Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރެއާލް މެޑްރިޑު

ރެއާލްގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ ބެންޒެމާ އެ ޓީމު ދޫކޮށްލަން ނިންމައިފި

މި ފާއިތުވި 14 އަހަރުގެ ތެރޭގައި އޭނާ ވަނީ އެ ކުލަބަށް 647 މެޗު ކުޅެދީ 353 ލަނޑު ޖަހައިފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 ޖޫން 2023 | އާދީއްތަ 10:50
ދުނިޔޭގެ މޮޅު ކުޅުންތެރިިޔާ އަށް ދެމުން އަންނަ ބެލްންޑޯ އާއެކު ބެންޒެމާ

ދުނިޔޭގެ މޮޅު ކުޅުންތެރިިޔާ އަށް ދެމުން އަންނަ ބެލްންޑޯ އާއެކު ބެންޒެމާ

ސްޕެއިންގެ ރެއާލް މެޑްރިޑުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ އަދި އެ ޓީމުގެ ކެޕްޓަން ކަރީމް ބެންޒެމާ މި ސީޒަނަށް ފަހު އެ ޓީމު ދޫކޮށްލަން ނިންމައިފި އެވެ.

އުމުރުން 35 އަހަރުގެ ކުޅުންތެރިޔާ ރެއާލާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ މި ޖޫން މަހުގެ ނިޔަލަށެވެ. އެހެން ނަމަވެސް ރެއާލުން އޮތީ އިތުރު އެއް އަހަރަށް އެއްބަސްވުން އައު ކުރުމަށް ތައްޔާރަށެވެ. އެކަމުގައި ބެންޒެމާ އާއި ރެއާލާ ދެމެދު ކުރިއަސް ގެންދިޔަ މަޝްވަރާތަކަށްފަހު، މިހާރު ނިންމާފައި ވަނީ ކުލަބު ދޫކޮށްލާށެވެ. އެކަން ހާމަކޮށް ރެއާލުން ވަނީ އާދިއްތަ ދުވަހު ބަޔާނެއް ވެސް ނެރެފަ އެވެ. ރެއާލުން ބުނީ އެ ކުލަބުން ބޭނުންވަނީ އެކުލަބުގެ ލެޖެންޑުންގެ ތެރޭގައި ހިމެނުނު ކުޅުންތެރިޔާ އަށް ޝުކުރު އަދާކޮށް، އެ ކުޅުންތެރިޔާ އަށް އޮތް ލޯބި ދެއްކުމަށް ކަމަށެވެ.

މީގެ އިތުރުން ރެއާލްގައި ބެންޒެމާ ހޭދަ ކުރި ކެރިއަރަކީ އަޚުލާޤީ ޕްރޮފެޝަނަލިޒަމްގެ ނަމޫނާއެއް ކަަމަށާއި، އޭނާ އަކީ ކުލަބުގެ އަސާސްތައް ރަމްޒުކޮށްދޭ ކުޅުންތެރިޔެއް ކަމަށް ވެސް ރެއާލުން ވަނީ ބުނެފަ އެވެ. ހަމައެއާއެކު އޭނާގެ މުސްތަޤުބަލާމެދު ގޮތެއް ނިންމުމުގެ ފުރިހަމަ އިޚުތިޔާރު އޮތީ ބެންޒެމާގެ އަމިއްލަ އަތް މަތީގައި ކަމަށް ވެސް ވަނީ ބުނެފަ އެވެ. އިތުރަށް އެ ކުލަބުން ބުނީ ރެއާލްގެ ސަޕޯޓަރުންނާއި، ދުނިޔޭގެ ފުޓުބޯޅައިގައި ސާމިލުވާ ސަޕޯޓަރުން ވެސް ބެންޒެމާގެ ޖާދޫވީ ފުޓުބޯޅައިގައި ބައިވެރިވެ، ފޯރި ނަގާފައިވާ ކަމަށެވެ. އެއީ ބެންޒެމާ އަކީ ރެއާލް އަދި ދުނިޔޭގައި ތިބި މޮޅު ފުޓުބޯޅަ ލެޖެންޑުންގެ ތެރޭގައި ހިމެނުނު އެއް ސަބަބު ކަމަށް އެ ކުލަބުން ވަނީ ބުނެފަ އެވެ. ހަމައެއާއެކު ރެއާލަކީ އަބަދު ވެސް ބެންޒެމާގެ ހޯމް ކަމަށާއި، މުސްތަޤުބަލުގައި އޭނާ އަށް ކާމިޔާބަށް އެދޭ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ލިއޯން ދޫކޮށް ބެންޒެމާ ރެއާލަށް ބަދަލުވީ 2009 ވަނަ އަހަރު އެވެ. އޭގެ ފަހުން މި ފާއިތުވި 14 އަހަރުގެ ތެރޭގައި އޭނާ ވަނީ އެ ކުލަބަށް 647 މެޗު ކުޅެދީ 353 ލަނޑު ޖަހައިފަ އެވެ. އޭނާ އަކީ ރެއާލަށް ފަސް ވަނަ އަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާ އެވެ. އަދި ރެއާލަށް ދެ ވަނަ އަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ. ބެންޒެމާ ވަނީ ރެއާލާއެކު 25 ތައްޓެއް ކާމިޔާބުކޮށްފަ އެވެ. މިއީ ރެއާލްގައި ރެކޯޑު އަދަދެކެވެ. އޭނާ ވަނީ މިދިޔަ އަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދެމުން އަންނަ ބެލެންޑޯ އެވޯޑު ވެސް ހާސިލްކޮށްފަ އެވެ. މިދިޔަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގައި އޭނާ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެއާއެކު ޔުއެފާގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް ބެންޒެމާ އެވެ. ބެންޒެމާ ރެއާލާ އަލްވަދާއު ކިޔުމުގެ އިވެންޓު އަންގާރަ ދުވަހު ބާއްވަން ކުލަބުން ވަނީ ނިންމައިފަ އެވެ. ތާރީޚީ އެ އިވެންޓުގައި އެ ކުލަބުގެ ރައީސް ފްލެރެންޓީނޯ ޕެރޭޒް ވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

ބެންޒެމާ ރެއާލް ދޫކޮށްލަން ނިންމާފައިވާއިރު، އޭނާ ހޯދުމުށް ސައުދީ ޕްރޯ ލީގުގެ ކުލަބަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ކުލަބުން މިހާރު ވަނީ ބެންޒެމާ އަށް ރަސްމީ ހުށަހެޅުމެއް ވެސް ހުށަހަޅައިފަ އެވެ. އެހެންކަމުން ބެލެވޭ ގޮތުގައި ބެންޒެމާ ދެން ފެނުން ގާތީ ސައުދީ ލީގުންނެވެ.

ރެއާލް މެޑްރިޑްކަރިމް ބެންޒެމާ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު