Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މާލޭ މަގުހެދުން

މާލޭ މަގުހެދުމުގެ މަޝްރޫއުގެ ދަށުން އިތުރު ތިން ސަރަހައްދެއްގެ މަސައްކަތް ފެށުމަށް ސޮއިކޮށްފި

ތިން ސެގްމެންޓްގެ ޖުމްލަ އަގަކީ 70.1 މިލިއަން ރުފިޔާ

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު, ރާއްޖެ އެމްވީ | 6 އެޕްރީލު 2021 | އަންގާރަ 08:13
މާލޭ މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައި ސޮއިކުރުން

މާލޭ މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައި ސޮއިކުރުން

މާލޭ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމަށް ޕްރޮޖެކްޓުގެ ދަށުން މާލޭގެ އިތުރު 3 ސަރަހައްދެއްގެ މަސައްކަތް ފެށުމަށް ސިޓީ ކައުންސިލާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ދެމެދު ސޮއިކޮށްފިއެވެ.

މި މަޝްރޫއުއަކީ މަގުތަކުގެ ފެންބޮޑުވުން ހައްލުކޮށް، އެކި ސަރަހައްދުތައް އިރުއިރުކޮޅާ ކޮންނަން ޖެހުމުގެ ސަބަބުންނާއި، މަގުތައް ބޭނުންކުރުމުގެ އާދަކާދަތައް މިހާރު ހުރި ގޮތުން ރައްޔިތުންނަށް ދިމާވާ ތަކުލީފްތައް ކުޑަކޮށް، ހިތްފަސޭހަ އަމާން މަގުތަކެއް ހެދުމަށް ަކއުންސިލުން ކުރާ މަސައްކަތުގެ ދަށުން ހިންގޭ މަޝްރޫއެކެވެ.

Advertisement - newsAdvertisement

އަންގާރަ ދުވަހު ހެނދުނު، މާލޭ ސިޓީ ކައުންސިލްގައި ބޭއްވުނު ރަސްމިއްޔާތެއްގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މާލޭގެ މޭޔަރު ޝިފާ މުހައްމަދެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު މޫސާ އަލިމަނިކެވެ.

މި އެއްބަސްވުމުގެދަށުން ރަނގަޅު ފެންވަރަކަށް ހަދާނީ ހެންވޭރު އުތުރު ސަރަހައްދުގެ ބައެއް މަގުތަކާއި، މައްޗަންގޮޅި ދެކުނު އަދި މައްޗަންގޮޅި މެދުގެ ބައެއް މަގުތަކެވެ. މިސަރަހައްދު ތަކުގެ ތެރެއިން މައްޗަންގޯޅި މެދު އަދި ދެކުނު ދާއިރާގެ މަސައްކަތްތައް ނިންމުމަށް ހަމަޖެހިފައިވަނީ 125 ދުވަހުގެ ތެރޭގައެވެ. ހެންވޭރު އުތުރު ސަރަހައްދުގެ މަސައްކަތް ނިންމުމަށް ކަނޑައެޅިފައިވަނީ 217 ދުވަހުގެ ތެރޭގައެވެ. މި ތިން ސެގްމެންޓްގެ ޖުމްލަ އަގަކީ 70.1 މިލިއަން ރުފިޔާއެވެ.  އެއީ ހެންވޭރު އުތުރުގެ މަގުތަކަށް ޚަރަދުވާ 36.30 މިލިއަން ރުފިޔާއާއި، މައްޗަންގޮޅި ދެކުނު އަދި މައްޗަންގޮޅި މެދު ދާއިރާގެ މަގުތަކަށް ޚަރަދުވާ 33.80 ރުފިޔާއެވެ.

މި އެއްބަސްވުމުގެ ދަށުން، ހެންވޭރު އުތުރުން ހެދުމަށް ހަމަޖެހިފައިވަނީ 13 މަގެކެވެ. އެއީ ވައިލެޓް ހިނގުން، ވައިލެޓް މަގު، ގުލިސްތާން ގޯޅި، ހިރުނދު މަގު، ދުނބުރި މަގު، ރޯޝަނީމަގު، ކުރަނގި ގޯޅި، ކަސްތޫރި މަގު، ސީސަން މަގު، ސަނދުބަރަކާ ގޯޅި، ދީފުރަމް ގޯޅި، ގަލަދުން ގޯޅި އަދި ފިލިގަސް މަގެވެ. މި މަގުތަކުން ޖުމްލަ 1.97 ކިލޯމީޓަރު ހެދުމަށް ހަމަޖެހިފައިވެއެވެ.

އަންގާރަ ދުވަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން މައްޗަން ގޮޅި މެދު ސަރަހައްދުން ހަދަން ހަމަޖެހިފައިވަނީ 6 މަގެކެވެ. އެއީ ނިކަގަސްމަގާއި، ކުރިކީލަ މަގާއި، ޗާންދަނީ މަގާއި، ކުދިރަތްމާ ގޯޅިއާއި، ދިލްބަހާރު ގޯޅި އަދި ޖަވާހިރު ގޯޅިއެވެ. މި މަގުތަކުން ޖުމްލަ 0.48 ކިލޯމީޓަރގެ މަގު ހަދާނެއެވެ. މައްޗަންގޮޅި ދެކުނުން ހަދަން ހަމަޖެހިފައިވަނީ 5 މަގެކެވެ. އެއީ ބަޑިފަސްގަނޑު މަގު، އާމިނާރަނި ހިނގުން، ބުރުޒު މަގު، ކުރިކީލަ މަގު، އަދި ޗާންދަނީ މަގެވެ. މި މަގުތަކުން ޖުމްލަ 1.00 ކިލޯމީޓަރގެ މަގުހަދާނެއެވެ. 

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު