Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެކްސިންގެ ދެވަނަ ޑޯޒް ޖެހޭނެ ގޮތް ހެދުން

ރާއްޖެއިން ބޭރުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށް ދެވަނަ ޑޯޒް ރާއްޖޭގައި ޖެހޭނެ އިންތިޒާމު ހަމަޖައްސައިފި

މިފަރާތްތަކުން ވެކްސިން ޖެހިކަމުގެ ލިޔުން އަދި އައި.ޑީ ކާޑު ނުވަތަ ޕާސްޕޯޓު ކޮޕީއެއް އީމެއިލްކުރުމުން އެއިންތިޒާމު ހަމަޖެހޭނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 6 އެޕްރީލު 2021 | އަންގާރަ 16:25
ރާއްޖޭގައި ކުރިޔަށްދާ ކޮވިޑް-19 ވެކްސިންޖެހުމުގެ ޕްރޮގްރާމްގެ ތެރެއިން

ރާއްޖޭގައި ކުރިޔަށްދާ ކޮވިޑް-19 ވެކްސިންޖެހުމުގެ ޕްރޮގްރާމްގެ ތެރެއިން

ދިވެހިރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ރާއްޖެއިން ބޭރުން ކޮވިޝީލްޑް، ސިނޮފާރމް އަދި ފައިޒަރ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ، ފަރާތްތަކަށް ދެވަނަ ޑޯޒް ރާއްޖޭގައި ޖެހުމުގެ އިންތިޒާމު ހަމަޖައްސައިދެވޭނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މިފަރާތްތަކުން ވެކްސިން ޖެހިކަމުގެ ލިޔުން އަދި އައި.ޑީ ކާޑު ނުވަތަ ޕާސްޕޯޓު ކޮޕީ އެއް vaccine@health.gov.mv އީމެއިލްއަށް ފޮނުވުމަށް އެދޭކަމަށެވެ. އީމެއިލްގައި ނަން، އައި.ޑީ ކާޑު ނުވަތަ ޕާސްޕޯޓު ނަންބަރު، ގުޅޭނެ ނަންބަރު، ވެކްސިންގެ ބާވަތް އަދި ވެކްސިން ޖެހި ތާރިޚު ހިމަނަންވާނެކަމަށް އެޗްޕީއޭއިން ބުނެއެވެ.

Advertisement - newsAdvertisement

ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ކޮވިޑް-19ން ދިފާއުވުމަށް ވެކްސިން ޖަހަމުން އަންނައިރު 251،139 މީހަކު ފުރަތަމަ ޑޯޒް އަދި 5،753 މީހަކު ދެވަނަ ޑޯޒް ޖަހާފައިވާކަމަށް އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެޗްޕީއޭއިން ބުނެފައިވަނީ ރާއްޖޭގެ އާބާދީގެ 57 އިންސައްތަ މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިކަމަށެވެ.

ރާއްޖޭގައި ޖަހަމުން އަންނަނީ ކޮވިޝީލްޑް ވެކްސިނާއި ސިނޮފަރމް އަދި ފައިޒަރ ވެކްސިނެވެ. މީގެތެރެއިން ފައިޒަރ ވެކްސިން ޖަހަމުން އަންނަނީ ކަނޑައަޅާފައިވާ ވަކިފަރާތްތަކަކަށް މާލޭގައި އެކަންޏެވެ.

އިތުރަށް ކިޔާލަން

03 މާރިޗު 2017

ވަލު ޖަނަވާރާއި ގަސްގަހާގެހި ހިމާޔަތް ކުރުމުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: އެންވަޔަރަމަންޓް މިނިސްޓްރީ

03 މާރިޗު 2017
ވަލު ޖަނަވާރާއި ގަސްގަހާގެހި ހިމާޔަތް ކުރުމުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: އެންވަޔަރަމަންޓް މިނިސްޓްރީ
02 މާރިޗު 2017

ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!

02 މާރިޗު 2017
ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!
28 ފެބުރުއަރީ 2017

އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި

28 ފެބުރުއަރީ 2017
އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި
26 ފެބުރުއަރީ 2017

ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި

26 ފެބުރުއަރީ 2017
ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި
26 ފެބުރުއަރީ 2017

އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

26 ފެބުރުއަރީ 2017
އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު