Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހިޔާ މަޝްރޫއު

ފްލެޓު ދޫކޮށްލުމުގެ ފުރުސަތު ފަންނީ މީހުންނަށް ހުޅުވާލައިފި

ފްލެޓު ދޫކުރަނީ ފެންވަރު ރަނގަޅު ޖާގައިގެ ގޮތުން ތަނަވަސް ތަންތަން ބޭނުންވާނަމަ

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 1 އެޕްރީލު 2021 | ބުރާސްފަތި 08:13
ހިޔާ މަޝްރޫއުގެ ފްލެޓްސް

ހިޔާ މަޝްރޫއުގެ ފްލެޓްސް

ހިޔާ މަޝްރޫއުގައި ފްލެޓު ދޫކުރަން ބަހާލާފައިވާ ކެޓެގަރީތަކުގެ ތެރެއިން ފަންނީ ދާއިރާތަކުން ފްލެޓު ލިބިފައިވާ މީހުންނަށް ފްލެޓު ދޫކޮށްލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ބުނީ ފަންނީ ދާއިރާތަކުގެ ކެޓެގަރީތަކުގެ ތެރެއިން ފެލްޓު ލިބި ދާއިމީ ލިސްޓުގައި ހިމެނިފައިވާ މީހުންނަށް ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫޢުތަކުން އަގު ބޮޑު ނަމަވެސް ޖާގައިގެ ގޮތުން ތަނަވަސް ފްލެޓްތަކަކަށް ބަދަލުވުމަށް ބޭނުންވާ ނަމަ މިހާރު ލިބިފައިވާ ތަންތަން ދޫކޮށްލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ފަންނީ ދާއިރާތަކުގައި މަސައްކަތްކުރާ މީހުންނަކީ އާމްދަނީގެ ގޮތުންވެސް ތަނަވަސް ބަޔަކަށް ވާނެތީ މި ވަގުތު ދިރިއުޅުމުގެ ހާލަތަށް ބަލައި މިހާރު ހުރި ހިޔާ ފަލްޓުތަކުގެ ފެންވަރުގެ ތަންތަނަށް ވުރެ ފެންވަރު ރަނގަޅު ތަނަވަސް ތަންތަނަށް ބޮޑު އަގުގައި ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ރާއްޖެ އެމްވީ އަށް ވިދާޅުވީ ސަރުކާރުން އެ މަސައްކަތް ފަށައިގެން ކުރަމުން އަންނަތާ މިހާރު ދުވަސްކޮޅެއް ވެފައިވާ ކަމަށާއި، އެކަން އެގޮތަށް ނިންމީ ބައެއް މަދަނީ ޖަމިއްޔާތަކާއި އާންމުންނާ ވެސް މަޝްވަރާކުރުމަށް ފަހު ކަމަށެވެ. އަދި ގިނަ ބަޔަކު ބުރަ ވަނީ އެގޮތަށް ކަމަށާއި، ބޭނުމަކީ މިވަގުތު ބޯހިޔާވަހިކަން އެންމެ ބޭނުންވެފައިވާ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދިނުން ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެގޮތަށް ފްލެޓު ދޫކޮށްލާ މީހުންނަށް ދެން އެންމެ އަވަހަކަށް ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫގެ ދަށުން ފްލެޓު ލިބޭނެ ކަމުގެ ޔަގީންކަން އަރުވާނެ ކަމަށެވެ. އަދި މިހާރު ވެސް އެފަދަ ފުރުސަތަކަށް ބޭނުންވެފައި ފަންނީ ދާއިރާއިން ފްލެޓު ލިބުނު ބައެއް މީހުން ތިބި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ހިޔާ މަޝްރޫއުގެ ފްލެޓްތައް ދިނުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް އެކުލަވާލި ރިޕޯޓުގައި ވެސް ހިޔާ މަޝްރޫއަކީ އިޖުތިމާއީ ބޯހިޔާ ވަހިކަމަށް އަމާޒުކުރެވިފައިވާ މަޝްރޫއަކަށް ވީހިނދު އެ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭ މީހުންނަކީ އިޖްތިމާއީ ބޯހިޔާވަހިކަމަށް ބޭނުން ޖެހިފައިވާ ބައެއްކަން ކަށަވަރުރު ކުރިމުގެ މުހިންމުކަން ފާހަގަކޮށްފައިވެއެވެ.

މިދިޔަ ސަރުކާރުން ފެށި ބޯހިޔާވަހިކަމުގެ މަޝްރޫގައި ކެތެގަރީތައް ބަހާލާފައިވާ ގޮތާ މެދު ގިނަ ކަންބޮޑުވުންތަކެއް ހުރި އިރު މިހާރު އެ މަޝްރޫގައި ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓެއް އެކުލަވާލައި އެކަންއޮތީ އެންމެ ފަހު މަރުހަލާގައެވެ. އެގޮތުން މިދިޔަ މަހު ތަޅުދަނޑި ހަވާލުކުރާނެ ކަމަށް ބުނުމަށް ފަހު އެކަން މި މަހަށް ފަސްކޮށްފައިވާއިރު ލަސްވަމުންދަނީ މިފަދަ މައްސަލަތައް ހައްލުކުރުމަށް ކަމަށް ސަރުކާރުން ބުނެއެވެ.

ހިޔާ ފްލެޓްރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2025

ރައީސް އޮފީހުގެ ހަރަދު، ބަޖެޓަށް ވުރެ 7 މިލިއަން ރުފިޔާ އިތުރުވެއްޖެ

17 ޑިސެމްބަރު 2025
ރައީސް އޮފީހުގެ ހަރަދު، ބަޖެޓަށް ވުރެ 7 މިލިއަން ރުފިޔާ އިތުރުވެއްޖެ
11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
27 ނޮވެމްބަރު 2025

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ
05 އޮކްޓޯބަރު 2025

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

05 އޮކްޓޯބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި
30 ސެޕްޓެމްބަރު 2025

ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!

30 ސެޕްޓެމްބަރު 2025
ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!
27 ސެޕްޓެމްބަރު 2025

ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު

27 ސެޕްޓެމްބަރު 2025
ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު
25 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި

25 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި
23 ސެޕްޓެމްބަރު 2025

ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ގެއްލިއްޖެ!

23 ސެޕްޓެމްބަރު 2025
ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ގެއްލިއްޖެ!
21 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު ރައީސް މުއިއްޒު ވިދާޅުވެފައެއް ނެތް: ނިޝާން

21 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު ރައީސް މުއިއްޒު ވިދާޅުވެފައެއް ނެތް: ނިޝާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު