Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސުއޭޒް ކެނަލް ބަންދުވުން

އުރުނު އާގުބޯޓުގެ ވެރިފަރާތުން ދޭންޖެހޭ ކަމަށް މިސްރުން ބުނަމުން އައި އަދަދު ކުޑަކޮށްފި

ކުރިން އެދެމުން އައީ 916 މިލިޔަން ޑޮލަރުގެ ބަދަލެއް

| 11 މެއި 2021 | އަންގާރަ 14:39
ކޮންޓޭނަރ އާގުބޯޓު "އެވަރ ގިވެން" ފުންކުރުމަށްފަހު ސުއޭޒް ކެނަލްގެ ތެރެއިން ސޯލްޓް ލޭކް ސަރަހައްދަށް ގެންދަނީ.

ކޮންޓޭނަރ އާގުބޯޓު "އެވަރ ގިވެން" ފުންކުރުމަށްފަހު ސުއޭޒް ކެނަލްގެ ތެރެއިން ސޯލްޓް ލޭކް ސަރަހައްދަށް ގެންދަނީ.

"އެވަރ ގިވެން" އާގުބޯޓު މިސްރުގެ ސުއޭޒް ކެނަލްގައި ތާށިވެ ހަފުތާއަކަށް ކެނަލް ބަންދުވުމާއި ބޯޓު އަލުން ފުންކުރުމުގެ ކަންތަކުގެ ބަދަލުގައި ބޯޓުގެ ވެރިފަރާތުން ދޭންޖެހޭ ކަމަށް ސުއޭޒް ކެނަލް އޮތޯރިޓީން ބުނަމުން އައި ފައިސާގެ އަދަދު ކުޑަކޮށްފިއެވެ.

ކެނަލް އޮތޯރިޓީން މިހާރު ބުނަނީ ބޯޓުގެ ވެރިފަރާތް ކަމުގައިވާ ޖަޕާނުގެ ސޮއެއި ކިސެން ކައިޝާއިން މިސްރަށް ދޭންޖެހެނީ 600 މިލިޔަން އެމެރިކާ ޑޮލަރު ކަމުގައެވެ. މިއީ ކުރިން ދައުވާ ކުރަމުން އައި މިންވަރަށްވުރެ 30 ޕަސަންޓް ކުޑަ އަދަދެކެވެ. ކުރިން ބުނަމުން އައީ 916 މިލިޔަން ޑޮލަރު ދޭންޖެހޭނެ ކަމުގައެވެ.

"އެވަރ ގިވެން" އާގުބޯޓު ފުންކުރެވުނީ މާޗްމަހުގެ ފަހުކޮޅުއެވެ. ބޯޓު ފުންކޮށްގެން ކެނަލްގެ ތަންކޮޅެއް ފުޅާ ހިސާބަކަށް ގެންގޮސް ބެލި ބެލުންތަކަށްފަހު ބޯޓަށް މާބޮޑު ގެއްލުމެއް ލިބިފައިނުވާކަމަށާއި ދެން ދާން އޮތް ބަނދަރަށް ދެވިދާނޭ ކަމަށް ބައިނަލްއަގުވާމީ އިނިސްޕެކްޓަރުންގެ ޓީމަކުން ވަނީ ބުނެފައެވެ.

އެކަމަކު ސުއޭޒް ކެނަލް އޮތޯރިޓީން ބޯޓުގެ ވެރިފަރާތާ ދެކޮޅަށް ކުރި ދައުވާޔާ ގުޅިގެން ފައިސާ ދެއްކުމަށްފަހު ނޫނީ ބޯޓު ދޫނުކުރުމަށް މިސްރުގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ.

ސުއޭޒް ކެނަލް އޮތޯރިޓީން ކުރިން އެދެމުން އައި 916 މިލިޔަން ޑޮލަރުގެ ތެރޭގައި ހިމެނެނީ ބޯޓު ފުންކުރުމުގެ އަގަށް 300 މިލިޔަނާއި ކެނަލްގެ ވިޔަފާރިއަށް ލިބުނު ގެއްލުމުގެ ބަދަލުގައި 300 މިލިޔަނާއި އެނޫން ކަންކަމަށް 316 މިލިޔަން ޑޮލަރެވެ.

ބޯޓުގެ ވެރިފަރާތާއި ބޯޓުގެ އިންޝުއަރެންސް ކުންފުނިން ވަނީ މިއީ މާބޮޑު އަދަދެއް ކަމަށް ބުނެ ފައިސާ ދޭން ދެކޮޅު ހަދައިފައެވެ. އެފަރާތުން ބުނެފައިވަނީ މި އަދަދުތައް ނެރުމުގައި މިސްރުން ހިސާބު ޖެހިގޮތެއް ސާފުނުވާ ކަމަށާއި މިވަރަށް ޚަރަދު ކުރެވިފައި އަދި ގެއްލުންވެފައި ނުވާނޭ ކަމުގައެވެ. އެހެންވީމާ ހަމަ ހިތަށް އެރި އަދަދެއް ބުނެލުމަކުން އެއީ ދައްކަންޖެހޭ އަދަދަކަށް ވެސް ނުވާނޭ ކަމުގައެވެ.

ސުއޭޒް ކެނަލް އޮތޯރިޓީގެ ވެރިޔާ އުސާމާ ރާބިއީ ވިދާޅުވީ ދައްކަންޖެހޭ އަދަދުން 300 މިލިޔަން ޑޮލަރު އުނިކޮށްފައި އައު އިންވޮއިސެއް މިހާރު ފޮނުވައިފި ކަމަށާއި ބޯޓުގެ ވެރިފަރާތުން އެޔަށް އަދި އެއްވެސް ޖަވާބެއް ނުދޭ ކަމުގައެވެ.

"އެވަރ ގިވެން" ހާދިސާގެ ސަބަބުން މިސްރަށް ލިބުނު ގެއްލުންތައް ބިލިޔަން ޑޮލަރަށް އަރާ ކަމަށް މިސްރުން ބުނާއިރު ބައިނަލްއަގުވާމީ ކަނޑު ދަތުރުފަތުރުގެ ވިޔަފާރި މޮނިޓަރ ކުރާ ފަރާތްތަކުން ބުނަނީ އެއީ ހުސް ދޮގު ކަމުގައެވެ. ކުރީ އަހަރުގެ ފުރަތަމަ ތިންމަސް ދުވަހު ސުއޭޒް ކެނަލަށް ލިބުނު އާމްދަނީއަށް ވުރެ މިއަހަރު އެ މުއްދަތުގައި ލިބުނު އާމްދަނީ 2.8 އިންސައްތަ އިތުރުވެފައިވާ ވެސް ކަމަށް ބުނެފައިވެއެވެ.

މިޞްރުސުއެޒް ކެނަލް

އިތުރަށް ކިޔާލަން

14 އޮކްޓޯބަރު 2025

ސުލްޙަވެރިކަން ޤާއިމު ކުރެވޭނެ ހަމައެކަނި މަގަކީ ދެ ދައުލަތުގެ ޙައްލު: އަލް ސީސީ

14 އޮކްޓޯބަރު 2025
ސުލްޙަވެރިކަން ޤާއިމު ކުރެވޭނެ ހަމައެކަނި މަގަކީ ދެ ދައުލަތުގެ ޙައްލު: އަލް ސީސީ
12 އޮކްޓޯބަރު 2025

ސިޔާސީ ހަލަބޮލި ކަމެއްގެ ތެރެއިން، މެކްރޮން މިޞްރަށް ވަޑައިގަންނަވަނީ

12 އޮކްޓޯބަރު 2025
ސިޔާސީ ހަލަބޮލި ކަމެއްގެ ތެރެއިން، މެކްރޮން މިޞްރަށް ވަޑައިގަންނަވަނީ
11 އޮކްޓޯބަރު 2025

ޣައްޒާ ހަނގުރާމަ ހުއްޓާލަން ވެފައިވާ އެއްބަސްވުން ދެމި އޮންނާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

11 އޮކްޓޯބަރު 2025
ޣައްޒާ ހަނގުރާމަ ހުއްޓާލަން ވެފައިވާ އެއްބަސްވުން ދެމި އޮންނާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
07 އޮކްޓޯބަރު 2025

ހަމާސް އާއި އިސްރާއީލްއާ ދެމެދު ފުރަތަމަ ބުރުގެ މަޝްވަރާތައް ބާއްވައިފި

07 އޮކްޓޯބަރު 2025
ހަމާސް އާއި އިސްރާއީލްއާ ދެމެދު ފުރަތަމަ ބުރުގެ މަޝްވަރާތައް ބާއްވައިފި
05 އޮކްޓޯބަރު 2025

ރަހީނުން މިނިވަން ކުރުމުގެ މަޝްވަރާ އަށް ޓްރަމްޕްގެ މަންދޫބުން މިޞްރަށް

05 އޮކްޓޯބަރު 2025
ރަހީނުން މިނިވަން ކުރުމުގެ މަޝްވަރާ އަށް ޓްރަމްޕްގެ މަންދޫބުން މިޞްރަށް
14 އެޕްރީލު 2025

ހަނގުރާމަ ހުއްޓާލާ ރަހީނުން މިނިވަން ކުރުމުގެ މަޝްވަރާތަކަށް ކުރިއެރުމެއް ނުލިބުނު

14 އެޕްރީލު 2025
ހަނގުރާމަ ހުއްޓާލާ ރަހީނުން މިނިވަން ކުރުމުގެ މަޝްވަރާތަކަށް ކުރިއެރުމެއް ނުލިބުނު
19 މާރިޗު 2025

އެއްބަސްވުމާ ޚިލާފަށް، އިސްރާއީލުން ޣައްޒާ އަށް ދިން ޙަމަލާތަކާ ގުޅިގެން ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ކަންބޮޑުވުން

19 މާރިޗު 2025
އެއްބަސްވުމާ ޚިލާފަށް، އިސްރާއީލުން ޣައްޒާ އަށް ދިން ޙަމަލާތަކާ ގުޅިގެން ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ކަންބޮޑުވުން
27 ޖެނުއަރީ 2025

ފަލަސްތީން ރައްޔިތުން އެމީހުންގެ ވަޒަނުން ނެރުމަށް ޓްރަމްޕް ގެންގުޅުއްވާ ޕްލޭނަށް މިސުރުން ދެކޮޅު ހަދައިފި

27 ޖެނުއަރީ 2025
ފަލަސްތީން ރައްޔިތުން އެމީހުންގެ ވަޒަނުން ނެރުމަށް ޓްރަމްޕް ގެންގުޅުއްވާ ޕްލޭނަށް މިސުރުން ދެކޮޅު ހަދައިފި
21 އޮކްޓޯބަރު 2024

މިސްރުން މެލޭރިއާ ނައްތާލެވިއްޖެ ކަމަށް އިއުލާންކޮށްފި

21 އޮކްޓޯބަރު 2024
މިސްރުން މެލޭރިއާ ނައްތާލެވިއްޖެ ކަމަށް އިއުލާންކޮށްފި
22 ޖޫން 2024

ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟

22 ޖޫން 2024
ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު