Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖަމާޢަތުގައި ނަމާދުކުރުން

ޖަމާއަތުގައި ގައިދުރުކޮށް ނަމާދުކުރުން ނިމުމަކަށް

ގައިދުރުކަމާއެކު ނަމާދުކުރުން ކުރިއަށްގެންދިޔުމަށް އެންގީ މާރޗް 1ގައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 2 އެޕްރީލު 2021 | ހުކުރު 13:14
އިސްލަމީ މަރުކަޒު

އިސްލަމީ މަރުކަޒު

ކޮވިޑް-19 އާއި ގުޅިގެން ޖަމާއަތުގައި ގައިދުރުކަމާއެކު ނަމާދުކުރުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނިމުމަކަށް ގެނެސްފިއެވެ.

އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒާހިރު އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައިދުރުކޮށް ނަމާދު ކުރުމަށް ނިންމާފައިވާ ނިންމުން 2 އޭޕްރީލްވާ ހުކުރު ދުވަހުގެ މަޣުރިބު ނަމާދަށްފަހު ނިމުމަކަށް ގެނެސްފައިވާކަމަށެވެ. އަދި ހުކުރު ދުވަހުގެ މަޣުރިބު ނަމާދުން ފެށިގެން މިސްކިތްތަކުގައި ނަމާދުކުރާނީ ޖަމާއަތުގައި ކައިރި ކައިރީ ތިބެގެންނެވެ.

ކޮވިޑްގެ ހާލަތު ގޯސްވެ ޖަމާއަތުގައި ގައިދުރުކަމާއެކު ނަމާދުކުރުން ކުރިއަށްގެންދިޔުމަށް މާރޗް 1 ވަނަ ދުވަހު ވަނީ އަންގާފައެވެ. މާލޭގައި ކޮވިޑް-19ގެ ހާލަތު ގޯސްވެ މި ސަރަހައްދުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލަންޖެހޭ ހާލަތަށް ގޮސްފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ އޭރު ބުނެފައެވެ. އެގޮތުން ކޮވިޑް-19 ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދިއުމާއި، ހާލަތު އިތުރަށް ގޯސްވަމުންދާކަމަށް ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދެއްވާފައިވާތީ، ފަތުވާ މަޖިލީހާއި ދީނީ އިލްމުވެރިންނާ މަޝްވަރާކޮށް، މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، 01 މާރޗް 2021 ވާ ހޯމަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެން ކޮވިޑްގެ މިހާލަތުން ލުޔެއް ލިބެންދެން ގްރޭޓަރ މާލޭ ސަރަހައްދުގެ ހުރިހާ މިސްކިތެއްގައި ނަމާދުގެ ޖަމާއަތް، ގައި ދުރުކަމާއެކު ކުރިއަށް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އޭރު އަންގާފައެވެ. މިގޮތަށް ނިންމާފައިވަނީ މިސްކިތުގެ ޖަމާއަތް މެދުކަނޑާލައި މިސްކިތް ބަންދުކުރުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްދަތިކަމަކަށްވުމާއި، މިހާލަތުން އަރައިގަތުމަށް ކުރެވެން އޮތްކަމަކީ މިސްކިތް ބަންދު ކުރުމުގެ ބަދަލުގައި ގައިދުރުކަމާއިއެކު ނަމާދުގެ ޖަމާއަތް، ހެދުން ކަމުގައި ފަތުވާ މަޖިލީހާއި ބައެއް އިލްމުވެރިން ލަފާދެއްވާފައިވާތީކަމަށް އިސްލާމިކް މިނިސްޓްރީން އޭރު މައުލޫމާތުދެއެވެ.

ނަމާދު ގައިދުރުކޮށް ކުރުމަށް ނިންމި ނިންމުމާއިމެދު ދީނީ އިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވެސް ވެފައިވެއެވެ. ނަމަވެސް ރާއްޖޭގެ ފަތުވާ މަޖިލީހުންވެސް މިހާލަތުގައި ގައިދުރުކޮށް ނަމާދު ކުރެވިދާނެކަމަށްވަނީ ބުނެފައެވެ.

އިސްލާމިކް މިނިސްޓްރީ

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި
25 ނޮވެމްބަރު 2025

އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

25 ނޮވެމްބަރު 2025
އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި
10 ނޮވެމްބަރު 2025

އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

10 ނޮވެމްބަރު 2025
އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި
30 އޮކްޓޯބަރު 2025

މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

30 އޮކްޓޯބަރު 2025
މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ
30 އޮކްޓޯބަރު 2025

ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ

30 އޮކްޓޯބަރު 2025
ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ
23 އޮކްޓޯބަރު 2025

ބ. ތުޅާދޫ މަސްޖިދުއްރަޙްމާން އާއި ބެހޭ ގޮތުން ޝަހީމް ހެއްދެވީ ހުސް ދޮގު: ކައުންސިލް

23 އޮކްޓޯބަރު 2025
ބ. ތުޅާދޫ މަސްޖިދުއްރަޙްމާން އާއި ބެހޭ ގޮތުން ޝަހީމް ހެއްދެވީ ހުސް ދޮގު: ކައުންސިލް
23 އޮކްޓޯބަރު 2025

ހުރިހާ މަޝްރޫއުތަކެއް ހަވާލުކޮށްފައި ވަނީ ޕްރޮސަސްގެ ތެރެއިން އެންމެ ގާބިލް ކުންފުނިތަކާ: ކުރީގެ އިސްލާމިކް މިނިސްޓަރު

23 އޮކްޓޯބަރު 2025
ހުރިހާ މަޝްރޫއުތަކެއް ހަވާލުކޮށްފައި ވަނީ ޕްރޮސަސްގެ ތެރެއިން އެންމެ ގާބިލް ކުންފުނިތަކާ: ކުރީގެ އިސްލާމިކް މިނިސްޓަރު
23 އޮކްޓޯބަރު 2025

ދަރުވާލާފައި ކިޔައިގެން މިނިސްޓަރު ޝަހީމް ބޭނުންކުރާ އިބާރާތަކީ ވަރަށް ނުބައި އިބާރާތެއް: ކުރީގެ މިނިސްޓަރު

23 އޮކްޓޯބަރު 2025
ދަރުވާލާފައި ކިޔައިގެން މިނިސްޓަރު ޝަހީމް ބޭނުންކުރާ އިބާރާތަކީ ވަރަށް ނުބައި އިބާރާތެއް: ކުރީގެ މިނިސްޓަރު
23 އޮކްޓޯބަރު 2025

ޑރ ޒާހިރު ޝަހީމު އަށް: ޚުތުބާ އާ ބެހޭ ގޮތުން ތިޔަ ހެއްދެވީ ދޮގު، އެއްވެސް ޚުތުބާ އެއް ނުފޮރުވާ، ނުކިޔާކަށް ވެސް ނާންގާ

23 އޮކްޓޯބަރު 2025
ޑރ ޒާހިރު ޝަހީމު އަށް: ޚުތުބާ އާ ބެހޭ ގޮތުން ތިޔަ ހެއްދެވީ ދޮގު، އެއްވެސް ޚުތުބާ އެއް ނުފޮރުވާ، ނުކިޔާކަށް ވެސް ނާންގާ
22 އޮކްޓޯބަރު 2025

މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

22 އޮކްޓޯބަރު 2025
މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު