Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުތިމްޕޫ ރާއްޖެ އައުން

އިންޑިއާގައި ތަމްރީނު ހެދުމަށްފަހު ތިމްޕޫ ރާއްޖެއަށް

އީގަލްސް އާއި ތިމްޕޫ ބައްދަލުކުރާ މެޗު ކުޅޭނީ ބުދަ ދުވަހުގެ ހަވީރު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 5 އެޕްރީލު 2021 | ހޯމަ 11:10
އިންޑިއާގައި ތިމްޕޫ ސިޓީން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން

އިންޑިއާގައި ތިމްޕޫ ސިޓީން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން

އޭއެފްސީ ކަޕުގެ ކޮލިފައިންގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި ރާއްޖޭގެ ކުލަބު އީގަލްސްއާ ދެކޮޅަށް ކުޅުމަށް ބޫޓާނުގެ ޗެމްޕިއަން ތިމްޕޫ ސިޓީ އެފްސީ ރާއްޖެ އަތުވެއްޖެއެވެ.

މި ފަހަރުގެ ކޮލިފައިންގެ ޖާގައެއް އީގަލްސްއަށް ލިބުނީ މިދިޔަ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ހޯދައިގެންނެވެ. ދެން ކޮލިފައިންގައި ހިމެނޭ ޓީމުތަކަކީ އިންޑިއާގެ ބެންގަލޫރު އެފްސީ އާއި، ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އާއި، ނޭޕާލުގެ އާމީ ކުލަބާއި، ސްރީ ލަންކާ ޕޮލިސް އަދި ބޫޓާނުގެ ތިމްޕޫއެވެ.

އޭއެފްސީން ތާވަލުކޮށްފައިވާ ގޮތުން ކޮލިފައިންގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި އީގަލްސް އާއި ތިމްޕޫ ބައްދަލުކުރާ މެޗު ކުޅޭނީ އަންނަ ބުދަ ދުވަހުގެ ހަވީރު މާލޭގައެވެ. އަދި ކޮވިޑް-19 އާ ގުޅިގެން އެހެން އަހަރުތަކާ ޚިލާފަށް މި އަހަރު ކޮލިފައިންގައި ކުޅޭނީ އެއް ލެގު ކަމަށް އޭއެފްސީން ވަނީ ނިންމާފައެވެ. އެހެންކަމުން މި މެޗުގައި ވާދަކުރުމަށް ހޯމަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ތިމްޕޫ ޓީމު ވަނީ ރާއްޖެ އައިސްފައެވެ. އަދި މާލޭގައި ހުންނަ އުނިމާ ގްރޭންޑް ހޮޓެލުގައި ތިމްޕޫ ޓީމު މަޑުކުރިއިރު، މި މެޗަށް ތައްޔާރުވުމުގެ ގޮތުން އީގަލްސް ޓީމު ވަނީ ހޮޓެލް ޖެންގައި ކަރަންޓީނުވެފައެވެ.

އީގަލްސްއާ ދެކޮޅަށް ކުޅެން ތިމްޕޫ ރާއްޖެ އައިރު، މި މެޗަށް ތައްޔާރުވުމުގެ ގޮތުން އެ ޓީމުން ވަނީ އިންޑިއާގައި ތަމްރީނު ހަދާފައެވެ. އެގޮތުން މީގެ ދެ ދުވަސް ކުރިން އިންޑިއާގެ ކަލްކަތާއަށް ތިމްޕޫ ދިޔައީ އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އާ މަޝްވަރާކުރުމަށްފަހު، އީގަލްސް މެޗުގެ ކުރިން ރަނގަޅު ފެސިލިޓީއެއްގައި ތަމްރީނުތައް ފުރިހަމަކުރުމުގެ ގޮތުންނެވެ.

މި ފަހަރު އީގަލްސްއާ ދެކޮޅަށް ނުކުންނަ ތިމްޕޫ ޓީމުގެ ކޯޗަކީ ބޫޓާނުގެ ޤައުމީ ފުޓްބޯޅަ ޓީމަށް މީގެ ކުރިން ކުޅެފައިވާ ތަޖުރިބާކާރު ކުޅުންތެރިޔާ ނަވަން ދެންޑަޕެވެ. އޭއެފްސީ ކަޕަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން ބޫޓާނުގެ ޤައުމީ ޓީމުގެ ކުޅުންތެރިން އެ ޓީމަށް ގެނެސްފައިވާއިރު، އީގަލްސްއާ ދެކޮޅަށް ނުކުންނަ ތިމްޕޫ ޓީމުގައި އެއްވެސް ބިދޭސީ ކުޅުންތެރިއެއް ނުހިމެނެއެވެ.

މީގެ އިތުރުން އީގަލްސްއިންވެސް ވަނީ އޭއެފްސީ ކަޕަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން މިދިޔަ ޓްރާންސްފާގައި ބައެއް ކުޅުންތެރިން ގެނެސްފައެވެ. އެގޮތުން ލުބުނާނުގެ ޒުވާން ޤައުމީ ޓީމަށް ކުޅެފައިވާ ގޯލްކީޕަރު މުޙައްމަދު ތޯހާ އާއި، ރަޝިއާގެ ފޯވާޑް ވްލަޑިސްލާވް ކޮރްމިޝިނާއި، ކުލަބު ގްރީން ސްޓްރީޓްސްއަށް ކުޅެމުން އައި މިސްރުގެ ޑިފެންޑަރު އެލްސައީދު މަހުމޫދުގެ އިތުރުން ތަޖުރިބާކާރު މިޑްފީލްޑަރު އަދި ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ވެސް ވަނީ އީގަލްސްއާ ގުޅިފައެވެ.

މި ފަހަރުގެ ކޮލިފައިންގައި ތިމްޕޫއާ ދެކޮޅަށް އީގަލްސް ނުކުންނައިރު، އެ މެޗުން އީގަލްސް މޮޅުވެއްޖެނަމަ ޕްރިލިމިނަރީ ދެވަނަ ބުރުގައި އީގަލްސް ނުކުންނަން ޖެހޭނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށެވެ. އަދި އެ މެޗުން މޮޅުވެއްޖެނަމަ، ޕްލޭއޮފް ބުރުގައި އީގަލްސް ކުޅެން ޖެހުމުގެ އެންމެ ފުރުސަތު ބޮޑީ އިންޑިއާގެ ބެންގަލޫރާއެވެ.

ކޮލިފައިން ކާމިޔާބުކުރާ ޓީމަކަށް ގްރޫޕް ސްޓޭޖުގެ ފަހު ޖާގަ ލިބޭއިރު، ރާއްޖެއިން ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް ލިބިފައިވަނީ މިދިޔަ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށެވެ. މާޒިޔާގެ އިތުރުން ދެން ގްރޫޕް ސްޓޭޖުގައި ހިމެނެނީ އިންޑިއާގެ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްއެވެ.

އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާގެ ޓީމުތަކުގެ ގްރޫޕުގެ މެޗުތައް ރާއްޖޭގައި ބާއްވާއިރު، ޕްރިލިމިނަރީ ބުރާއި ޕްލޭ-އޮފް ބުރަށްފަހު ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅޭނީ މެއި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

އިތުރަށް ކިޔާލަން

04 މާރިޗު 2017

ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށްޓާއެކު ޓީސީ އެނބުރި ރާއްޖެއަށް

04 މާރިޗު 2017
ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށްޓާއެކު ޓީސީ އެނބުރި ރާއްޖެއަށް
11 ފެބުރުއަރީ 2017

ފީފާ ރޭންކިންގައި ރާއްޖެއަށް ފަސް ދަރަޖައިގެ ކުރިއެރުމެއް

11 ފެބުރުއަރީ 2017
ފީފާ ރޭންކިންގައި ރާއްޖެއަށް ފަސް ދަރަޖައިގެ ކުރިއެރުމެއް
10 ފެބުރުއަރީ 2017

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި
07 ފެބުރުއަރީ 2017

ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު

07 ފެބުރުއަރީ 2017
ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު
07 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

07 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް
06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
28 ޖެނުއަރީ 2017

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

28 ޖެނުއަރީ 2017
ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް
14 ޖެނުއަރީ 2017

ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް

14 ޖެނުއަރީ 2017
ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް
10 ޖެނުއަރީ 2017

އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް

10 ޖެނުއަރީ 2017
އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު