Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސުއޭޒް ކެނަލްގައި އާގުބޯޓެއް ތާށިވުން

ސުއޭޒް ކެނަލްގައި ތާށިވި އާގުބޯޓު އެއްކޮށް ފުންކޮށްފި

ސުއޭޒް ކެނަލްގައި ތާށިވެފައިވަނީ 1،300 ފޫޓުގެ އާގުބޯޓެއް

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 29 މާރިޗު 2021 | ހޯމަ 07:01
ސުއެޒް ކެނަލްގައި 'އެވަރ ގިވެން' ކާގޯ ބޯޓު ހުރަސްވެފައިވަނިކޮށް

ސުއެޒް ކެނަލްގައި 'އެވަރ ގިވެން' ކާގޯ ބޯޓު ހުރަސްވެފައިވަނިކޮށް

ސުއޭޒް ކެނަލްގައި ތާށިވި އާގުބޯޓު އެއްކޮށް ފުންކޮށްފިއެވެ.

ތައިވާނުގައި މަރުކަޒުވެފައިވާ ކުންފުންޏަކުން ދުއްވާ 1،300 ފޫޓުގެ އާގުބޯޓެއްކަމަށްވާ "އެވަރ ގްރީން" ސުއޭޒު ކެނަލްގައި ހުރަސްވެ ތާށިވުމުން އެ ސަރަޙައްދު ބަންދުވެ އެ މަގުން ދަތުރުކުރަން ހަމަޖެހިފައިވާ ތެޔޮ އުފުލާ ބޯޓުފަހަރާއި މުދާ އުފުލާ ބޯޓުފަހަރު ވަނީ އެ މަގުން ހުރަސްނުކުރެވި ދެ ފަރާތުގައި ތާށިވެފައެވެ. އެގޮތުން ސުއޭޒު ކެނެލަށް ނުވަދެވި ނުވަތަ ސުވޭޒު ކެނަލުގެ އެކި ސަރަޙައްދުތަކުގައި ތާށިވެފައި 300 އަށްވުރެ ގިނަ އުޅަނދު އެބައޮތެވެ. ބޯޓު އަނބުރާލުމަށް ގާތްގަނޑަކަށް 50 ފޫޓުގެ ފުންމިނަށް ބިންގަނޑު ކޮންނަން ޖެހެއެވެ. ބޯޓުގެ ދިރުނބާ ކޮޅުން މިހާތަނަށް 20،000 ޓަނުގެ ވެލިވަނީ ކޮނެފައެވެ. ސުއޭޒް ކެނަލް އޮތޯރިޓީން ބުނީ ބޯޓު އަނބުރާލުމަށް ކޮށްފައިވާ މަސައްކަތުން ބޯޓުގެ ހުންގާނާއި ކޮޅުފަސްކޮޅު ކޮންމެވެސް ވަރަކަށް ގުޑުވާލެވިފައިވާކަމަށް މީގެ ދެ ދުވަސްކުރި ޚަބަރުތައް ވަނީ ފެތުރިފައެވެ. އެކަން ހާޞިލްކޮށްފައިވަނީ ބޯޓުގެ ދެ ފަރާތުގައި އޮންނަ ސަރަޙައްދު ކޮނެ ޓަގުބޯޓު ބޭނުންކޮށްގެން ބޯޓު ދަމައިގެންނެވެ. އަދި ކޮންމެވެސް ވަރަކަށް ބޯޓު ފުންކުރެވިފައިވާކަމަށާއި، ކޮންމެ ވަގުތެއްގައި ވެސް ބޯޓު އެނބުރިދާނެކަމަށް އެ ވުޒާރާއިން އޭރު ވަނީ ބުނެފައެެވެ.

މި މަސައްކަތުގެ އެންމެ ފަހުގެ މަޢުލޫމާތު ހާމަކޮށް އާންމުކުރި ވީޑިއޯއެއްގައި ވަނީ ސުއޭޒް ކެނަލްގައި ތާށިވި އާގުބޯޓު އެއްކޮށް ފުންކުރެވި ފެންމައްޗަށް ގެނެސްފައިވާކަން ހާމަކޮށްފައެވެ. ސުއޭޒް ކެނަލްގެ ކުރީގެ ވެރިޔާ އަދި މިޞްރުގެ ޕްރެސިޑެންޝަލް ސީޕޯޓް އެޑްވައިޒަރ މޮހެބް މަމިޝް ވަނީ ހުއްޓުމެއްނެތި އެއް ހަފުތާގެ މަސައްކަތުން ސުއޭޒް ކެނަލްގައި ތާށިވި އާގުބޯޓު އެއްކޮށް ފުންކޮށްފައިވާކަން ހާމަކޮށްފައެވެ. އަދި ކުރިއަށްއޮތް 6 ގަޑިއިރުގެ ތެރޭގައި މި ކެނަލް ހުޅުވާލައި އޮޕަރޭޝަން ފެށޭނެކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، ސުއޭޒް ކެނަލް އޮތޯރިޓީން މިހާތަނަށް އައިރު ތާށިވި އާގުބޯޓު އެއްކޮށް ފުންކޮށް، ކެނަލްގެ ކަންކަން ކުރިއަށްދާނެގޮތާ މެދު ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ސުއޭޒް ކެނަލްގައި ބޯޓު ހުރަސްވުމަށް މެދުވެރިވީ މޫސުން ގޯސްވި ވަގުތެއްގައި ފަޅުވެރިން ފަރުވާކުޑަކުރުމުންކަމަށާއި ބޯޓަށް އެއްވެސް މައްސަލައެއް ދިމާވެގެން ނޫންކަމަށް އިބްތިދާޢީ ތަހުޤީޤުތަކުން ދައްކައެވެ. އެ ބޯޓުގައި ތިބީ އިންޑިޔާއަށް ނިޞްބަތްވާ 25 ފަޅުވެރިންނެވެ. މިސްރުގެ ސުއޭޒް ކެނަލްގައި ތާށިވެފައިވާ އާގު ބޯޓު 'އެވަރ ގްރީން' ފުންކުރުމަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށް ބެލެވިފައިވާތީ މިދަނޑިވަޅުގައި ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު ބޮޑުވާނެ ކަމަށް ރިޕޯޓްތައް ދަނީ ބުނަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން ސުއޭޒް ކެނަލްގައި ތާށިވެފައިވާ އާގުބޯޓުގެ ސަބަބުން ކަނޑުމަގުން ކުރާ ދުނިޔޭގެ ވިޔަފާރިއަށް ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ. ކަނޑުމަގުން ދުނިޔޭގައި ކުރާ ވިޔަފާރީގެ 20 އިންސައްތަ ބޯޓުތައް ސުއޭޒް ކެނަލުން ދަތުރުކުރަން ޖެހެއެވެ. މީގެ ތެރޭގައި މުދާ އުފުލާ ކޮންޓެއިނަރުތަކާއި، ތެޔޮ އުފުލާ ކޮންޓެއިނަރުތައް ހިމެނެއެވެ.

ސުއޭޒް ކެނަލަކީ ދުނިޔޭގެ ހުޅަނގު ބިތާއި އިރުމަތީ ބިތް ގުޅުވައިދޭ މައި މަގެވެ. މި ކެނަލުން ގަޑިއިރެއްގެ ތެރޭ 400 މިލިއަން ޑޮލަރުގެ ކާގޯ ދަތުރުކޮށް ހަދައެވެ.

ސުއެޒް ކެނަލް

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްރާއީލުގެ ގަތުލުއާންމުގެ ނުރައްކާ ސުއޭޒް ކަނޑުއޮޅިން، ކަންމަތީ ފިހާރައިގެ ބިލުން، އަމިއްލަ ޖީބަށް!

އިސްރާއީލުގެ ގަތުލުއާންމުގެ ނުރައްކާ ސުއޭޒް ކަނޑުއޮޅިން، ކަންމަތީ ފިހާރައިގެ ބިލުން، އަމިއްލަ ޖީބަށް!

23 ޑިސެމްބަރު 2023
އުރުނު އާގުބޯޓުގެ ވެރިފަރާތުން ދޭންޖެހޭ ކަމަށް މިސްރުން ބުނަމުން އައި އަދަދު ކުޑަކޮށްފި

އުރުނު އާގުބޯޓުގެ ވެރިފަރާތުން ދޭންޖެހޭ ކަމަށް މިސްރުން ބުނަމުން އައި އަދަދު ކުޑަކޮށްފި

11 މެއި 2021
ސުއޭޒް ކެނަލް ބަންދުވުމާއިއެކު ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު ބޮޑުވާނެ – ރިޕޯޓް

ސުއޭޒް ކެނަލް ބަންދުވުމާއިއެކު ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު ބޮޑުވާނެ – ރިޕޯޓް

28 މާރިޗު 2021
ސުއެޒް ކެނަލް ހުއްޓުމަކަށް އައިސް ދުވާލަކު 9.6 ބިލިއަން ޑޮލަރުގެ ގެއްލުން!

ސުއެޒް ކެނަލް ހުއްޓުމަކަށް އައިސް ދުވާލަކު 9.6 ބިލިއަން ޑޮލަރުގެ ގެއްލުން!

26 މާރިޗު 2021
ޔަމަނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އދ އިން 2.6 ބިލިއަން ޑޮލަރު އެއްކޮށްފި

ޔަމަނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އދ އިން 2.6 ބިލިއަން ޑޮލަރު އެއްކޮށްފި

27 ފެބުރުއަރީ 2019

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު