Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ކުނީގެ ބޭނުން

‎ޓްރޭޝް ކިޗަންގައި ކުނިން އަވި އައިނު!

މި އަވިއައިނު ޕްރޮޖެކްޓަކީ ދެމެހެއްޓެނިވި ފެޝަން ކުރިއެރުވުމަށް ރަނގަޅު އިސްނެގުމެކެވެ. ‎

ނާޒުމީ ސައީދު
ނާޒުމީ ސައީދު, ރާއްޖެ އެމްވީ | 11 ސެޕްޓެމްބަރު 2024 | ބުދަ 10:47
‎ޕްލާސްޓިކް ކުނިން އުފައްދާފައިވާ އަވިއައިނުތަކެއް ތައިވާނުގެ ވެރިރަށް ތައިޕޭގައި ހުންނަ ޓްރޭޝް ކިޗަންގައި ދައްކާލަނީ

‎ޕްލާސްޓިކް ކުނިން އުފައްދާފައިވާ އަވިއައިނުތަކެއް ތައިވާނުގެ ވެރިރަށް ތައިޕޭގައި ހުންނަ ޓްރޭޝް ކިޗަންގައި ދައްކާލަނީ

ޕްލާސްޓިކް ފުޅީގެ މަތިތަކާއި، ކާބޯތަކެތި ބަންދުކުރާ ތަކެއްޗާއި، އެއްފަހަރު ބޭނުންކުރާ ސާމާނުތަކާއި އަދި އުކާލެވޭ ކުޅޭ ތަކެތި ފަދަ އެއްޗެހިތަކަކީ، ޓައިޕޭގައި ހުންނަ ކުނި މަދުކުރުމުގެ ވާރކްޝޮޕެއްގައި މީހުން ގަޔާވާ އެއްޗެއްސަށް ބަދަލުކޮށްލާ ތަކެއްޗެވެ.

‎ކަސްޓަމަރުންނަށް ރީސައިކަލްކުރުމުގެ މަރުޙަލާގައި އަމަލީގޮތުން ބައިވެރިވުމުގެ ފުރުސަތު ލިބެއެވެ. އެމީހުން ގެއިން ގެންނަ ޕްލާސްޓިކް ކުނި ބޭނުންކޮށްގެން، ދެ ގަޑިއިރުގެ ތެރޭގައި އަވިއައިނަކަށް ބަދަލުކުރެވެއެވެ.

ހުއާންގ ބުނިގޮތުގައި، ތައިވާންގެ މި ކުންފުނިން އެމީހުން 2017 ގައި ތަރައްޤީކުރި "މިނީޓްރޭޝްޕްރެސޯ" ކިޔާ މެޝިނެއް ބޭނުންކޮށްގެން ޕްލާސްޓިކާއި އޯގަނިކް ކުނިން ޓައިލްސް، ވެލި، ހޭންގަރު އަދި އެހެނިހެން ބޭނުންތެރި ތަކެތިވެސް އުފައްދައެވެ.

‎ފެޝަން މަޖައްލާ ހާރޕާރސް ބަޒާރ ތައިވާންގެ އެޑިޓަރ އިން ޗީފް ކޯރާ ޝެއި ބުނިގޮތުގައި، މި އަވިއައިނު ޕްރޮޖެކްޓަކީ ދެމެހެއްޓެނިވި ފެޝަން ކުރިއެރުވުމަށް ރަނގަޅު އިސްނެގުމެކެވެ.

"އަހަރެން ދެކޭގޮތުގައި ތިމާވެށި ރައްކާތެރިކުރުމާއި ފެޝަން އަދިވެސް ވަރަށް ދުރަށް ދާންޖެހޭ. ކަސްޓަމަރުންނަށް، އަމިއްލަ ތަޖުރިބާ ލިބުމަކީ ވަރަށް މުހިންމު ކަމެއް. އެހެންކަމުން މިފަދަ ވޯކްޝޮޕެއް ވަރަށް ބޭނުންތެރި،" އޭނާ ބުންޏެވެ.

‎ބައިވެރިން ބުނިގޮތުގައި މި ވޯކްޝޮޕުން އެމީހުންނަށް ކުނި އުފެއްދުމާމެދު ދެވަނަ ފަހަރަށް ވިސްނުމަށާއި އަލުން ބޭނުންކުރެވޭ ތަކެއްޗަށް އިތުރަށް ސަމާލުކަން ދިނުމަށް ހިތްވަރު ލިބުނެވެ.

"އަހަރެންގެ ދެ ދަރިން އެބަތިބި. އެމީހުންގެ މުސްތަޤުބަލާމެދު ވިސްނަން ޖެހޭ، ނުވިސްނާ ކުނި އުކާލައިފިއްޔާ، މައްސަލަ ފަހަތަށް ޖައްސަނީ. އެހެންވީމާ، ކޮންމެ މީހަކުވެސް ވީވަރަކުން މަސައްކަތްކޮށް، ރީސައިކަލްކޮށް، ޕްލާސްޓިކް މަދުކޮށްފިއްޔާ، އެއީ ވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް،" 40 އަހަރުގެ ވިޔަފާރިިވެރިޔާ ޑެބީ ވޫ ބުންޏެވެ.

‎ތައިވާނުން 2023 ގައި ރެކޯޑު އަދަދެއްގެ 11.58 މިލިއަން މެޓްރިކް ޓަނުގެ ކުނި އުފެއްދިއެވެ. މީގެ ތެރޭގައި 6.27 މިލިއަން ޓަނުގެ ރީސައިކަލް ކުރެވޭ ކުނި ހިމެނެއެވެ. މިއީ ތިމާވެށީގެ މިނިސްޓްރީގެ ތަފާސްހިސާބުތަކުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަވިގަނޑުތެރޭގައި މަސައްކަތްކުރާ ލޭބަރުންނާމެދު ވިސްނާލެވުނީ ކިތައް ފަހަރު؟

އަވިގަނޑުތެރޭގައި މަސައްކަތްކުރާ ލޭބަރުންނާމެދު ވިސްނާލެވުނީ ކިތައް ފަހަރު؟

26 އޯގަސްޓު 2023
އިންތިޚާބީ އަހަރެއްގައި މޯދީގެ ގުޖުރާތު ސްޓޭޓްގެ އަވަށަކަށް އިރުގެ އަވިން ހިނިތުންވުން

އިންތިޚާބީ އަހަރެއްގައި މޯދީގެ ގުޖުރާތު ސްޓޭޓްގެ އަވަށަކަށް އިރުގެ އަވިން ހިނިތުންވުން

03 ނޮވެމްބަރު 2022
"ކޭޝް ފޮރ ޓްރޭޝް": ކުނި ވަކިކޮށްގެން މާލީ ފައިދާ ހޯދަން ކެރިދާނެތަ؟

"ކޭޝް ފޮރ ޓްރޭޝް": ކުނި ވަކިކޮށްގެން މާލީ ފައިދާ ހޯދަން ކެރިދާނެތަ؟

17 ސެޕްޓެމްބަރު 2022
ޖޭސަން މޮމޯއާގެ އަނގައިގައި އޮތް ބިސްކޯދެއް ސާރިދޯޅަކަށް ކާންދޭ ވީޑިއޯ ދެކުނިންތަ؟

ޖޭސަން މޮމޯއާގެ އަނގައިގައި އޮތް ބިސްކޯދެއް ސާރިދޯޅަކަށް ކާންދޭ ވީޑިއޯ ދެކުނިންތަ؟

03 ނޮވެމްބަރު 2019
ކޮންމެ ދުވަހަކީ އަވިދޭ ދުވަހަކަށް ނުވާނެ، ބައެއް ދުވަސްތަކުގައި ވާރޭ ވެސް ވެހޭ: އާލިއާ

ކޮންމެ ދުވަހަކީ އަވިދޭ ދުވަހަކަށް ނުވާނެ، ބައެއް ދުވަސްތަކުގައި ވާރޭ ވެސް ވެހޭ: އާލިއާ

22 އެޕްރީލު 2019

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު