Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުލުހުންގެ އެލަވަންސް

ބޮޑުކުރި އެލަވަންސް ފުލުހުންނަށް ނުދިން މައްސަލަ މަޖިލީހަށް!

ބޮޑުކުރުމަށް އެލަވަންސް އެފަރާތްތަކަށް ލިބިދިނުމަށް ކޮށްދެވެން އޮތްކަމެއް ވާނަމަ އެކަން ކޮށްދެއްވުން އެދިފައިވޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 23 ފެބުރުއަރީ 2017 | ބުރާސްފަތި 19:21
ޢަބްދުﷲ ރިޔާޒް: ސަރުކާރަށް ވަރަށް ބޮޑަށް ގެންދަވަނީ ފާޑު ވިދާޅުވަމުން

ޢަބްދުﷲ ރިޔާޒް: ސަރުކާރަށް ވަރަށް ބޮޑަށް ގެންދަވަނީ ފާޑު ވިދާޅުވަމުން

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ދިވެހި ފުލުހުންނަށް އެލަވަންސް ބޮޑުކޮށް އެކަން ޢާއްމުކުރުމަށްފަހު އެ އެލަވަންސް ނުދީ އޮތް ސަބަބެއް ސާފުކުރަން ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް މާލިއްޔަތު ކޮމެޓީއަށް ހުށަހަޅުއްވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރ ރިޔާޒް އެމައްސަލަ ހުށަހެޅުއްވުމަށް ކޮމެޓީގެ މުޤައްރިރު ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާނަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ 2017 ޖެނުއަރީ މަހުން ފެށިގެން ދިވެހި ފުލުހުންނަށް އެލަވަންސް ބޮޑުކޮށް އެކަން އިއުލާން ކުރުމަށްފަހު ޖެނުއަރީ މަހުގެ މުސާރައާއި އެލަވަންސް ހަމަޖައްސަވާފައިވަނީ ޢާއްމުކޮށް އިއުލާންކުރި އުސޫލާ ޚިލާފަށް ކަމަށެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި ފުލުހުންނަށް އެލަވަންސް ބޮޑުކޮށްފައިވަނީ ފިނޭންސް މިނިސްޓްރީއާ މަޝްވަރާ ކުރުމަށްފަހު އަދި 2017 އިގެ ބަޖެޓްގައިވެސް ހިމެނުމަށް ފަހު އެވެ. ނަމަވެސް ބޮޑުކުރި އެލަވަންސް ފުލުހުންނަށް ހަމަޖެއްސުމަށް ސަރުކާރަށް ދަތިތަކެއް ކުރިމަތިވެގެން އެކަން މިހާތަނަށް ހަމަޖައްސަވާފައި ނުވުމާއި އަދި މިކަމާއި މެދު ސަރުކާރުން ނިންމަވާފައިވާ ގޮތެއް ފުލުހުންގެ ގިނަބަޔަކަށް ނޭނގި މާޔޫސް ކަމެއްގައި ތިބިކަމަށް މައުލޫމާތު ލިބިފައިވާތީވެ އެކަން ހިނގައިދިޔަ ގޮތެއް ބައްލަވައިދެއްވައިދެއްވުމަށް އެދޭ ކަމަށެވެ.

މީގެ އިތުރުން ރިޔާޒް ވިދާޅުވީ ފުލުހުންނަށް ބޮޑުކުރުމަށް ކަނޑައެޅި އެލަވަންސް އެފަރާތްތަކަށް ލިބިދިނުމަށް މާލިއްޔަތު ކޮމެޓީއާއި މަޖިލީހުން ކޮށްދެވެން އޮތްކަމެއް ވާނަމަ އެކަން ކޮށްދެއްވުން އެދޭ ކަމަށެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު