Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ލިވަޕޫލާއި ސިޓީ ކުރިއަށް

ސިޓީ މޮޅުވީ ލެސްޓާ އަތުން 2-0 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 3 އެޕްރީލު 2021 | ހޮނިހިރު 21:40
އާސެނަލާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލިވަޕޫލް މޮޅުވީ 3-0 ން

އާސެނަލާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލިވަޕޫލް މޮޅުވީ 3-0 ން

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ އާސެނަލް ބަލިކޮށް ގަދަ ހަތަރެއްގެ އުއްމީދު އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލުން އާކުރިއިރު، ލެސްޓާ ސިޓީ ބަލިކޮށް ލީގު ޗެމްޕިއަންކަން ހޯދުމާ ގާތަށް މެންޗެސްޓާ ސިޓީ ޖެހިލައިފިއެވެ.

ގަދަ ހަތަރެއްގެ އުއްމީދު ލިވަޕޫލުން އާކުރީ ރަށުން ބޭރުގައި ކުޅުނު މެޗުން އާސެނަލް އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، މުޅި މެޗު ކޮންޓްރޯލް ކޮށްގެން ކުޅެފައިވަނީ ލިވަޕޫލުންނެވެ. އެގޮތުން ލިވަޕޫލުން މި މެޗުގައި ގިނަ ހަމަލާތަކެއް އުފެއްދިއިރު، އެ ޓީމުން ލީޑު ނަގާފައިވަނީ މެޗުގެ 64 ވަނަ މިނެޓުގައެވެ. ޓްރެންޓް އަލެކްސަންޑަ-އާނޯލްޑް ނަގައިދިން ހުރަހަކުން މި ލަނޑު ލިވަޕޫލަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޑިއޯގޯ ޖޮޓާއެވެ.

އަދި އޭގެ ހަތަރު މިނެޓު ފަހުން ލިވަޕޫލަށް ލީޑު ފުޅާކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު ސަލާހެވެ. އަދި މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށް، އާސެނަލުގެ ގަބްރިއެލް މަގަލްހައެސް ހެދި ގޯހެއްގެ ފައިދާ ނަގައި، މެޗުގައި މޮޅު ކުޅުމެއް ދެއްކި ޖޮޓާ ވަނީ ލިވަޕޫލުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

މި މޮޅާއެކު ތާވަލުގެ ފަސްވަނައަށް ލިވަޕޫލް ޖެހިލިއިރު، އެ ޓީމަށް ކުޅުނު 30 މެޗުން ވަނީ 49 ޕޮއިންޓް ލިބިފައެވެ. ތާވަލުގެ ހަވަނައަށް ވެއްޓުނު ވެސްޓް ހޭމް ޔުނައިޓެޑަށް 29 މެޗުން 49 ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނައިގައި އޮތް ޗެލްސީއަށް 30 މެޗުން ލިބިފައިވަނީ 51 ޕޮއިންޓެވެ. މީގެ އިތުރުން ލިވަޕޫލް އަތުން ބަލިވި އާސެނަލް އޮތީ ތާވަލުގެ ނުވަވަނައިގައި 30 މެޗުން 42 ޕޮއިންޓާއެކުއެވެ.

މީގެ އިތުރުން ލީގު ޗެމްޕިއަންކަން ހޯދުމާ ގާތަށް ސިޓީ ޖެހިލީ ރަށުން ބޭރުގައި ކުޅުނު މެޗުން ލެސްޓާ އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި މެޗުން ސިޓީ މޮޅުވިއިރު، ބާކީ އޮތް ހަތް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެގެން ސިޓީއަށް ލީގު ޗެމްޕިއަންކަން ކަށަވަރުކުރެވޭނެއެވެ.

ލެސްޓާގެ ދަނޑުގައި ކުޅުނު މެޗުގައި ސިޓީން މޮޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުން ލީޑު ނަގާފައިވަނީ ދެވަނަ ހާފު ފަށައިގެން 13 ވަނަ މިނެޓުގައެވެ. މި ލަނޑު ސިޓީއަށް ކާމިޔާބުކޮށްދިނީ ބެންޖަމިން މެންޑީއެވެ. އަދި މެޗުގެ 74 ވަނަ މިނެޓުގައި ރަހީމް ސްޓާލިން ދިން ބޯޅައަކުން ގަބްރިއެލް ޖީސޫސް ވަނީ ލަނޑެއް ޖަހައި، ސިޓީގެ ލީޑު ފުޅާކޮށްދީފައެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައިގައި ސިޓީ އޮތީ 17 ޕޮއިންޓުގެ ލީޑަކާއެކުއެވެ. އެގޮތުން ކުޅުނު 31 މެޗުން ސިޓީއަށް 74 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 29 މެޗުން ވަނީ 57 ޕޮއިންޓް ލިބިފައެވެ. އަދި ސިޓީ އަތުން ބަލިވި ލެސްޓާ އޮތީ ތާވަލުގެ ތިންވަނައިގައި 30 މެޗުން 56 ޕޮއިންޓާއެކުއެވެ.

ޕްރިމިއަރ ލީގުލިވަޕޫލްމެންޗެސްޓަރ ސިޓީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު