Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިދިކޮޅު ލީޑަރުން ޖަލްސާތަކުގައި ބައިވެރިވެވަޑައިނ

ޖޭޕީ، ޕީޕީއެމް އަދި އެމްޑީއޭގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރުން ޖަލްސާތަކުން ނުފެންނާތީ ރައީސް ނަޝީދުގެ ކަންބޮޑުވުން

ޖަލްސާތަކަށް މެމްބަރުން ވަޑައިނުގަންނަވާތީ އެކަމުގެ ކަންބޮޑުވުން ރައީސް ނަޝީދު ވަނީ މީގެކުރިންވެސް ފާޅުކުރައްވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 6 އެޕްރީލު 2021 | އަންގާރަ 15:12
އެމްޑީއޭގެ ޕީޖީ ލީޑަރ އަހުމަދު ސިޔާމް، ޖޭޕީގެ ޕީޖީ ލީޑަރ ގާސިމް އިބްރާހީމް އަދި ޕީޕީއެމްގެ ޕީޖީ ލީޑަރ އަހުމަދު ސަލީމް

އެމްޑީއޭގެ ޕީޖީ ލީޑަރ އަހުމަދު ސިޔާމް، ޖޭޕީގެ ޕީޖީ ލީޑަރ ގާސިމް އިބްރާހީމް އަދި ޕީޕީއެމްގެ ޕީޖީ ލީޑަރ އަހުމަދު ސަލީމް

ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ހިމެނޭ ޕާޓީތަކުގެ ތެރެއިން ޖުމްހޫރީޕާޓީއާއި ޕީޕީއެމް އަދި އެމްޑީއޭގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރުން ޖަލްސާތަކަށް ވަޑައިނުގަންނަވާތީ އެކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފާޅުކުރައްވައިފިއެވެ.

މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ އަންގާރަ ދުވަހުގެ ޖަލްސާގައި ކުރިޔަށްދިޔަ ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލުމުގެ ބިލްގެ ބަހުސްގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ޕާޓީތަކަށް އޮތް ނަމަވެސް ބަހުސްގައި ބައިވެރިވެވަޑައިނުގަންނަވާތީ އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ. ރައީސް ނަޝީދު ވަނީ ޕީޕީއެމްގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރާއި ޖޭޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރ އަދި އެމްޑީއޭގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރ ޖަލްސާތަކުން ނުފެންނަތާ ވަރަށް ގިނަ ދުވަސް ވެފައިވާކަމަށް ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ޕީޕީއެމް ޕާލަމަންޓްރީ ގްރޫޕް އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ އޭދަފުށި ދާއިރާގެ މެމްބަރ އަހުމަދު ސަލީމެވެ. ޖޭޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރަކީ މާމިނގިލި ދާއިރާގެ މެމްބަރ ގާސިމް އިބްރާހީމެވެ. އެމްޑީއޭގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރަކީ މީދޫ ދާއިރާގެ މެމްބަރ އަހުމަދު ސިޔާމް މުހައްމަދެވެ.

މިތަނުން ޖޭޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރ ގާސިމް އިބްރާހީމް ޖަލްސާތަކަށް ވަޑައިނުގަންނަވާތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާކަން މީގެ ކުރިންވެސް މަޖިލީހުގެ ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި ބައެއް މެމްބަރުން ޖަލްސާތަކަށް ހާޒިރުވެ ވަޑައިނުގަންނަވާތީ އެކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދިޔަ އަހަރުގެ ޖަލްސާތަކަށް ބަލާލާއިރު މިދިޔަ އަހަރު ބޭއްވި 104 ޖަލްސާގެ ތެރެއިން މީދޫ ދާއިރާގެ މެމްބަރ އަދި އެމްޑީއޭގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު ވަޑައިގަންނަވާފައިވަނީ އެންމެ 7 ޖަލްސާއަށެވެ. 79 ޖަލްސާގައި ސިޔާމް ހުންނެވީ ސަލާމުގައެވެ. 18 ޖަލްސާއަށް ވަޑައިނުގަންނަވާއިރު އެއްވެސް އެއްޗެއް މަޖިލީހުގެ އިދާރާއަށް އަންގަވާފައެއްނުވެއެވެ. 97 ޖަލްސާއަށް ސިޔާމް ވަޑައެއްނުގަންނަވައެވެ. ސިޔާމަކީ 17 ވަނަ ރައްޔިތުންގެ މަޖިލީހުން ފެށިގެންވެސް މަޖިލީހުގައި އިންނަވާ މެމްބަރަކަށްވާއިރު ކޮންމެ ދައުރެއް ނިންމުމަށްފަހު ހާމަކުރާ މެމްބަރުންގެ ހާޒިރީގައި އަބަދުވެސް ސިޔާމް ހުންނަވަނީ އެންމެ މަދުން ޖަލްސާތަކަށް ވަޑައިގެންނެވި މެމްބަރުގެ ގޮތުގައެވެ.

މިދިޔަ އަހަރު ބޭއްވި 104 ޖަލްސާގެ ތެރެއިން 91 ޖަލްސާގައި ގާސިމްވަނީ ސަލާމުގައި ހުންނަވާފައެވެ. އެހެންކަމުން ގާސިމް މިދިޔަ އަހަރު ހާޒިރުވެ ވަޑައިގަންނަވާފައިވަނީ 13 ޖަލްސާއަށެވެ. ޕީޕީއެމްގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރ އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރ އޭދަފުށި ދާއިރާގެ މެމްބަރ އަހުމަދު ސަލީމު 25 ޖަލްސާގައި ސަލާމުގައި ހުންނެވިއިރު 13 ޖަލްސާއަށް ވަޑައިނުގަންނަވާ އެއްވެސް އެއްޗެއް މަޖިލީހުގެ އިދާރާއަށް އަންގާފައެއްނުވެއެވެ. އެހެންކަމުން 104 ޖަލްސާގެ ތެރެއިން 38 ޖަލްސާއަށް ސަލީމު ހާޒިރުވެ ވަޑައިގެންފައެއްނުވެއެވެ.

އަނެއްކޮޅުން މިދުވަސްވަރަކީ ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕެއިން ކުރެއްވުމަށް ގިނަ މެމްބަރުންތަކެއް އެމެމްބަރުންގެ ދާއިރާއަށް ވަޑައިގެންނަވައިގެން އުޅުއްވާ ދުވަސްވަރަކަށްވުމުން މަޖިލީހުގެ ޖަލްސާތަކުގެ ހާޒިރީ ފެންނަނީ އާންމުކޮށް ފެންނަވަރަށްވުރެ މަދުންނެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން

25 ޖެނުއަރީ 2017
ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން
25 ޖެނުއަރީ 2017

ޕީޕީއެމް ޔާމީން ފެކްޝަނުގެ ކައުންސިލް ކެމްޕެއިން މެނޭޖަރަކަށް ނިމާލް ހަމަޖައްސައިފި

25 ޖެނުއަރީ 2017
ޕީޕީއެމް ޔާމީން ފެކްޝަނުގެ ކައުންސިލް ކެމްޕެއިން މެނޭޖަރަކަށް ނިމާލް ހަމަޖައްސައިފި
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު