Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް މުއިއްޒު

މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު ރައީސް މުއިއްޒު ވިދާޅުވެފައެއް ނެތް: ނިޝާން

ރައީސް މުއިއްޒަކީ ނޫސްވެރިންނަށް ފިއްލަވައިގެން އުޅުއްވާ ބޭފުޅަކަށްވުމުން ގާނޫނު ކިޔާފަވާ ނޫސްވެރިޔަކާ ދިމާނުވުމުކީ އެކަށީގެންވާ ކަމެއް

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 21 ސެޕްޓެމްބަރު 2025 | އާދީއްތަ 09:56
މަޝްހޫރު ގާނޫނީ ވަކީލް މުހައްމަދު ނިޝާން އިބްރާހިމް ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

މަޝްހޫރު ގާނޫނީ ވަކީލް މުހައްމަދު ނިޝާން އިބްރާހިމް ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މީޑިއާ ކޮންޓްރޯލްކުރާ ގާނޫނާ ގުޅޭގޮތުން ދައްކަވާފައިވާ ވާހަކަފުޅުތަކުން، ރައީސް މުއިއްޒު އެގާނޫނު ވިދާޅުވެފައި ނެތްކަމާއި އަދި އެ ގާނޫނުގައި ހިމެނޭ މާއްދާތަކާ ބެހޭގޮތުން ރައީސަށް އެނގިވަޑައިނުގަންނަވާކަމަށް މަޝްހޫރު ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިހާރު ރައީސް މުއިއްޒު އަތޮޅުތެރޭގެ ބައެއް ރަށްރަށަށް ކުރައްވަމުންގެންދާ ދަތުރުފުޅުގެ ތެރެއިން އެކި ރަށްރަށަށް ގޮސް، މިނިވަން މީޑިއާ ނެތިކޮށް ރައްޔިތުންގެ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިވާ ގޮތަށް އޮތް ގާނޫނު ދިފާއު ކުރައްވަމުންދެއެވެ.

ރައީސް މުއިއްޒު ވިދާޅުވެފައިވަނީ އެ ގާނޫނު އެއްކޮޅުން އަނެއްކޮޅަށް ކިޔާލުމުން، އެއްވެސް ހައްގެއް އުނިވެގެންދާތަނެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި އިންޓަނެޓްގެ ޒަރީއާއިން މައުލޫމާތު ބޭނުންކުރުމަށް ހުރަސްއެޅޭ އެއްވެސް މާއްދާއެއް ނެތް އެގާނޫނުގައި ނެތް ކަމަށްވެސް ވިދާޅުވިއެވެ. އަދި މި ގާނޫނު ކިޔާފައިވާ އެއްވެސް ނޫސްވެރިއަކާ ދިމާވެފައި ނުވާކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ.

އަޅުގަނޑަކަށް އަދި ދިމަލެއް ނުވޭ އިހަށްދުވަހު މި ތަސްދީގުކުރެވިގެންދިޔަ ގާނޫނު ކީ އެއްވެސް ނޫސްވެރިޔަކާ. އަދި ދިމަލެއް ނުވޭ. ހަމަ އަނެކަކު ބުނި ވާހަކައެއް ގަބޫލުކޮށްލައިގެން މި ދަނީ ކުރިއަށް
ރައީސް މުއިއްޒު

ނިޝާން ވިދާޅުވި ގޮތުގައި، ރައީސް މުއިއްޒަކީ ނޫސްވެރިންނަށް ފިއްލަވައިގެން އުޅުއްވާ ބޭފުޅަކަށްވުމުން ގާނޫނު ކިޔާފަވާ ނޫސްވެރިޔަކާ ދިމާނުވުމުކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން ރައީސް އޮފީސް ކުރިމަތީގައި ހުރި ނޫސްވެރިންގެ ފެންޑާ އަށް ނޫސްވެރިން ދާތީވެ އެތަންވެސް ރޫޅާލާފައިވާކަމަށާއި، އެހެންވީމާ ގާނޫނު ކިޔާފައިވާ ނޫސްވެރިންނާ ދިމާވާނީ ކިހިނެއްތޯ ވިދާޅުވެ ނިޝާން ސުވާލު އުފެއްދެވިއެވެ.

ނިޝާން ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގެ 26 މީޑިއާއެއް ވަނީ މި ބިލު ދިރާސާކުރި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުވެ، ބިލުގެ ވަކިވަކި މާއްދާތަކާ ގުޅޭގޮތުން ތަފްސީލީ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. ކޮންމެ މީޑިއާއަކުންވެސް އެ ބޭފުޅުންނަށް ކަނޑައެޅިފައިވާ ވަގުތު ފުރިހަމައަށް ބޭނުންކޮށް، ވަރަށް ތަފްސީލީ ގޮތެއްގައި ކަންބޮޑުވުންތައް ފާޅުކޮށްފައިވަނީ ގާނޫނު އެއްކޮޅުން އަނެއްކޮޅަށް ކިޔާ ރަނގަޅަށް ދިރާސާކޮށްގެން ކަމަށް ނިޝާން ވިދާޅުވިއެވެ.

ދިވެހިރައްޖޭގެ މީޑިއާތަކުގެ ތެރެއިން ބޮޑު އިންސައްތައެއް އެއްވަނީ މި ބިލުގެ ކޮމިޓީ މަރުހަލާގަ، ބިލު ދިރާސާކުރި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުވެ ބިލުގެ ވަކި ވަކި މާއްދާތަކަށް ހަވާލާދީ ކަންބޮޑުވުންތައް ހިއްސާކުރަށްވާފަ. ރަނގަޅަށް ގާނޫނު ކިޔާފަ އޮތީމަ ނޫންތޯ ކޮންމެ މީޑިއާ އަކުންވެސް އެބޭފުޅުންނަށް ކަނޑައަޅާފައިވާ ވަގުތު އެއްކޮށް ބޭނުންކޮށް އެހާ ތަފްސީލީ ގޮތެއްގައި ކަންބޮޑުވުންތަށް ފާޅުކޮށްފައިވަނީ. އެހެންވީމާ މި ގާނޫނުކިޔާފަވާ ނޫސްވެރިޔަކާ ދިމާނުވެއޭ ވިދާޅުވެ ރައީސް މުއިއްޒު ދައްކަވާފަވާ ވާހަކައާ ދޭތެރޭ ހައިރާންވޭ.
ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް

ނިޝާން އަލީ ނިންމާލަމުން ފާހަގަކުރެއްވި ގޮތުގައި، މިއީ ރައީސުލްޖުމްހޫރިއްޔާ އަށް އެނގިވަޑއިގެން މަޖިލީހަށް ހުށަހެޅި ބިލެއްކަމުގައި ވީނަމަވެސް، މި ގާނޫނުގައި ހިމެނޭ ކަންކަމާމެދު ރައީސް މުއިއްޒަށް އެނގިވަޑައިނުގަންނަވާކަން މިހާރު ވަރަށް ފުރިހަމައަށް ސާފުވެއެވެ.

ރައީސް މުއިއްޒުނިޝާން އަލީމީޑިއާ ކޮންޓްރޯލް ބިލުމަޖިލީސްމިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ކޮމެންޓް

އިތުރަށް ކިޔާލަން

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު