Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާފަރު

މާފަރު އެއާޕޯޓް މަސައްކަތް ހުއްޓާލުމުގެ އަމުރެއް ހައިކޯޓުން ނެރެއެއްނުދިން

މިލޭނިއަމް ކެޕިޓަލްއާ ކުރިން ހަވާލުކޮށްފަ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 17 މެއި 2017 | ބުދަ 12:46
ސިޔާމާއި ރައީސް ޔާމީން: ދެ އަހަރުގެ ތެރޭގައި އެއާޕޯޓުގެ ޚިދުމަތް ދޭން ފަށާނެ ކަމަށް ސިޔާމް ވިދާޅުވެފައިވޭ

ސިޔާމާއި ރައީސް ޔާމީން: ދެ އަހަރުގެ ތެރޭގައި އެއާޕޯޓުގެ ޚިދުމަތް ދޭން ފަށާނެ ކަމަށް ސިޔާމް ވިދާޅުވެފައިވޭ

ނ. މާފަރުގައި ތަރައްގީކުރަން ހަމަޖެހިފައިވާ އެއާޕޯޓުގެ މަސައްކަތް، އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް (ސަން ސިޔާމް) ގެ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަސައްކަތް ހުއްޓާލުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަަމށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.

މާފަރު އެއާޕޯޓުގެ މަސައްކަތް ސަން ސިޔާމް ރިސޯޓްސްއާ މިދިޔަ މަހު ހަވާލު ކޮށްފައިވާއިރު، ހައި ކޯޓުން އަންގާރަ ދުވަހު އެގޮތަށް ނިންމީ އެ އެއާޕޯޓް ހަދަން މިލޭނިއަމް ކުންފުންޏާ ހަވާލު ކޮށްފައި ވަނިކޮށް އެ އެއްބަސްވުން ސަރުކާރުން އުވާލި މައްސަލައިގާ އެ ކުންފުނީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ މިމެންދެން އެއާޕޯޓްގެ މަސައްކަތް ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދުމުންނެވެ.

Advertisement - newsAdvertisement

މިލޭނިއަމް އިން އެދުނީ އެއްބަސްވުން އުވައިލި މައްސަލާގައި އެ ކުންފުނިން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިމެންދެން މާފަރު އެއާޕޯޓާ ގުޅޭ މުއާމަލާތެއް ނުކުރުމަށް އަމުރުކޮށް ދިނުމަށެވެ. އެކަމަކު ސިވިލް ކޯޓުން ވެސް ނިންމާފައި ވަނީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

މި މައްސަލަ އެ މިލޭނިއަމްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ކުރި ހުކުމުގައި ވަނީ އެ ކުންފުނިން އެއާޕޯޓުގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކޮށްފައި ނުވާ ކަމަށެވެ.

އެގޮތުން އެއާޕޯޓްގެ ޚިދުމަތް ފަށަން ޖެހޭ މުއްދަތަށް މަސައްކަތް ނުނިންމޭނެ ކަމަށް މިލޭނިއަމް އިން ބުނާ ކަމަށެވެ. އެހެންވެ، އެ މައްސަލާގައި ހިމާޔަތް ލިބެންޖެހޭ މައުޟޫއީ ހައްގެއް ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން ނެތް ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

މީގެ އިތުރުން ހައިކޯޓުގެ ހުކުމުގައި ވަނީ ވަގުތީ އަމުރެއް ނެރޭއިރު އަމުރު ރައްދުވާ ފަރާތުގެ މަސްލަހަތަށް ވެސް ބަލަން ޖެހޭ ކަމަށާއި މިލޭނިއަމް އިން އެދުނު އަމުރު ނެރެދީގެން ހިމާޔަތް ކުރެވޭ އެ ކުންފުނީގެ މަސްލަހަތަށް ވުރެ، އެ އަމުރު ނުނެރެފި ނަމަ ހިމާޔަތް ކުރެވޭ ދައުލަތުގެ މަސްލަހަތު ބޮޑު ކަމަށް ހުކުމުގައި ވެއެވެ.

މާފަރު އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ އެކު ހަދާފައި އޮތް އެއްބަސްވުން މިދިޔަ އަހަރުގެ ފެބްރުއަރީގައި ވަނީ އުވާލާފައެވެ.

މިލޭނިއަމް ކެޕިޓަލްއަކީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އާއިލީ ބޭފުޅެއް ކަމުގައިވާ މ. ޝުރާ މަންޒިލް ހާމިދު އިސްމާއީލްގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.

ރިޔާސީ ލޯންޗުކޮޅު ގޮވި ހާދިސާގެ ތަހުގީގަށް ހާމިދު އިސްމާއިލް ހައްޔަރުކޮށްފައިވުމުން، މާފަރު އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް މިލޭނިއަމް ކެޕިޓަލް އަށް ކުރެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް މިދިޔަ އަހަރުގެ ފެބްރުއަރީ 8 ވަނަ ދުވަހު ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ. ރައީސް ޔާމީން އެހެން ވިދާޅުވީ، ސިޔާމްގެ އުފަން ރަށް ކަމަށްވާ ނ. ކުޑަފަރީ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގަ އެވެ.

މާފަރު އެއާޕޯޓް ތަރައްގީކުރަން ހުޅުވާލި ފުރުސަތުގައި ސަން ކުންފުންޏާއި ތުރުކީގެ ކުންފުނިން އެ މަޝްރޫއަށް ޝައުގުވެރިކަން ފާޅުކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. ނަމަވެސް، ބިޑް އެވަލުއޭޓް ނުކޮށް މިހާ ގިނަ ދުވަސްވީ ކީއްވެކަމެއް ސަރުކާރުގެ އެއްވެސް އިދާރާއަކުން ހާމައެއް ނުކުރި އެވެ.

ކުރިން ސަރުކާރުން ލަފާކޮށްފައިވާ ގޮތުގައި، މާފަރު އެއާޕޯޓުގެ މަޝްރޫއަކީ ގާތްގަނޑަކަށް 17 މިލިއަން ޑޮލަރު (262 މިލިއަން ރުފިޔާ) ގެ މަޝްރޫއެކެވެ.

މާފަރު އެއާޕޯޓް ތަރައްގީ ކުރުމަށާއި އިތުރު މަޝްރޫއަކަށް ސަން ކުންފުނިން ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން މަސައްކަތް ކޮށްފައިވެ އެވެ. އެ ލޯނަށް ދިވެހި ސަރުކާރުން ގެރެންޓީ ދިނުމަށް ހަމަޖެހިފައި އޮތްއިރު، ލޯނަށް ދިވެހި ސަރުކާރުން ގެރެންޓީ ދިންކަމެއް އަދި ކަށަވަރު ނުކުރެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު