރުގެ ޚިތާބު ނިންމަވާލައްވަމުން ވިދާޅުވީ ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ހަމަހަމަކަމާއިއެކު ގާތުން ފޯރުވައިދީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރާ އުއްމީދީ މަސައްކަތްތަކުގެ މަންފާ ރައްޔިތުންނަށް ލިބެމުން ދާނެކަމަށެވެ. އަދި އިލްތިމާސަކީ ސިއްހީ ދުޅަހެޔޮކަމާމެދު އަބަދުވެސް ފަރުވާތެރިވެ ކޮރޯނާ ވައިރަސްގެ މިހާލަތުން އިބްރަތް ލިބިގަނެ، ސިއްހަތަކީ ހާސް ނިޢުމަތެއް ކަމަށް ދެކި އެ ނިޢުމަތަށް ޝުކުރުވެރިވެ ދުޅަހެޔޮ ދިރިއުޅުމަކަށް އަހުލުވެރިވުން ކަމަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ނިސްބަތުން ރަށްރަށުގައި ޖީއެސްޓީ ބޮޑުކޮށް ނަގާއިރު އަސާސީ ޚިދުމަތްތަކުގެ އަގު މާލެއަށް ވުރެ ބޮޑުވެގެން ނުވާނެ: ރޮޒައިނާ

ނިސްބަތުން ރަށްރަށުގައި ޖީއެސްޓީ ބޮޑުކޮށް ނަގާއިރު އަސާސީ ޚިދުމަތްތަކުގެ އަގު މާލެއަށް ވުރެ ބޮޑުވެގެން ނުވާނެ: ރޮޒައިނާ

25 ސެޕްޓެމްބަރު 2017
ރާއްޖޭގެ ތިން ބާރު ކޮންޓްރޯލް ކުރަނީ ސަރުކާރުން،އިންސާނީ ހައްގުތައް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި : ޝަހިންދާ

ރާއްޖޭގެ ތިން ބާރު ކޮންޓްރޯލް ކުރަނީ ސަރުކާރުން،އިންސާނީ ހައްގުތައް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި : ޝަހިންދާ

06 ސެޕްޓެމްބަރު 2017
ކުރިއަށް އޮތް ދެ ދުވަހުވެސް މެދުރާއްޖެތެރެއާއި މާލެއަށް އުދައަރާނެ!

ކުރިއަށް އޮތް ދެ ދުވަހުވެސް މެދުރާއްޖެތެރެއާއި މާލެއަށް އުދައަރާނެ!

23 އޯގަސްޓު 2017
މާލެއަށް ވަރަށް ބޮޑަށް އުދައަރަން ފަށައިފި

މާލެއަށް ވަރަށް ބޮޑަށް އުދައަރަން ފަށައިފި

28 ޖޫން 2017
ވިއްސާރައިގައި މާލެއަށް ބައެއް ގެއްލުންތައް ވެއްޖެ

ވިއްސާރައިގައި މާލެއަށް ބައެއް ގެއްލުންތައް ވެއްޖެ

01 ޖޫން 2017

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު