Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާޒް

ފޯންގެ ޕިންކޮޑް ނުދިން މައްސަލާގައި ރިޔާޒްގެ މައްޗަށް ހިންގާ ޝަރީޢަތުގެ އަޑުއެހުމެއް މިއަދު

ރިޔާޒް އޭނާގެ ދިފާއުގައި ދެ ހެކިން ހުށަހެޅި

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 3 މެއި 2017 | ބުދަ 09:53
އަބްދުﷲ ރިޔާޒް

އަބްދުﷲ ރިޔާޒް

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ ފޯންގެ ޕިންކޯޑް ނުދިން މައްސަލައާ ގުޅިގެން އޭނާގެ މައްޗަށް ހިންގާ ޝަރީޢަތުގެ އަޑުއެހުމެއް މިއަދު މެންދުރު ފަހު ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފިއެވެ.

ރިޔާޒްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއަކީ ގާނޫނު ތަންފީޒް ކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާއާއެވެ.

Advertisement - newsAdvertisement

އެންމެ ފަހުން މި މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމެއް ކުރިއަށް ގެންގޮސްފައި ވަނީ ބުރާސްފަތި ދުވަހުއެވެ. އެ ފުވަހުގެ ޝަރީޢަތުގައި އޮތީ ރިޔާޒްގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިންގެ ހެކިބަސް ނެގުމާއި އަދި ޝަރީޢަތުން ބޭނުންވާ މައުލޫމާތު ސާފް ކުރުމަށް ހުށަހެޅި ހެކިންގެ ހެކިބަސް ނުގުމެވެ. ނަމަވެސް އެދުވަހުގެ ޝަރީޢަތް ހުއްޓާލަން ޖެހުނީ މައްސަލައާ ގުޅޭ ގޮތުން ދައުލަތުން ރިޔާޒްއާ ހިއްސާކުރަން ޖެހޭ ލިޔެކިޔުންތައް ހިއްސާ ނުކުރާ މައްސަލަ ފެންމަތިވުމުންނެވެ.

މި މައްސަލާގައި ބުރާސްފަތި ދުވަހު މެންދުރު ފަހު 3:00 އިން ފެށިގެން ކުރިއަށް ގެންދިޔަ ޝަރީޢަތުގެ މަޖިލީހުގައި ހަމެޖެހިފައި އޮތީ ރިޔާޒްގެ ފަރާތުން ދިފާއުގައި ހުށަހެޅި ހެކިންގެ ހެކި ބަސް ނެގުމާއި އަދި ޝަރީޢަތުން ބޭނުންވާ މައުލޫމާތު ސާފް ކުރުމަށް ހުށަހެޅި ހެކިންގެ ހެކިބަސްނެގުމެވެ.

އެގޮތުން ރިޔާޒްގެ ފަރާތުން ހެކިންގެ ގޮތުގައި ދެ މީހުން ހުށަހަޅާފައިވާއިރު ޝަރީޢަތުން ހެކިބަސް ނަގާފައި ވަނީ އެންމެ މީހެއްގެ ފަރާތުންނެވެ. ޝަރީޢަތުން ބޭނުންވާ މައުލޫމާތު ސާފުކުރަން ތިން ހެކިން ހުށަހެޅި ހެކިބަސް ނަގާނިމިފައި ވަނީ ދެމީހުންގެއެވެ.

ޝަރީޢަތުން ބޭނުންވާ މައުލޫމާތު ސާފް ކުރުމަށް ހުށަހެޅި ތިން ހެކިންގެ ތެރެއިން އެންމެ ފަހު މީހާގެ ހެކިބަސް ނަގަން ފެށުމަށް ފަހު ފުލުހުންގެ ފަރާތުން ތައްޔާރުކޮށްފައިވާ މޯބައޮލް ފޯނުގެ ފޮރިންސިކް ރިޕޯޓެއްގެ ވާހަކަ ފަނޑިޔާރުންގެ ބެންޗުން ވިދާޅުވުމުން އެފަދަ ލިޔުމެއް ލިބިވަޑައިގެންފައި ނުވާ ކަމަށް ރިޔާޒްގެ ގާނޫނީ ވަކީލުންގެ ޓީމުން ވިދާޅުވިއެވެ. އެފަދަ ލިޔުމެއް ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވާކަން ދައުކަތުން ހުށަހެޅި ލިޔެކިޔުންތަކުން އެނގެން ނެތް ކަމަށް ރިޔާޒުގެ ގާނޫނީ ވަކީލުންގެ ޓީމުން ޝަރީޢަތުގެ މަޖިލީހުގައި ފާހަގަ ކުރެއްވިއެވެ.

ރިޔާޒް އަށް މޯބައައިލް ފޯނުގެ ފޮރިންސިކް ރިޕޯޓް ލިބިފައިނުވާ ސަބަބު ސާފްކޮށްދިނުމަށް ޝަރީޢަތުން ދައުލަތުގެ ކިބައިން އެދުމުން ދައުލަތުގެ ވަކީލް ވިދާޅުވީ މޯބައިލް ފޮރިންސިކް ރިޕޯޓާ ރިޔާޒްއާ ހަވާލު ކުރެވިފައި ނުވާކަން ދައުލަތުން ވެސް ގަބޫލު ކުރާ ކަމަށެވެ. އަދި އެ ލިޔުން ރިޔާޒްއާ ހަވާލު ކުރެވިފައި ނުވަނީ އިދާރީ މައްސަލައެއްގެ ސަބަބުން ކަމަށާއި އެ ލިޔުން ރިޔާޒްއާ ހަވާލު ކުރުމަށް ދައުކަތުން އިއުތިރާޒް ނުކުރާ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހު ކުރިއަށް ދިޔަ ޝަރީޢަތުގެ މަޖިލީހުގައި ޝަރީޢަތުން ބޭނުންވާ މައުލޫމާތު ސާފް ކުރުމަށް ހުށަހެޅިހެއްކެއް ކަމަށްވާ ނުހައްމަދު އަދުހަމް ވިދާޅުވީ ރިޔާޒްގެ ފޯންނިއްވާލާފައި ވަނީ އޭނާ އަމިއްލަ އަށް ކަމަށެވެ.

ރިޔާޒުގެ ބަޔަން ނެގުމުގައި ވެސް ހަރަ ޖާތްތްތެރިވި ފުލުހުންގެ އޮފިސަރެއް ކަމަށްވާ އަދްހަމް ބުނެފައިވަނީ ރިޔާޒުގެ ފޯނަށް ކޯލްތަކާއި މެސެޖްތައް އަންނަމުންދާތީ ފޯނު ފްލައިޓް މޯޑަށްލުމަށް ރިޔާޒުގެ އަތަށް ދިނުމުން އެ ފޯނު ނިއްވާލީ ކަމަށެވެ. އަދްހަމް މިހެން ބުނެފައިވަނީ ހެކިބަސް ދިން ފުލުހެއް ކަމަށްވާ އާރިފް އަލީއާ ހަވާލާދީ އެވެ. އެ މަންޒަރު އަދްހަމަކަށް ނުފެނެ އެވެ. އެއީ އާރިފް، އަދްހަމް ކައިރީ ބުނެފައިވާ ވާހަކަ އެކެވެ.

މިކަމާ ގުޅިގެން ރިޔާޒުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލް ހިސާން ހުސެއިން ވަނީ ހެކިބަސް ދެމުން ބުނަން ޖެހޭނީ އަމިއްލައަށް އެނގޭ މައުލޫމާތު ކަމަށް ވިދާޅުވެ ޝަރީއަތުގެ ސަމާލު ކަމަށް އެކަން ގެނެސްފަ އެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ
14 ފެބުރުއަރީ 2017

ޝަމްއޫން ހަމީދު އަށް ކޮމެޓީން ރުހުމެއް ނުދިން!

14 ފެބުރުއަރީ 2017
ޝަމްއޫން ހަމީދު އަށް ކޮމެޓީން ރުހުމެއް ނުދިން!
02 ފެބުރުއަރީ 2017

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
30 ޖެނުއަރީ 2017

ކާނަލް ނާޒިމް މައްސަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު

30 ޖެނުއަރީ 2017
ކާނަލް ނާޒިމް މައްސަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު