Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާގެ އިދިކޮޅު ލީޑަރު ނަވަލްނީ

ޖަލުން ބޭސްފަރުވާ ނުލިބޭކަމަށް ވިދާޅުވެ، ނަވަލްނީ ބަނޑުހައި ހޫނުކަމުގެ ހަޅުތާލަކަށް!

ރަޝިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ނަވަލްނީގެ މި ތުހުމަތުތައް ދޮގު ކުރައްވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 1 އެޕްރީލު 2021 | ބުރާސްފަތި 02:37
ރަޝިއާގެ އިދިކޮޅު ލީޑަރު ހައްޔަރު ކުރުމަށް އެ ޤައުމުގެ ފުލުހުން މީގެ ކުރިން ޙަރަކާތްތެރިވި މަންޒަރެއް

ރަޝިއާގެ އިދިކޮޅު ލީޑަރު ހައްޔަރު ކުރުމަށް އެ ޤައުމުގެ ފުލުހުން މީގެ ކުރިން ޙަރަކާތްތެރިވި މަންޒަރެއް

ޖަލު ބަންދެއްގައި ހުންނެވި ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީއަށް ޖަލުގައި ނާއިންސާފުން ކަންކަން ކުރަމުންދާކަމަށް ވިދާޅުވެ، ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ކުރެއްވުމަށް ނަވަލްނީ ނިންމަވައިއެވެ.

ނަވަލްނީ މިހާރު ހުންނެވީ މޮސްކޯގެ އިރުން 60 މޭލު ދުރުގައި އޮންނަ "އެލްކޭ-2 ކަރެކްޓިވް ޕީނަލް ކޮލޮނީ" ގައެވެ. އަދި ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ކުރެއްވުމަށް ނިންމަވާފައިވާކަން ނަވަލްނީ އިއުލާނު ކުރައްވާފައިވާއިރު، ސަބަބެއްގެ ގޮތުގައި ފާހަގަ ކުރެއްވީ ޖަލުގައި އެކަށީގެންވާ ބޭސްފަރުވާ ނުލިބޭ މައްސަލައެވެ. އެގޮތުން ބުރަކަށީގައި ރިއްސުމާއި، ކަނާތު ފައިގެ މައްސަލަތަކެއްގެ އިތުރުން، ރަނގަޅަށް ނުނިދޭ މައްސަލައަށް އެކަށީގެންވާ ބޭސްފަރުވާ ޖަލުން ނުލިބޭކަމަށް ނަވަލްނީ ވަނީ ވިދާޅުވެފައެވެ. ނަމަވެސް ރަޝިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ނަވަލްނީގެ މި ތުހުމަތުތައް ދޮގު ކުރައްވާފައެވެ.

ސިއްޙީ ފަރުވާއަށް ޖަރުމަނަށް ވަޑައިގަތުމަށްފަހު ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ އަނބުރާ ޤައުމަށް ވަޑައިގެންފައިވަނީ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ. ނަވަލްނީ ޤައުމަށް ވަޑައިގަތުމާއެކު، އެ ޤައުމުގެ ފުލުހުން އޭރު ވަނީ އޭނާ ހައްޔަރު ކޮށްފައެވެ. އަދި މިހާރު އޭނާގެ މައްޗަށް ޖަލު ޙުކުމްވެސް އިއްވާފައިވާއިރު، ނަވަލްނީ ރަޝިއާއަށް ވަޑައިގެންނެވީވެސް ހައްޔަރުކުރާނެ ކަމުގެ އިންޒާރު ރަޝިއާގެ ޕްރިޒަން ސަރވިސްއިން ދީފައިވާ ދަނޑިވަޅެއްގައެވެ. ހައްޔަރުކުރާނެ ކަމުގެ އިންޒާރު ދީފައިވަނިކޮށް ނަވަލްނީ އެނބުރި ޤައުމަށް ވަޑައިގަތުމަކީ އެ ޤައުމުގެ ރައީސް ވްލަޑިމިއަރ ޕުޓިންގެ ސަރުކާރަށް ކުރައްވާ ޗެލެންޖެއްގެ ގޮތުގައި ބޭރުގެ މީޑިއާތަކުން ވަނީ ސިފަ ކޮށްފައެވެ.

ރަޝިއާ ސަރުކާރުގެ ކޮރަޕްޝަނާ ދެކޮޅަށް އަޑު އުފުއްލަވަމުން ގެންދަވާ ނަވަލްނީގެ ސިއްހީ ހާލުކޮޅު ގޯސްވީ އޮގަސްޓު މަހުގެ 20 ވަނަ ދުވަހު ސައިބީރިޔާ އިން މޮސްކޯއަށް ދަތުރު ކުރަމުން ދިޔަ ފްލައިޓެއްގެ ތެރެއިން ސައިފޮދެއް ހިއްޕެވި ފަހުންނެވެ. އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި ނަވަލްނީ އަށް ވިހަ ދިނުމުގެ ފަހަތުގައި ވަނީ ރަޝިޔާ ސަރުކާރެވެ. އެކަމަކު ސަރުކާރުން ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ. ޖަރުމަނުގެ ހޮސްޕިޓަލުގައި 32 ދުވަސް ވަންދެން ފަރުވާ ހޯއްދެވުމަށްފަހު ނަވަލްނީ ހޮސްޕިޓަލުން ދޫކޮށްލާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. ނަވަލްނީ ހޮސްޕިޓަލުުން ދޫކޮށްލާފައިވާއިރު، އޮކްޓޯބަރު މަހުގެ 20 ހިސާބުގައި އާލާސްކަންފުޅުގެ ހުރިހާ އަލާމާތެއް ވެސް ފިލައިގެން ގޮސްފައިވާ ކަމަށް ރޮއިޓަރސްގައި ރިޕޯޓް ކޮށްފައިވެއެވެ.

އެއާއެކު ރަޝިއާގެ ސަރުކާރުން އޭރުވެސް ވަނީ ނަވަލްނީ އަނބުރާ ޤައުމަށް ގެނައުމަށް ވަރަށް ބޮޑަށް ބާރު އަޅާފައެވެ. އެގޮތުން ނަވަލްނީއަކީ ޙުކުމެއްގެ ދަށުން ސަސްޕެންޝަނެއްގައި ހުންނެވި ބޭފުޅަކަށްވެފައިި، ޤައުމުން ބޭރުގައި ހުންނެވީ ސަސްޕެންޝަންގެ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ ރަޝިއާގެ ޕްރިޒަން ސަރވިސް އިން ވަނީ ވަގުތުން ނަވަލްނީ އެނބުރި ޤައުމަށް ވަޑައިގަތުމަށް އަމުރު ކޮށްފައެވެ. އަދި އަނބުރާ ވަޑައިނުގަންނަވައިފި ނަމަ، ސަސްޕެންޝަން ޖަލު ޙުކުމަކަށް ބަދަލުވެގެން ދިއުން ގާތް ކަމަށް ޕްރިޒަން ސަރވިސް އިން އޭރު ބުނެފައިވެއެވެ. އެންމެ ފަހުން އަނބުރާ ޤައުމަށް ވަޑައިގަތުމާއެކު، ނަވަލްނީއަށް ވަނީ ޖަލު ޙުކުމްވެސް އިއްވާފައެވެ.

ރަޝިއާވްލަޑިމިއަރ ޕުޓިން

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް

އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް

06 ޑިސެމްބަރު 2025
ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ

ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ

06 ޑިސެމްބަރު 2025
ރަޝިޔާ ގެ ރައީސް ޕުޓިން އިންޑިއާ އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ބޮޑު ވަޒީރު މޯދީ އެއަރޕޯޓަށް

ރަޝިޔާ ގެ ރައީސް ޕުޓިން އިންޑިއާ އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ބޮޑު ވަޒީރު މޯދީ އެއަރޕޯޓަށް

05 ޑިސެމްބަރު 2025
އެމެރިކާގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުން ވަރަށް ބޭނުންތެރި: ޕުޓިން

އެމެރިކާގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުން ވަރަށް ބޭނުންތެރި: ޕުޓިން

04 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު