Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔޫއެންއެޗްއާރްސީ

އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި

ފަލަސްޠީނުގެ ބިންތައް މިނިވަންކުރަންޖެހޭ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 28 ފެބުރުއަރީ 2017 | އަންގާރަ 07:57
ފޮރިން މިނިސްޓަރ ޑރ. އާސިމް އދ. ގެ މަޖިލީހުގައި ވާހަކަ ދައްކަވަނީ

ފޮރިން މިނިސްޓަރ ޑރ. އާސިމް އދ. ގެ މަޖިލީހުގައި ވާހަކަ ދައްކަވަނީ

ނުޙައްޤުން ފަލަސްޠީނުގެ ބިންތަކަށް ވެރިވެގެންފައިވާ އިސްރާއީލް ކުށްވެރިކޮށް، ފަލަސްޠީނުގެ ބިމުން ފޭބުމަށް ރާއްޖެއިން އިސްރާއީލަށް ގޮވާލައިފިއެވެ.

މިހާރު ކުރިއަށްދާ އދ ގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލްގެ 34 ވަނަ ބައްދަލުވުމުގެ ހައި ލެވެލް ސެގްމަންޓުގައި ތަޤުރީރު ކުރައްވަމުން، ހޯމަ ދުވަހު ރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ. އާސިމް ވިދާޅުވީ، އިޚުތިރާމާއި، ގުޅިގެން އުޅުން އިސްކުރަން ޖެހޭ ކަމަށާ، އެ ނޫން ގޮތަކަށް ފަލަސްޠީނު-އިސްރާއީލު މައްސަލައަށް ހައްލެއް ނުހޯދޭނެ ކަމަށެވެ.

އިސްރާއީލުން ފަލަސްޠީނުގެ ބިންތަކަށް ވެރިވެގެންފައިވަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ޚިލާފަށް ކަން ފާހަގަކޮށް، ރާއްޖެއިން ވަނީ، 1967 ވަނަ އަހަރުން ފެށިގެން އިސްރައީލުން ނުޙައްޤުން ވެރިވެގެންފައިވާ ފަލަސްޠީނާއި އަރަބި ބިންތަކުން ފޭބުމަށް ވެސް އިސްރާއީލަށް ގޮވާލާފައެވެ.

އަދި އދ ގެ ސަލާމަތީ މަޖިލީހުގެ ނިންމުންތަކާއި ޤަރާރުތަކަށް ބޯލެނބުމަށާއި، ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ ތަރަހައިގެ ތެރެއަށް ވަނުމަށް ވެސް ރާއްޖެއިން ވަނީ އިސްރާއީލަށް ގޮވާލާފައެވެ.

ސީރިއާގެ މައްސަލައަށް އަލިއަޅުއްވާލައްވައި މިނިސްޓަރ އާސިމް ވަނީ، ސީރިއާގައި ހިނގަމުންދާ ހަނގުރާމަ އާއި ހަމަނުޖެހުން ހުއްޓާލައި، ހަނގުރާމައިގެ އަސަރު އެކި ގޮތްގޮތުން ކޮށްފައިވާ ފަރާތްތަކުގެ އަސާސީ އިންސާނީ ޙައްޤުތަކަށް އިޚުތިރާމް ކުރުމަށް ހަނގުރާމައިގައި ބައިވެރިވާ އިދިކޮޅު ފަރާތްތަކަށާއި، ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރަށް ވެސް ގޮވާލައްވާފައެވެ.

އަދި ހަނގުރާމައިގެ ރެފިއުޖީން ބަލައިގަންނަ ޤައުމުތަކުން އެފަރާތްތަކަށް ލޯތްބާއި އެކު އަޅާލުމާއި، އެފަރާތްތަކަށް އެހީވުމުގައި ފަސް ނުޖެހުމަށް ވެސް ރާއްޖެއިން ވަނީ ގޮވާލާފައެވެ.

މުސްލިމުންނާ މެދު ބިރުވެރިކަން އުފައްދާ އިސްލާމޮފޯބިއާ އާއި އެފަދަ އެހެންވެސް ތަފާތުކުރުންތައް ގިނަވެފައި، އާލާވަމުންދާ ހިސާބުތަކުގައި އެކަން ހުއްޓައި އިޚުތިރާމާއި، ހުރިހާ ޚިޔާލެއް ބަލައިގަތުމުގެ ރީތީ އަށަގެންނެވުމަށް ވެސް ރާއްޖެއިން ވަނީ ޔޫއެންއެޗްއާރްސީގައި ބާރުއަޅާފައެވެ.

އދ ގެ މެންބަރު ޤައުމުތަކުގެ ތެރެއިން އާންމު ޖަލްސައިން އިންތިޚާބުކުރާ 47 ޤައުމު ހިމެނޭ ޔޫއެންއެޗްއާރްސީ ގައި ރާއްޖެއިން މީގެ ކުރިން 2 ދައުރު އަދާކޮށްފައިވާއިރު، ކުރިޔަށް އޮތް ދައުރުގައި އެ ކައުންސިލްގެ މެންބަރު ޤައުމަކަށް ވުމަށް ރާއްޖެއިން ދަނީ ކެމްޕެއިން ކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނައީމާއްތައާ މެދު ފުލުހުން އަމަލުކޮށްފައިވާ ގޮތް އެމްޑީޕީން ކުށްވެރިކޮށްފި

ނައީމާއްތައާ މެދު ފުލުހުން އަމަލުކޮށްފައިވާ ގޮތް އެމްޑީޕީން ކުށްވެރިކޮށްފި

13 އޯގަސްޓު 2017
ފާރިސް ހައްޔަރުކުރުން ޕާޓީތަކުން ކުށްވެރިކޮށްފި

ފާރިސް ހައްޔަރުކުރުން ޕާޓީތަކުން ކުށްވެރިކޮށްފި

18 ޖުލައި 2017
ލަންޑަންގައި ދިން ޓެރެރިސްޓް ހަމަލާގައި ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ލަންޑަންގައި ދިން ޓެރެރިސްޓް ހަމަލާގައި ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

04 ޖޫން 2017
ފާރިސްއަށް ބޮޑުދައިތާފުޅާ ބައްދަލު ކުރިޔަ ނުދިނުން އެމްޑީޕީން ކުށްވެރިކޮށްފި

ފާރިސްއަށް ބޮޑުދައިތާފުޅާ ބައްދަލު ކުރިޔަ ނުދިނުން އެމްޑީޕީން ކުށްވެރިކޮށްފި

01 ޖޫން 2017
ފާރިޝްގެ ޕާސްޕޯޓް ހިފެހެއްޓުން އެމްޑީޕީން ކުށްވެރިކޮށްފި

ފާރިޝްގެ ޕާސްޕޯޓް ހިފެހެއްޓުން އެމްޑީޕީން ކުށްވެރިކޮށްފި

15 މެއި 2017

އަހަރުތަކުން މިއަދު

11 އެޕްރީލު
ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!

އަނެކާއަށް ދުޢާކޮށްދޭށެވެ.
20233 އަހަރު ކުރިން
އިސްލާމް

އަނެކާއަށް ދުޢާކޮށްދޭށެވެ.

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟
20224 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު