Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސް މުއިއްޒު

ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި

މިއަދު 10 ޖަހާ އެހާކަންހާއިރު އަޅުގަނޑަށް ގުޅާފައި ކެންސަލް ކުރީ. ކުރިން އޮތީ ޖަލްސާގައި ވާހަކަ ދައްކާ ގޮތަށް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 25 ސެޕްޓެމްބަރު 2025 | ބުރާސްފަތި 13:21
ރައީސުލްޖުމްހޫރިއްޔާ، ކޮޅުމަޑުލު ކިނބިދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުން 25-09-2025

ރައީސުލްޖުމްހޫރިއްޔާ، ކޮޅުމަޑުލު ކިނބިދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުން 25-09-2025

ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ތ. ކިނބިދޫ އަށް ކުރެއްވި ދަތުރުފުޅުގައި، ކިނބިދޫ ކައުންސިލްގެ ރައީސް އަލީ ހުސެއިން އަށް، ޖަލްސާގައި ވާހަކަ ދެއްކުމުގެ ފުރުސަތު ނުދިނުމުން ޖަލްސާ ބޮއިކޮޓްކޮށްފި އެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީ އާއި ވާހަކަދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ ތ. ކިނބިދޫއަށް ރައީސް މުއިއްޒު ވަޑައިގަންނަވަން ހަމަޖެހިފައި އޮތީ ހެނދުނު 10 ޖަހާ އެހާކަންހާއިރު ކަމަށާއި، ހަމަ އެހާކަންހާއިރު ރައީސް އޮފީހުން، ރައީސް މުއިއްޒު ކިނބިދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ޖަލްސާގެ އެޖެންޑާ އިސްލާހް ކުރުމަށްފަހު ފޮނުވި ކަމަށެއެވެ. އަދި އެޖެންޑާ އިސްލާޙްކޮށްފައި ފޮނުވި އިރު، މީގެ ހަފްތާއެއްހާ ދުވަސް ކުރިން، ޖަލްސާގައި ވާހަކަ ދެއްކުމަށް އެޖެންޑާ ކުރެވި، އެކަމަށް ތައްޔާރަށް ހުންނެވި ކަމަށްވެސް އަލީ ހުސެއިން ވިދާޅުވި އެވެ. ނަމަވެސް ފަހު ވަގުތު މިގޮތަށް އެޖެންޑާއަށް ބަދަލު ގެނެސް ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއްގައި ވާހަކަ ދެއްކުމުގެ ފުރުޞަތު ނުދިނުމުން އެޖަލްސާ ބޮއިކޮޓް ކުރީ ކަމަށް ވިދާޅުވި އެވެ.

ޖަލްސާގައި ވާހަކަ ދެއްކުމުގެ ފުރުޞަތު ނުދިނީ ކީއްވެގެންތޯ ރައީސް އޮފީހުން ގުޅުއްވި ފަރާތާއި ސުވާލު ކުރުމުންވެސް އެކަމަށްވެސް ޖަވާބު ނުދެއްވި ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.

"މިއަދުގެ ޖަލްސާގައި އަޅުގަނޑު ބައިވެރި ނުވީ މާކުރިން އެޖެންޑާކޮށް، ވާހަކަދެއްކުމުގެ ފުރުޞަތު ދޭނެ ކަމަށް ވިދާޅުވެ، އެކަމަށް އަޅުގަނޑު ރެޑީވެފައިވަނިކޮށް، މިއަދު 10 ޖަހާ އެހާކަންހާއިރު އަޅުގަނޑަށް ގުޅާފައި ކެންސަލް ކޮށްލުމުން، ރައްޔިތުންގެ ފަރާތުން ހުރި ކަންކަން ހިއްސާކޮށް ރައްޔިތުންގެ ފަރާތުން ބަހެއް ބުނަން ނުދޭކަން އެންގުމުން، އެބައްދަލުވުމުގެ މަންޒަރު ރީތި ކުރަން އިންނަ މީހެއްގެ ހައިސިއްޔަތުން ބައިވެރިވާން ބޭނުން ނުވީ"
ކިނބިދޫ ކައުންސިލްގެ ރައީސް އަލީ ހުސެއިން

އަލީ ހުސެއިން އިތުރަށް ވިދާޅުވީ ހިޔާލު ތަފާތު ވިޔަސް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ދޭން ޖެހޭ އިޚްތިރާމް ދޭނެ ކަމަށާއި އެމަނިކުފާނު ކިނބިދޫއަށް ވަޑައިގަތުމުން މަރުހަބާ ދެންނެވުމަށްވެސް ވަޑައިގެންނެވި ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ، ތ. ކިނބިދޫ ރަށު ކައުންސިލް އަދި އ.ތ.މ. ކޮމިޓީއާ ބައްދަލުކުރެއްވި އިރު އެބައްދަލުވުމުގައިވެސް ބައިވެރި ކަމަށް ކިނބިދޫ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އަދި އެރަށުގައި އެމަނިކުފާނު ބައިވެރި ވެވަޑައިގެންނެވި ހުރިހާ އިވެންޓްތަކުގައި ކައުންސިލް ރައީސްގެ ހައިސިއްޔަތުން ބައިވެރިވެފައިވާނެ ކަމަށާއި ނަމަވެސް ރައްޔިތުންނާއި ބައްދަލުކޮށް ރައީސް ބައިވެރި ވެވަޑައިގަންނަވާ ޖަލްސާގައި ރައްޔިތުންގެ ފަރާތުން ވާހަކަ ދައްކަން ފުރުޞަތު ނުދިނުމުން ޖަލްސާ ބޮއިކޮޓް ކުރީ ކަމަށެއެވެ.

ރައީސް މުއިއްޒުތ. ކިނބިދޫއަލީ ހުސެއިންބަނޑިދޫ ކައުންސިލް އިދާރާރައީސުލްޖުމްހޫރިއްޔާގެ އޮފީސް ޖަލްސާ ބޮއިކޮޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު