Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޓައިވާނުގެ ރޭލު އެކްސިޑެންޓް

ޓައިވާނުގައި ހިނގި ރޭލު އެކްސިޑެންޓެއްގައި 34 މީހުން މަރުވެއްޖެ

މި ހާދިސާގައި 72 މީހަކަށް އަނިޔާވެފައިވޭ

އަތޫފް އާތިފް
އަތޫފް އާތިފް | 2 އެޕްރީލު 2021 | ހުކުރު 14:51
ޓައިވާނުގައި ހިނގި ރޭލު އެކްސިޑެންޓް، މި ހާދިސާގައި 34 މީހުން ވަނީ މަރުވެފައި

ޓައިވާނުގައި ހިނގި ރޭލު އެކްސިޑެންޓް، މި ހާދިސާގައި 34 މީހުން ވަނީ މަރުވެފައި

ޓައިވާނުގެ ވެރިރަށް ޓައިޕޭއިން ދަތުރުކުރަމުންދިޔަ ރޭލެއް ދަގަނޑުމަތިން ކައްސާލުމުގެ ސަބަބުން 34 މީހުން މަރުވެ، ގިނަ އަދަދެއްގެ މީހުނަށް އަނިޔާވެއްޖެއެވެ.

ޓައިވާނުގެ ސެންޓްރަލް އެމަޖެންސީ އޮޕަރޭޝަނުން ބުނީ ހުކުރު ދުވަހު މިހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ނޭނގޭ ކަމަށާއި ދަގަނޑު މަތިން ކައްސާލީ ބިންގަރާހެއްގެ ތެރެއިން ދަތުރު ކުރަމުން ދަނިކޮށް ކަމަށެވެ. އަދި ބިންގަރާހުގެ ތެރޭގައި ރޭލުގެ ބައެއް ބައިތައް ތާށިވެފައިވުމުން މީހުން ސަލާމަތް ކުރަން ދަތިވެފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.

ޓައިވާނުގެ ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ 350 މީހުންނާއިއެކު ދަތުރުކުރި މި ރޭލުގައި ތިބި 72 މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އަދި 100 މީހުން ސަލާމަތްކޮށްފައިވާއިރު 34 މީހުން މަރުވެފައިވާ ކަމަށް ބުނެއެވެ. އަނިޔާވި މީހުންގެ އަދަދާއި މަރުވި މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު އޮތް ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

ޓައިވާނުގެ ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މިއީ މިފަހުގެ ތާރީޚުގައި ހިނގި އެންމެ ބޮޑު އެކްސިޑެންޓް ކަމަށާއި، އެގައުމުގައި އެންމެ ފަހުން ނުރައްކާތެރި ރޭލު އެކްސިޑެންޓެއް ހިނގާފައިވަނީ 2018 ވަނަ އަހަރު ކަމަށެވެ. އެ ހާދިސާގައި 18 މީހަކު ވަނީ މަރުވެފައެވެ.  

ޓައިވާން

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

ޖާޕާނާއި ޗައިނާ އާ ދެމެދު ސިޔާސީ ކޯޅުން ބޮޑުވެ، ޖަޕާނުން ސީފުޑް އިމްޕޯޓު ކުރުން ޗައިނާ އިން ހުއްޓާލައިފި

23 ނޮވެމްބަރު 2025
ޖާޕާނާއި ޗައިނާ އާ ދެމެދު ސިޔާސީ ކޯޅުން ބޮޑުވެ، ޖަޕާނުން ސީފުޑް އިމްޕޯޓު ކުރުން ޗައިނާ އިން ހުއްޓާލައިފި
11 ނޮވެމްބަރު 2025

ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

11 ނޮވެމްބަރު 2025
ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ
23 ސެޕްޓެމްބަރު 2024

ޗައިނާއިން ޓައިވާނަށް އަރައިފިނަމަ ރާއްޖެއަށް ކުރާނީ ކޮން އަސަރެއް؟

23 ސެޕްޓެމްބަރު 2024
ޗައިނާއިން ޓައިވާނަށް އަރައިފިނަމަ ރާއްޖެއަށް ކުރާނީ ކޮން އަސަރެއް؟
20 މެއި 2024

ތައިވާންގެ އައު ރައީސްގެ އިންޒާރެއް ޗައިނާ އަށް – ބިރުދެއްކުން ހުއްޓާލާ

20 މެއި 2024
ތައިވާންގެ އައު ރައީސްގެ އިންޒާރެއް ޗައިނާ އަށް – ބިރުދެއްކުން ހުއްޓާލާ
06 އެޕްރީލު 2024

ޓައިވާން ބިންހެލުމުގައި މަރުވި އިތުރު ދެ މީހެއްގެ ހަށިގަނޑު ފެނިއްޖެ

06 އެޕްރީލު 2024
ޓައިވާން ބިންހެލުމުގައި މަރުވި އިތުރު ދެ މީހެއްގެ ހަށިގަނޑު ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު