Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާސީގެ ލޭ ހަދިޔާ ކުރުމުގެ ކެމްޕޭން

މާސީން ލޭ ހަދިޔާކުރުމުގެ ކެމްޕޭނެއް ފަށައިފި

މިއީ އަންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ ހަރަކާތެއް

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު, ރާއްޖެ އެމްވީ | 3 އެޕްރީލު 2021 | ހޮނިހިރު 06:29
މާސީގެ ލޭ ހަދިޔާކުރުމުގެ ކެމްޕޭން

މާސީގެ ލޭ ހަދިޔާކުރުމުގެ ކެމްޕޭން

އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ މާސީގެ ފަރާތުން ލޭ ހަދިޔާ ކުރުމުގެ ކެމްޕޭނެއް ހޮނިހިރު ދުވަހު ފަށައިފިއެވެ.

މާސީން ބުނީ، މި ހަރަކާތަކީ، ތެލެސީމިއާ ސެންޓަރަށް ލޭ ލިބުމުގެ ދަތިކަން ކުރިމަތިވެފައިވާތީ، ލޭގެ އެހީތެރިކަން ފޯރުކޯށްދިނުމަށް ބޭއްވޭ ޚާއްސަ ހަރަކާތެއް ކަމަށެވެ.

"އަހަރެމެންގެ ލޭ – އެކުދިންގެ ފުރާނަ " މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ ކެމްޕޭން ހަރަކާތުގައި ލޭ ހަދިޔާ ކުރަން ބޭނުންވާ މީހުންނަށް، އޭޕްރީލް 3 ވަނަ ދުވަހުގެ ހެނދުނު 10 އަކުން ހަވީރު 6އަކާ ދެމެދު ތެލެސީމިއާ ސެންޓަރަށް ވަޑައިގެން ލޭ ހަދިޔާ ކުރެވޭނެ ކަމަށް، އެ ޖަމްއިއްޔާއިން މައުލޫމާތު ދެއެވެ.

މާސީގެ ނާއިބުރައީސާ މަރިޔަމް ނިޔާޝާ "ރާއްޖެއެމްވީ" އަށް ވިދާޅުވީ، ލޭ ހަދިޔާކުރުމުގެ ކެމްޕޭނަށް ތައްޔާރުވުމުގެ ގޮތުން، ސޯޝަލް މީޑިއާގައި، ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައި ވާކަމަށެވެ. އަދި ކެމްޕޭނުގައި ރެޖިސްޓަރީ ކުރަން ބޭނުންވާ މީހުންނަށް އެފުރުސަތު ހުޅުވާލައިގެން ކުރިއަށް ގެންދެވިފައިވާ ކަމަށެވެ.

އެގޮތުން ކުރިއަށް ގެންދިޔަ ހަރަކާތުގައި 80 އަށް ވުރެ ގިނަ މީހުން ނަން ނޯޓު ކޮށްފައި ވާކަމަށް މާސީން މައުލޫމާތުދެއެވެ. މީގެއިތުރުން، ކުރިން ނަން ނޯޓު ކޮށްފައި ނުވާ މީހުންނަށް ވެސް، ލޭ ހަދިޔާ ކުރުމުގެ ހަރަކާތް ކުރިއަށްދާ ވަގުތު، ތެލެސީމިއާ ސެންޓަރަށް ދިއުމުން، ލޭ ނެގުމުގެ އިންތިޒާމު ހަމަޖެހިގެން ދާނެކަމަށް މާސީން ބުންޏެވެ.

ވީހާވެސް ގިނަބަޔަކު މި ހަރަކާތުގައި ބައިވެރިވެ ލޭ ހަދިޔާ ކުރާނެ ކަމަށް މާސީން އުންމީދުކުރެއެވެ.

މިއީ މާސީން އިސްނަގައިގެން ކުރިއަށް ގެންދާ، ލޭ ހަދިޔާ ކުރުމުގެ ފުރަތަމަ ކެމްޕޭނެވެ. އެހެން ނަމަވެސް ކުރިމަގުގައި، މިފަދަ ގިނަ ހަރަކާތްތައް ރާވާފައިވާ ވާކަމަށް މާސީން ބުނެއެވެ.

މާސީ އަކީ މުޖުތަމައުގައި އެހީތެރިކަމަށް ބޭނުންޖެހިފައިވާ މީހުންނަށް، އެހީތެރިވުމުގެ ގޮތުން ޒުވާނުންތަކެއް އިސްނަގައިގެން ހިންގާ ޖަމުޢިއްޔާއެކެވެ. އެގޮތުން ދަތި ހާލުގައި އުޅެމުންދާ މީހުންނަށް އެހީތެރިވުމަށް، ކޮންމެ އަހަރެއްގެ ރަމަޟާން މަހު، އެ ޖަމްއިއްޔާއިން ކުރިއަށްގެންދާ "ހަދިޔާ ވަށި" ޕްރޮގްރާމް ފާހަގަކޮށްލެވެއެވެ.

ނޭޝަނަލް ތެލެސީމިއާ ސެންޓަރ

ކޮމެންޓް

އިތުރަށް ކިޔާލަން

ތެލަސީމިއާ ޚިދުމަތް ފުޅާކުރުމަށް ޚާއްސަ މަސައްކަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ދެއްވައިފި

ތެލަސީމިއާ ޚިދުމަތް ފުޅާކުރުމަށް ޚާއްސަ މަސައްކަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ދެއްވައިފި

09 މެއި 2024
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު