Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިރާގު ދިވެހި ޕްރިމިއާ ލީގު

ދަ ގްރާންޑޭ ބަލިކޮށް ގްރީން ސްޓްރީޓްސް ތިންވަނައަށް

ތާވަލުގެ ތިންވަނައަށް ގްރީން ޖެހިލީ 17 ޕޮއިންޓާއެކު

އަތޫފް އާތިފް
އަތޫފް އާތިފް | 4 އެޕްރީލު 2021 | އާދީއްތަ 18:53
ދަ ގްރާންޑޭ އާއި ގްރީން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ގްރީން މޮޅުވީ 2-0 ން

ދަ ގްރާންޑޭ އާއި ގްރީން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ގްރީން މޮޅުވީ 2-0 ން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު ބަލިކޮށް، ތާވަލުގެ ތިންވަނައަށް ކުލަބު ގްރީން ސްޓްރީޓްސް ޖެހިލައިފިއެވެ.

ޤައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މެޗުން ގްރީން ސްޓްރީޓްސް މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ކުރީކޮޅު ދަ ގްރާންޑޭއިން ހަމަލާތަކެއް އުފެއްދި ނަމަވެސް، އެ ޓީމަށް މައްސަލަތަކެއް ދިމާވީ 13 ވަނަ މިނެޓުގައި އެ ޓީމުގެ ކެޕްޓަން އަޙްމަދު ވިޖްދާނު (ވިޖުއްކޮ) އަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. އޭނާއަށް ރަތް ކާޑު ދެއްކީ ގްރީން ސްޓްރީޓްސްގެ އަންޞާރު އިބްރާހީމް (އަންކޮ) އަށް ކުރި ފައުލާ ގުޅިގެންނެވެ.

އެއާއެކު ދަ ގްރާންޑޭގެ އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ގްރީން ސްޓްރީޓްސްއިން ނެގިއިރު، މެޗުގެ 33 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ހަސަން ނަޒީމް (ޗޯޓު) އެވެ. އަދި އޭގެ ފަހުން ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ދަ ގްރާންޑޭގެ އަލީ އިފާޒަށްވެސް ރެފުރީ ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ. އޭނާއަށް ރަތް ކާޑު ދެއްކީ ރެފުރީއާ ހުތުރު ބަހުން މުޢާމަލާތު ކުރި ކަމަށް ނިންމާފައެވެ.

އެއާއެކު ދެ ކުޅުންތެރިއަކު މަދުކޮށް މި މެޗުގެ ދެވަނަ ހާފު ދަ ގްރާންޑޭއިން ކުޅުނުއިރު، އެ ޓީމުން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ 79 ވަނަ މިނެޓުގައެވެ. ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) ގެ އެހީތެރިކަމާއެކު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މުޙައްމަދު ރިޝްވާނެވެ.

މި މެޗަށްފަހު ވާހަކަދައްކަމުން ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުޙައްމަދު ބުނީ ދަ ގްރާންޑޭގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކުމާއެކު، ގްރީން ސްޓްރީޓްސްގެ ކުޅުންތެރިން މެޗު ފަސޭހަކޮށްލިތަން ފެނިގެންދިޔަ ކަމަށެވެ. އަދި މި މެޗުގައި ގްރީން ސްޓްރީޓްސްއިން އުފެއްދި ހަމަލާތައް ދިފާއުކުރުމުގައި ދަ ގްރާންޑޭގެ ގޯލްކީޕަރު އިޔާން އަބްދުލް އަލީމުގެ ހުށިޔާކަން ނިސްތާރު ވަނީ ފާހަގަކޮށްފައެވެ.

ދަ ގްރާންޑޭގެ ކޯޗު އިސްމާޢީލް މަހަފޫޒް (އިންމަ) ބުނީ މެޗުގައި ކުޅުންތެރިން ދެއްކި ހިތްވަރު ފާހަގަކުރާ ކަމަށާއި، އެގޮތުން އެ ޓީމުގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކި ނަމަވެސް، ދަ ގްރާންޑޭއިން ލަނޑު ޖެހުމަށް ގިނަ ފުރުޞަތުތަކެއް ތަނަވަސްކުރި ކަމަށެވެ. އަދި އިފާޒަށް ދެއްކި ރަތް ކާޑާ މެދު ސުވާލު އުފެދޭ ކަމަށާއި، އެގޮތުން ރެފުރީއާ ދިމަލާށް އިފާޒް ހުތުރު ބަހުން މުޢާމަލާތު ނުކުރާ ކަމަށްވެސް އިންމަ ވަނީ ބުނެފައެވެ.

ދަ ގްރާންޑޭ އަތުން ހޯދި މޮޅާއެކު ތާވަލުގެ ތިންވަނައަށް ގްރީން ސްޓްރީޓްސް ޖެހިލީ ކުޅުނު 11 މެޗުން ލިބުނު 17 ޕޮއިންޓާއެކުއެވެ. އަދި ތާވަލުގެ ހަތަރުވަނައަށް ދަ ގްރާންޑޭ ވެއްޓުނުއިރު، އެ ޓީމަށް 11 މެޗުން ލިބިފައިވަނީ 16 ޕޮއިންޓެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުދަ ގްރާންޑޭ ސްޕޯޓްސް ކުލަބުކުލަބް ގްރީން ސްޓްރީޓްސް

އިތުރަށް ކިޔާލަން

21 ޑިސެމްބަރު 2025

ފަހަތުން އަރައި ބުރުން އީގަލްސް ބަލިކޮށްފި

21 ޑިސެމްބަރު 2025
ފަހަތުން އަރައި ބުރުން އީގަލްސް ބަލިކޮށްފި
20 ޑިސެމްބަރު 2025

ދެ ވަނަ ބުރުގައި ވިކްޓަރީ އިން ނިއު ރޭޑިއަންޓް ބަލިކޮށްފި

20 ޑިސެމްބަރު 2025
ދެ ވަނަ ބުރުގައި ވިކްޓަރީ އިން ނިއު ރޭޑިއަންޓް ބަލިކޮށްފި
20 ޑިސެމްބަރު 2025

ޔޫވީ ބަލިކޮށް، އޮޑި ދެ ވަނައިގައި

20 ޑިސެމްބަރު 2025
ޔޫވީ ބަލިކޮށް، އޮޑި ދެ ވަނައިގައި
14 ޑިސެމްބަރު 2025

ވިކްޓަރީ އިން އީގަލްސްގެ މައްޗަށް ކުރި ހޯދައިފި

14 ޑިސެމްބަރު 2025
ވިކްޓަރީ އިން އީގަލްސްގެ މައްޗަށް ކުރި ހޯދައިފި
13 ޑިސެމްބަރު 2025

ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް

13 ޑިސެމްބަރު 2025
ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް
01 ޑިސެމްބަރު 2025

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ޔޫވީ އިން ގްރީން ބަލިކޮށްފި
30 ނޮވެމްބަރު 2025

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި
30 ނޮވެމްބަރު 2025

ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

30 ނޮވެމްބަރު 2025
ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް
29 ނޮވެމްބަރު 2025

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ
29 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު