Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބެންޒެމާގެ މައްސަލަ ބަލަން ފެށުން

ބެންޒެމާގެ މައްސަލައިގެ އަޑުއެހުންތައް އޮކްޓޯބަރު މަހު

31 މާރިޗު 2021 | ބުދަ 11:05

މި މައްސަލައިގައި ބެންޒެމާއަށް ފަސް އަހަރުގެ ޖަލު ޙުކުމެއް އައުން ގާތް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 31 މާރިޗު 2021 | ބުދަ 11:05
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް ކަރިމް ބެންޒެމާ

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް ކަރިމް ބެންޒެމާ

އޮރިޔާންކާޑު ބޭނުންކޮށްގެން ފްރާންސްގެ މިޑްފީލްޑަރު މެތިއު ވަލްބުއޭނާއަށް ބިރުދައްކަން މަސައްކަތްކުރި ކަމަށް ކަރިމް ބެންޒެމާގެ މައްޗަށް ކޮށްފައިވާ ތުހުމަތުގެ މައްސަލައިގެ އަޑުއެހުންތައް އޮކްޓޯބަރު މަހަށް ތާވަލުކޮށްފިއެވެ.

ބެންޒެމާ އާއި އަންހެނަކު ގުޅިގެން ވަލްބުއޭނާގެ ވީޑިއޯއެއް ބޭނުންކޮށްގެން އޭނާއަށް ބިރުދައްކައި، ލާރި ހޯދަން މަސައްކަތްކޮށްފައިވަނީ 2015 ވަނަ އަހަރު ފްރާންސުން އަރްމީނިއާއާ ދެކޮޅަށް ކުޅުނު މެޗެއްގެ ކުރިންނެެވެ. މި މައްސަލައިގައި 2015 ވަނަ އަހަރު ބެންޒެމާ ހައްޔަރުކުރި ނަމަވެސް، ރަސްމީ ހައިސިއްޔަތަކުން މައްސަލަ ބަލާފައެއް ނުވެއެވެ. އެކަމަކު އެ ފަހަރު މި މައްސަލައިގައި ފްރާންސްގެ ޤައުމީ ފުޓްބޯޅަ ޓީމުން ބެންޒެމާ ބޭރުކުރިއެވެ.

މިހާ ހިސާބަށް އައިރު މި މައްސަލަ ބަލާފައި ނުވި ނަމަވެސް، ފަސް އަހަރު ފަހުން ބެންޒެމާގެ މައްސަލައިގެ އަޑުއެހުންތައް ފަށާނެ ކަމަށް މިދިޔަ ޖެނުއަރީ މަހު ފްރާންސްގެ ޕްރޮސެކިއުޓަރުން ވަނީ ބުނެފައެވެ. އެއާއެކު މިހާރު މި މައްސަލައިގެ އަޑުއެހުންތައް ވަނީ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުން 22 ވަނަ ދުވަހަށް ތާވަލުކޮށްފައެވެ. ބެންޒެމާގެ އިތުރުން ހަތަރު މީހަކަށް މި މައްސަލައިގެ ތުހުމަތުކުރެވޭއިރު، މި މައްސަލަ ސާބިތުވެއްޖެނަމަ، ބެންޒެމާއަށް ފަސް އަހަރުގެ ޖަލު ޙުކުމެއް އައުން ގާތް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބެންޒެމާގެ މައްސަލައިގެ އަޑުއެހުންތައް އޮކްޓޯބަރު މަހަށް ތާވަލުކުރިއިރު، ފްރާންސްގެ ޕްރޮސެކިއުޓަރުން ތުހުމަތުކުރާ ގޮތުން ބެންޒެމާ ވަނީ ވަލްބުއޭނާގެ ވީޑިއޯއެއް ބޭނުންކޮށްގެން ބެލްކްމެއިލް ކުރާ މީހާ ލައްވައި ވަލްބުއޭނާއަށް ގުޅައި، ބިރު ދެއްކުމުގެ އިތުރުން، އެކަން ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވެފައެވެ.

އެކަމަކު އުމުރުން 33 އަހަރުގެ ބެންޒެމާ މީގެ ކުރިން އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި މައްސަލަ ބަލަން ފެށުމަކީ މިއީ އަނެއްކާވެސް މިކަމުގައި ކުރިއަށްދާނެ އިތުރު ޑްރާމާއެއް ކަމަށެވެ. އަދި ބެންޒެމާގެ ވަކީލު ސިލްވައިން ކޯމިއޭ ވަނީ މި މައްސަލައިގައި ބެންޒެމާ ލަދުގަންނަން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށާއި، ބެންޒެމާ މަސައްކަތް ކުރަމުންދިޔައީ އޭނާއާ އެއް ޓީމަކަށް ކުޅެމުން އަންނަ ކުޅުންތެރިއަކު މި ބިރުވެރި ކަމުން ސަލާމަތްކުރުމަށް ކަމުގައި ވިދާޅުވެފައެވެ. އެކަމަކު ވެލްބުއޭނާ އާއި އޭނާގެ ވަކީލު މަސައްކަތް ކުރަމުންދަނީ އެ ހުރިހާ ކަމެއް އެނގިހުރެ، ބެންޒެމާގެ އަބުރު ކަތިލުމަށް ކަމަށްވެސް ސިލްވައިން ވަނީ ވިދާޅުވެފައެވެ.

މިކަންތައްތައް ހިނގާދިޔައިރު ބެންޒެމާ އާއި ވަލްބުއޭނާއަކީ ބްރެޒިލުގައި 2014 ވަނަ އަހަރު ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕުގައި ކުޅުނު ފްރާންސް ޓީމުގެ ދެ ކުޅުންތެރިންނެވެ. އެކަމަކު މި މައްސަލަ ފެންމަތިވުމަށްފަހު 2015 ވަނަ އަހަރުގެ ފަހުން މި ކުޅުންތެރިންނަށް ފްރާންސް ސްކޮޑުން ފުރުސަތު ދީފައެއް ނުވެއެވެ. އެއާއެކު ބެންޒެމާ މިހާތަނަށް ފްރާންސް ޓީމަށް 81 މެޗު ކުޅެދީފައިވާއިރު، ވަލްބުއޭނާ ވަނީ 52 މެޗު ކުޅެދީފައެވެ.

ކަރިމް ބެންޒެމާ

އިތުރަށް ކިޔާލަން

07 އެޕްރީލު 2024

ލަނޑު ނުޖެހެނީ އެހެން ކުޅުންތެރިން އެހީތެރިނުވާތީވެ: ބެންޒެމާ

07 އެޕްރީލު 2024
ލަނޑު ނުޖެހެނީ އެހެން ކުޅުންތެރިން އެހީތެރިނުވާތީވެ: ބެންޒެމާ
07 އެޕްރީލު 2024

ބެންޒެމާ އެދުނީ މުސްތަޤުބަލަށް ވާނެ ގޮތެއް ބަލަން ތިބުމަށް!

07 އެޕްރީލު 2024
ބެންޒެމާ އެދުނީ މުސްތަޤުބަލަށް ވާނެ ގޮތެއް ބަލަން ތިބުމަށް!
15 ސެޕްޓެމްބަރު 2023

ބެންޒެމާގެ ލަނޑާއެކު މޮޅުވެ، އަލް އިއްތިހާދު އެއް ވަނަ އަށް

15 ސެޕްޓެމްބަރު 2023
ބެންޒެމާގެ ލަނޑާއެކު މޮޅުވެ، އަލް އިއްތިހާދު އެއް ވަނަ އަށް
04 ޖޫން 2023

ރެއާލްގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ ބެންޒެމާ އެ ޓީމު ދޫކޮށްލަން ނިންމައިފި

04 ޖޫން 2023
ރެއާލްގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ ބެންޒެމާ އެ ޓީމު ދޫކޮށްލަން ނިންމައިފި
02 ޖޫން 2023

ރެއާލް ދޫކޮށްލާކަމަށް ދެކެވޭ ވާހަކަތައް ބެންޒެމާ ދޮގުކޮށްފި

02 ޖޫން 2023
ރެއާލް ދޫކޮށްލާކަމަށް ދެކެވޭ ވާހަކަތައް ބެންޒެމާ ދޮގުކޮށްފި
28 ފެބުރުއަރީ 2023

އެމްބާޕޭ އާއި ބެންޒެމާ ފަހަތަށް ޖައްސާލުމަށްފަހު މޮޅު ކުޅުންތެރިޔާގެ އެވޯޑު މެސީ އަށް

28 ފެބުރުއަރީ 2023
އެމްބާޕޭ އާއި ބެންޒެމާ ފަހަތަށް ޖައްސާލުމަށްފަހު މޮޅު ކުޅުންތެރިޔާގެ އެވޯޑު މެސީ އަށް
07 ފެބުރުއަރީ 2023

އަނިޔާގެ ސަބަބުން ބެންޒެމާ އާއި ކޯޓުއާ އަށް އަލް އަހްލީއާ ދެކޮޅަށް ނުކުޅެވޭނެ

07 ފެބުރުއަރީ 2023
އަނިޔާގެ ސަބަބުން ބެންޒެމާ އާއި ކޯޓުއާ އަށް އަލް އަހްލީއާ ދެކޮޅަށް ނުކުޅެވޭނެ
12 ޖެނުއަރީ 2023

ފީފާގެ މޮޅު ކުޅުންތެރިޔާއަށް، މެސީ، އެމްބާޕޭ އަދި ބެންޒެމާ ހިމެނޭހެން، 14 ކުޅުންތެރިޔަކު ނޮމިނޭޓްވެއްޖެ

12 ޖެނުއަރީ 2023
ފީފާގެ މޮޅު ކުޅުންތެރިޔާއަށް، މެސީ، އެމްބާޕޭ އަދި ބެންޒެމާ ހިމެނޭހެން، 14 ކުޅުންތެރިޔަކު ނޮމިނޭޓްވެއްޖެ
20 ޑިސެމްބަރު 2022

ބެންޒެމާ ޤައުމީ ޓީމުން ރިޓަޔާކޮށްފި

20 ޑިސެމްބަރު 2022
ބެންޒެމާ ޤައުމީ ޓީމުން ރިޓަޔާކޮށްފި
17 ޑިސެމްބަރު 2022

"އަހަރެންގެ ޝައުގުވެރިކަމެއް ނެތް"، ބެންޒެމާ މި ބުނަނީ ފައިނަލްގައި ކުޅެން ބޭނުންނުވާ ވާހަކަ؟

17 ޑިސެމްބަރު 2022
"އަހަރެންގެ ޝައުގުވެރިކަމެއް ނެތް"، ބެންޒެމާ މި ބުނަނީ ފައިނަލްގައި ކުޅެން ބޭނުންނުވާ ވާހަކަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް