Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ

ފީފާގެ މޮޅު ކުޅުންތެރިޔާއަށް، މެސީ، އެމްބާޕޭ އަދި ބެންޒެމާ ހިމެނޭހެން، 14 ކުޅުންތެރިޔަކު ނޮމިނޭޓްވެއްޖެ

އެވޯޑު ހަފްލާ އޮންނާނީ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 ޖެނުއަރީ 2023 | ބުރާސްފަތި 17:41
ފީފާގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވާދަކުރާ 14 ކުޅުންތެރިން

ފީފާގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވާދަކުރާ 14 ކުޅުންތެރިން

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)އިން ހޮވާ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ނަން އިއުލާންކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ފީފާއިން އާންމުކުރި ނޮމިނޭޝަން ލިސްޓުގައި 14 ކުޅުންތެރިޔަކު ހިމެނެއެވެ. އެއީ އާޖެންޓީނާއާއެކު ވޯލްޑް ކަޕް ކާމިޔާބުކުރި ލިއޮނަލް މެސީއާއި ހޫލިއަން އަލްވާރޭޒްގެ އިތުރުން، ފްރާންސްގެ ކީލިއަން އެމްބާޕޭ، ކަރީމް ބެންޒެމާ، އިންގްލެންޑުގެ ޖޫޑް ބެލިންހަމް، ބެލްޖިއަމްގެ ކެވިން ޑިބްރޭނާ، ނޮވޭގެ އާލިން ހާލަންޑް، މޮރޮކޯގެ އަޝްރަފް ހަކީމީ، ޕޮލެންޑުގެ ރޮބާޓް ލެވަންޑޯސްކީ، ސެނެގާލްގެ ސަޑިއޯ މާނޭ، މުހައްމަދު ސަލާހު، ކްރޮއޭޝިއާގެ ލޫކާ މޮޑްރިޗް، ބްރެޒިލްގެ ނޭމާ ޖޫނިއަރ އަދި ވިނީޝިއަސް ޖޫނިއަރއެވެ.

ފިރިހެން އެންމެ މޮޅު ކޯޗަށް ވާދަކުރަނީ އާޖެންޓީނާއާއެކު ވޯލްޑް ކަޕް ކާމިޔާބުކުރި ލިއޮނަލް ސްކަލޯނީގެ އިތުރުން، ރެއާލް މެޑްރިޑުގެ ކާލޯ އަންޗެލޮޓީ، ފްރާންސްގެ ޑިޑިއޭ ޑެޝޯމްޕްސް، މެންޗެސްޓަރ ސިޓީގެ ޕެޕް ގާޑިއޯލާ އަދި މޮރޮކޯގެ ކޯޗު ވަލީދު ރެގްރަގުއިއެވެ. އެންމެ މޮޅު ކީޕަރުންނަށް ވާދަކުރަނީ އާޖެންޓީނާއާއެކު ވޯލްޑް ކަޕް ކާމިޔާބުކުރި އެމިލިއާނޯ މާޓިނޭޒްގެ އިތުރުން ބްރެޒިލްގެ އެލިސަން ބެކާ، މޮރޮކޯގެ ޔާސިން ބޯނޯ، ބެލްޖިއަމްގެ ތިބައޫ ކޯޓުއާ އަދި ބްރެޒިލްގެ އެޑާސަންއެވެ.

މީގެ އިތުރުން ފީފާއިން މި އެވޯޑުތަކަށް ވާދަކުރާ ކުޅުންތެރިންގެ ތެރެއިން ގަދަ ތިން ކުޅުންތެރިން ހޮވާނެއެވެ. އެ ކުޅުންތެރިން އިއުލާންކުރާނީ ފެބްރުއަރީ މަހުގެ ކުރީކޮޅުއެވެ. އެވޯޑު ހަފްލާ އޮންނާނީ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ.

ފީފާލިއޮނެލް މެސީކީލިއަން އެމްބާޕޭކަރިމް ބެންޒެމާ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް
08 ޑިސެމްބަރު 2025

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
07 ޑިސެމްބަރު 2025

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި
06 ޑިސެމްބަރު 2025

ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު

06 ޑިސެމްބަރު 2025
ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު