Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކައުންސިލް އިންތިޚާބު

އިންތިހާބު ކަވަރުކުރަން ރާއްޖެ ޓީވީއަށް ފުރުސަތެއް ނުދިން!

ރާއްޖެޓީވީގެ 32 މުވައްޒަފުންގެ ނަން ހުށަހެޅި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 4 މެއި 2017 | ބުރާސްފަތި 13:37
ރާއްޖެޓީވީގެ އޮފީސް ހިންގާ އިމާރާތް

ރާއްޖެޓީވީގެ އޮފީސް ހިންގާ އިމާރާތް

ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބު ކަވަރުކުރަން ރާއްޖެޓީވީގެ ނޫސްވެރިންނަށް ފުރުސަތު ނުދޭން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

ރާއްޖެޓީވީގެ ޗީފް އެގްޒެކްޓިވް އޮފިސަރު ހުސައިން ފިޔާޒު މޫސާ ވިދާޅުވީ އިންތިހާބު ކަވަރުކުރުމަށް ރާއްޖެޓީވީގެ 32 މުވައްޒަފެއްގެ ނަން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ކަމަށާއި އެ ކޮމިޝަނުން އެކި ބަހަނާތައް ދައްކައި، ރިޖެކްޓްކުރި ފޯމްތައް ވެސް އޮންލައިންކޮށް ހުށަހެޅި ކަމަށެވެ.

Advertisement - newsAdvertisement

އޮންލައިންކޮށް ހުށަހެޅި ބައެއް ފޯމްތައް ކޮމިޝަނުން ބަލައިގަތީ، ކޮމިޝަނަށް ހާޒިރުވެ، ރާއްޖެޓީވީގެ ސްޓޭމްޕް ޖެހުމުން ކަމަށް ވެސް ފިޔާޒު ވިދާޅުވި އެވެ.

ނަމަވެސް މީޑިއާތަކަށް ފާސްތައް ދޫކުރިއިރު، ރާއްޖެ ޓީވީގެ އެއްވެސް ނޫސްވެރިއެއްގެ ފާސް ނެތިގެން ސުވާލުކުރުމުން، ރާއްޖެ ޓީވީގެ އެއްވެސް ނޫސްވެރިއެއްގެ ފޯމެއް ހުށަހަޅާފައި ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

"މިހާތަނަށް ވެސް މަސައްކަތް މިކުރީ މިކަން ސުލުހަވެރިކަމާއެކު ގެންދިއުމަށް. ނަމަވެސް މިއަދު މެންދުރު އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އަޅުގަނޑުމެންނަށް އެންގެވި ފާސް ދޫކުރެވެން ނެތް ކަމަށް،" ފިޔާޒު ވިދާޅުވި އެވެ.

ފިޔާޒު ވިދާޅުވީ ފޯމް ހުށަހަޅާފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާއިރު، ފޯމްތައް ރިޖެކްޓްކުރީ ކޮން ލިޔުންތަކެއް ލިިބިގެން ކަމެއް ކޮމިޝަނަށް ބުނެ ނުދެވޭ ކަމަށެވެ.

"ރާއްޖެ ޓީވީ އަށް އިންތިހާބު ކަވަރުކުރަން ފުރުސަތު މި ނުދިނުމުން ވަރަށް ބޮޑަށް ހައިރާން ވެއްޖެ. އަދި އިލެކްޝަންސް ކޮމިޝަންގެ ސިސްޓަމަށް އިތުބާރެއް ނެތް. އަދި މުޅި އިލެކްޝަންސްގެ ޕްރޮސެސް ފުރިހަމައަށް ގެންދެވޭނެތޯ ސުވާލު އުފެދޭ،" ފިޔާޒު ވިދާޅުވި އެވެ.

އިންތިހާބު ކަވަރުކުރަން ރާއްޖެ ޓީވީ އަށް ފުރުސަތު ނުދިނުމަކީ، ފިޔާޒު ވިދާޅުވި ގޮތުގައި މިނިވަން އިންތިހާބަކަށް އެޅިގެންދާނެ ހުރަހެއް ކަމަށާއި، އިންތިހާބާމެދު ރައްޔިތުންގެ އިތުބާރު ގެއްލިގެންދާނެ ކަމެއް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު