Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އީގަލްސް އާއި ތިމްޕޫގެ މެޗު

އީގަލްސް އޮތީ ފުރިހަމައަށް ތައްޔާރުވެފައި: ޝާޒްލީ

އީގަލްސް އާއި ތިމްޕޫ ބައްދަލުކުރާ މެޗު ފަށާނީ ބުދަ ދުވަހުގެ ހަވީރު 16:00 ގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 6 އެޕްރީލު 2021 | އަންގާރަ 10:21
ކުލަބު އީގަލްސްގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް) އާއި ކެޕްޓަން ހުސެއިން ޝިފާއު ޔޫސުފް (ކުރޯ)

ކުލަބު އީގަލްސްގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް) އާއި ކެޕްޓަން ހުސެއިން ޝިފާއު ޔޫސުފް (ކުރޯ)

ކުރިއަށް އޮތް އޭއެފްސީ ކަޕުގެ ކޮލިފައިންގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި ބޫޓާނުގެ ޗެމްޕިއަން ތިމްޕޫ ސިޓީ އެފްސީއާ ދެކޮޅަށް ނުކުންނަން ކުލަބު އީގަލްސް އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށް އެ ޓީމުގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް) ބުނެފިއެވެ.

މި ފަހަރުގެ ކޮލިފައިންގެ ޖާގައެއް އީގަލްސްއަށް ލިބުނީ މިދިޔަ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ހޯދައިގެންނެވެ. މީގެ ކުރިން އީގަލްސްގެ ތައްޔާރީތަކަށް ހުރަސްއެޅުނީ މިދިޔަ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހު ދިރާގު ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލުމުންނެވެ. އެކަމަކު ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ކުލަބުތަކަށް ފަރިތަކުރުންތައް ފެށުމުގެ ހުއްދަދިންއިރު، ލީގު އަލުން ފަށާފައިވަނީ މާޗު މަހުގެ 26 ވަނަ ދުވަހުއެވެ. އެހެންކަމުން ކޮލިފައިން މެޗުގެ ކުރިން އީގަލްސްއަށް ލީގުގައި ކުޅެން ލިބިފައިވަނީ އެންމެ ދެ މެޗެވެ.

ކޮލިފައިންގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި ބުދަ ދުވަހުގެ ހަވީރު ތިމްޕޫ ސިޓީއާ ދެކޮޅަށް ނުކުތުމުގެ ކުރިން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޝާޒްލީ ބުނީ މީގެ ކުރިން ލީގު މެދުކަނޑާލަން ޖެހި، ކުލަބުތަކަށް ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް، މިހާރު އެކަމާ ނުވިސްނާ ކަމަށެވެ. އެހެންކަމުން ލީގުގައި އީގަލްސްއަށް ދެ މެޗެއް ލިބުނު ކަމަށާއި، އެ ދެ މެޗާއެކު އޭއެފްސީ ކަޕުގެ ކޮލިފައިންނަށް އީގަލްސް އޮތީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ.

އޭއެފްސީ ކަޕުގެ ކޮލިފައިންނާ ކުރިމަތިލާއިރު، އީގަލްސްއިން ވަނީ ޓީމު ވަރުގަދަކުރުމުގެ ގޮތުން މިދިޔަ ޓްރާންސްފާގައި ބައެއް ކުޅުންތެރިން ގެނެސްފައެވެ. އެގޮތުން ލުބުނާނުގެ ޒުވާން ޤައުމީ ޓީމަށް ކުޅެފައިވާ ގޯލްކީޕަރު މުޙައްމަދު ތޯހާ އާއި، ރަޝިއާގެ ފޯވާޑް ވްލަޑިސްލާވް ކޮރްމިޝިނާއި، ކުލަބު ގްރީން ސްޓްރީޓްސްއަށް ކުޅެމުން އައި މިސްރުގެ ޑިފެންޑަރު އެލްސައީދު މަހުމޫދުގެ އިތުރުން ތަޖުރިބާކާރު މިޑްފީލްޑަރު އަދި ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ވެސް ވަނީ އީގަލްސްއާ ގުޅިފައެވެ.

ޝާޒްލީ ބުނީ މި ކަހަލަ މެޗަކަށް ނުކުންނައިރު، ރަނގަޅު ބިދޭސީ ކުޅުންތެރިން ތިބުމަކީ އީގަލްސްއަށް ލިބޭނެ ފައިދާއެއް ކަމަށެވެ. އަދި އެ ޓީމުގައި މި ވަގުތު ތިބި ބިދޭސީ ކުޅުންތެރިންނާ މެދު ހިތްހަމަޖެހޭ ކަމަށާއި، އީގަލްސްގެ ސްކޮޑަށް ބަލާއިރު އީގަލްސްގައި ރަނގަޅު ޓީމެއް އެބައޮތް ކަމަށްވެސް ޝާޒްލީ ވަނީ ބުނެފައެވެ.

އޭއެފްސީ ކަޕުގެ ކޮލިފައިންގައި އީގަލްސް މުޅިން އަލަށް ވާދަކުރާއިރު، އެ ޓީމުގެ ކެޕްޓަން ހުސެއިން ޝިފާއު ޔޫސުފް (ކުރޯ) ބުނީ މިއީ އީގަލްސްގެ ތާރީޚުގައި އެންމެ ޚާއްޞަ އެއް ދުވަހަށް ވެގެންދާނެ ކަމަށެވެ. އަދި މެޗާ ކުރިމަތިލާއިރު، ހުރިހާ ކުޅުންތެރިންގެ ފޯކަސްވެސް ހުރީ މެޗުން މޮޅުވުމަށް ކަމަށާއި، މި މެޗަށް ޓީމު ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

މި ފަހަރުގެ ކޮލިފައިންގައި ތިމްޕޫއާ ދެކޮޅަށް އީގަލްސް ނުކުންނައިރު، އެ މެޗުން އީގަލްސް މޮޅުވެއްޖެނަމަ ޕްރިލިމިނަރީ ދެވަނަ ބުރުގައި އީގަލްސް ނުކުންނަން ޖެހޭނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށެވެ. އަދި އެ މެޗުން މޮޅުވެއްޖެނަމަ، ޕްލޭއޮފް ބުރުގައި އީގަލްސް ކުޅެން ޖެހުމުގެ އެންމެ ފުރުޞަތު ބޮޑީ އިންޑިއާގެ ބެންގަލޫރާއެވެ.

ކޮލިފައިން ކާމިޔާބުކުރާ ޓީމަކަށް ގްރޫޕް ސްޓޭޖުގެ ފަހު ޖާގަ ލިބޭއިރު، ރާއްޖެއިން ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް ލިބިފައިވަނީ މިދިޔަ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށެވެ. މާޒިޔާގެ އިތުރުން ދެން ގްރޫޕް ސްޓޭޖުގައި ހިމެނެނީ އިންޑިއާގެ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްއެވެ.

އޭއެފްސީ ކަޕުގެ ކޮލިފައިންގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި އީގަލްސް އާއި ތިމްޕޫ ސިޓީ ބައްދަލުކުރާ މެޗު ޤައުމީ ފުޓްބޯޅަ ދަނޑުގައި ފަށާނީ ބުދަ ދުވަހުގެ ހަވީރު 16:00 ގައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އީގަލްސްގެ ނަސީބު ދެރައީ، ރަނގަޅަށް ކުޅުނީވެސް އަހަރުމެން: ސާންތި

އީގަލްސްގެ ނަސީބު ދެރައީ، ރަނގަޅަށް ކުޅުނީވެސް އަހަރުމެން: ސާންތި

24 ފެބުރުއަރީ 2017
މާލޭ ލީގު: އަސައްކޮގެ ލަނޑުން އީގަލްސް ބަލިކޮށް ފުރަތަމަ ތިން ޕޮއިންޓް މާޒިޔާ އަށް

މާލޭ ލީގު: އަސައްކޮގެ ލަނޑުން އީގަލްސް ބަލިކޮށް ފުރަތަމަ ތިން ޕޮއިންޓް މާޒިޔާ އަށް

24 ފެބުރުއަރީ 2017
އީގަލްސް އަށް މިސްރުގެ ޑިފެންޑަރެއް ގުޅިއްޖެ

އީގަލްސް އަށް މިސްރުގެ ޑިފެންޑަރެއް ގުޅިއްޖެ

20 ފެބުރުއަރީ 2017
ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ

ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ

19 ފެބުރުއަރީ 2017
ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި

ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު