Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖިހާދު ފުރުން މަނާކުރި މައްސަލަ

ޖިހާދު ފުރުމަށް ހުއްދައެއް ނުދިން، ޖިހާދު ވިދާޅުވީ މިއީ "ޝަރަފުގެ އިނާމު" ކަމަށް

ޖިހާދު ވިދާޅުވީ، ކޯޓުން ނިންމާފައިވާ ނިންމުން އިންސާފުވެރި ނޫން ކަމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 އެޕްރީލު 2021 | ހޯމަ 13:29
ކުރީގެ ނައިބުރައީސް އަބްދުﷲ ޖިހާދު: ޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ފުރުން މަނާކޮށް، ކްރިމިނަލް ކޯޓުން މީގެ ކުރިންވެސް އަމުރު ނެރުނު

ކުރީގެ ނައިބުރައީސް އަބްދުﷲ ޖިހާދު: ޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ފުރުން މަނާކޮށް، ކްރިމިނަލް ކޯޓުން މީގެ ކުރިންވެސް އަމުރު ނެރުނު

ކ. ފުށިދިއްގަރު ފަޅު މައްސަލައިގައި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ފުރުން މަނާކުރުމަށް ކްރިމިނަލް ކޯޓުން އަނެއްކާވެސް ނިންމައިފިއެވެ.

ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައި ޖިހާދުގެ ފަރާތުން ބޭސްފަރުވާއަށް ފުރަން ބޭނުންވާކަން ފާހަގަ ކުރައްވައި ހުށައަޅުއްވާފައިވާ ހުށައެޅުއްވުމާ ގުޅޭގޮތުން ގާޒީ ވަނީ ގޮތެއް ނިންމަވާފައެވެ. އެގޮތުން ޖިހާދަކީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ޖެހޭ ބޭފުޅެއް ނަމަވެސް، އެކަމާ ގުޅޭ ލިއެކިއުންތައް ހުށައަޅާފައި ނުވާކަމަށް ވިދާޅުވެ ގާޒީ ވަނީ ފުރުމަށް ހުއްދަ ނުދިނުމަށް ނިންމާފައެވެ.

އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ"އާ ވާހަކަ ދައްކަވަމުން ޖިހާދު ވިދާޅުވީ، ކޯޓުން ނިންމާފައިވާ ނިންމުން އިންސާފުވެރި ނޫން ކަމަށެވެ. އެގޮތުން ބޭސްފަރުވާއަށް ވަޑައިގަންނަވަން ޖެހޭކަމާމެދު ޝައްކެއް ނެތްކަން ކޯޓުންވެސް ފާހަގަ ކުރައްވައި، ދައުލަތުންވެސް ޖިހާދު ފުރުމަށް އިއުތިރާޒު ނުކުރާއިރު، ހުށައަޅަން ޖެހެނީ ކޮން ލިއެކިއުންތަކެއްކަންވެސް ޝަރީއަތުން ސާފުކޮށްދީފައި ނުވާކަމަށް ޖިހާދު ވިދާޅުވިއެވެ.

ޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ފުރުން މަނާކޮށް، ކްރިމިނަލް ކޯޓުން މީގެ ކުރިންވެސް އަމުރު ނެރުނެވެ. ނަމަވެސް އެ އަމުރު ހައިކޯޓުން ބާތިލް ކުރުމުން، ސުޕްރީމް ކޯޓުންވެސް އޭރު ވަނީ ހައިކޯޓުގެ ހުކުމަށް ތާއީދުކޮށްފައެވެ. ކްރިމިނަލް ކޯޓުން ޖިހާދު ފުރުން މަނާކޮށް، ޖިހާދުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރުނު އަމުރު، ޖިހާދުގެ ފަރާތުން އޭރު ހައިކޯޓުގައި އިސްތިއުނާފް ކުރުމުން، ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ބާތިލްކަމަށް ނިންމާފައެވެ. އެހެންކަމުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އޭރު ވަނީ ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށްފައެވެ. މި މައްސަލާގައި ސުޕްރީމް ކޯޓުން ވަނީ ކްރިމިނަލް ކޯޓުން ޖިހާދު ފުރުން މަނާކޮށް ޕާސްޕޯޓު ހިފެހެއްޓި އަމުރު ބާތިލްކަމަށް ހައިކޯޓުން ނިންމާފައިވާ ނިންމުން ރަނގަޅުކަމަށް ނިންމައި، ހައިކޯޓުގެ ނިންމުމަށް ތާއީދުކުރައްވާފައެވެ.

މި މައްސަލައިގައި ހައި ކޯޓުން ކުރި ޙުކުމުގައި ބުނެފައިވަނީ، ޖިހާދު ފުރުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރިފައިވާ އަމުރަކީ ޝަރުއީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ނެރެފައިވާ އަމުރެއް ކަމަށެވެ. އަދި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން އެ އަމުރު ވަނީ ބާތިލުކޮށްފައެވެ.

ޖިހާދުގެ ފަރާތުން އޭރު ހުށައެޅި އިސްތިއުނާފީ ނުކުތާތައް:

މި މައްސަލަ އިސްތިއުނާފުކޮށް ޖިހާދުގެ ފަރާތުން ހުށަހެޅި ފުރަތަމަ ނުކުތާއަކީ އޭނާ ރާއްޖެއިން ބޭރަށް ފުރުން މަނާކޮށްފައިވަނީ ޖިނާއީ އިޖުރާޢަތުގެ ޤާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ކަމަށެވެ.

ދެވަނަ ނުކުތާއެއްގެ ގޮތުން ޖިހާދުގެ ވަކީލުން ބުނެފައިވަނީ، އޭނާގެ މައްޗަށް ހުށަހަޅާފައިވާ ދައުވާއަކީ ޖިނާއީ އިޖުރާޢަތުގެ ޤާނޫނުގައި ބުނާ ބޮޑު ކުށަކަށް ނުވާއިރު، އިސްތިއުނާފު ކޮށްފައިވާ އަމުރުގައި އެއީ ބޮޑުކުށެއްކަމުގައި އޮތް އޮތުންވެސް އެއީ ހުށަހެޅިފައިވާ ދައުވާއާ ޚިލާފަށް ޝަރީއަތުން ކަނޑައަޅާފައިވާކަމެއް ކަމަށެވެ.

ތިންވަނަ ކަމެއްގެ ގޮތުން ޖިހާދުގެ ފަރާތުން ވަނީ، ކްރިމިނަލް ކޯޓުގެ މި އަމުރަކީ ޤާނޫނު އަސާސީގެ 41 ވަނަ މާއްދާއިން ލިބިދޭ ދަތުރުފަތުރުކުރުމުގެ އަސާސީ ޙައްޤަށް އުނިކަން އަންނަ ފަދަ އަމުރެއްކަން ބަޔާންކުރައްވާފައެވެ. އަދި ފުރުމަށް ހަމަޖެހިފައިވާ ތާރީޚާއި، ދެކޮޅު ޓިކެޓުވެސް ޖިހާދުގެ ފަރާތުން ހުށަހަޅާފައިވާކަން އިސްތިއުނާފުގައި ފާހަގަކޮށްފައިވެއެވެ.

ފަހު ނުކުތާއެއްގެ ގޮތުން ޖިހާދުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަކީ ކްރިމިނަލް ކޯޓުގެ މި އަމުރު ނެރުމުގައި ޙަވާލާދީފައިވާ ހައި ކޯޓުގެ ގަޟިއްޔާ ތަތްބީޤުކޮށްފައިވަނީ ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް ބަޔާންކޮށް ހުށަހަޅާފައިވާ ނުކުތާއެވެ. އަދި އެ ކަންކަން ސުޕްރީމް ކޯޓުގައިވެސް ޖިހާދުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2018

ސަރުކާރު ޒިންމާދާރު ނުކުރެވޭ ނަމަ ވެރިކަން ވައްޓާލަން ލާޒިމު ކަމަށް ވިދާޅުވީ ރައީސް ޔާމީން: ރޮޒެއިނާ

27 ޖެނުއަރީ 2018
ސަރުކާރު ޒިންމާދާރު ނުކުރެވޭ ނަމަ ވެރިކަން ވައްޓާލަން ލާޒިމު ކަމަށް ވިދާޅުވީ ރައީސް ޔާމީން: ރޮޒެއިނާ
18 ޖޫން 2017

ފްލައިމީ އަށް އައްޑު އާއި ފުވައްމުލަކަށް އުދުހުމުގެ ހުއްދައެއް ނުދިން!

18 ޖޫން 2017
ފްލައިމީ އަށް އައްޑު އާއި ފުވައްމުލަކަށް އުދުހުމުގެ ހުއްދައެއް ނުދިން!
29 މެއި 2017

ރާއްޖޭގެ ރަށެއްގައި 70 ޕަސެންޓް މީހުން ރޯދަ ނުހިފާ ކަމަށް ވިދާޅުވީ ޝެއިހް ޒައިދުއަށް މިނިސްޓްރީން ނަސޭހަތް ދީފި

29 މެއި 2017
ރާއްޖޭގެ ރަށެއްގައި 70 ޕަސެންޓް މީހުން ރޯދަ ނުހިފާ ކަމަށް ވިދާޅުވީ ޝެއިހް ޒައިދުއަށް މިނިސްޓްރީން ނަސޭހަތް ދީފި
17 މެއި 2017

މާފަރު އެއާޕޯޓް މަސައްކަތް ހުއްޓާލުމުގެ އަމުރެއް ހައިކޯޓުން ނެރެއެއްނުދިން

17 މެއި 2017
މާފަރު އެއާޕޯޓް މަސައްކަތް ހުއްޓާލުމުގެ އަމުރެއް ހައިކޯޓުން ނެރެއެއްނުދިން
10 މެއި 2017

ކުޑަކަމުދާތަކެތި ނުދިން ކަމަށް ބުނެ ހާމިދުގެ މައްޗަށް ކުރި ދައުވާގެ ޝަރީއަތް ފަށަނީ

10 މެއި 2017
ކުޑަކަމުދާތަކެތި ނުދިން ކަމަށް ބުނެ ހާމިދުގެ މައްޗަށް ކުރި ދައުވާގެ ޝަރީއަތް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު