Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފޭސްބުކް

ފޭސްބުކުން އިންސްޓްގްރާމް، ވަޓްސްއެޕް އަދި މެސެންޖަރ އެއްކޮށްލަނީ

26 ޖެނުއަރީ 2019 | ހޮނިހިރު 03:16

އެޕްތައް ހުންނާނީ ވަކިން، އެކަމަކު އެއް ޔޫސަރ ޕްރޮފައިލްއެއްގެ ދަށުގައި

އަމަން ހަލީމް
އަމަން ހަލީމް | 26 ޖެނުއަރީ 2019 | ހޮނިހިރު 03:16
މީހެއްގެ ފޯނުން އެޕްލިކޭޝަންތައް ބޭނުންކުރަނީ

މީހެއްގެ ފޯނުން އެޕްލިކޭޝަންތައް ބޭނުންކުރަނީ

މަޝްހޫރު މީސް މީޑިއާ ކުންފުނި ފޭސްބުކުން އެ ކުންފުނީގެ ތިން އެޕްލިކޭޝަން ކަމުގައިވާ އިންސްޓަގްރާމް، ވަޓްސްއެޕް އަދި މެސެންޖަރ އެއްކޮށްލަން ނިންމައިފިއެވެ.

މުސްތަގުބަލުގައި ވެސް މި ތިން ހިދުމަތުގެ އެޕްތައް ވަކިން ހުއްޓެއްކަމަކު، މި ހުރިހާ އެޕްތަކެއް މަސައްކަތް ކުރާނީ އެއް އޮނިގަނޑެއްގެ ދަށުންނެވެ. މާނައަކީ މި ތިން އެޕްލިކޭޝަންގެ ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުން ދެން އެ ހިދުމަތްތަށް ލިބޭނީ އެއް ޔޫސަރ ޕްރޮފައިލްއެއްގެ ދަށުންނެވެ.

މި އެޕްލިކޭޝަންތަކަށް އެންޑް-ޓު-އެންޑް އެންކްރިޕްޝަން ތައާރަފް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފޭސްބުކްއިން ވަނީ ހާމަކޮށްފައެވެ. އެންޑް-ޓު-އެންޑް އެންކްރިޕްޝަން މެދުވެރިކޮށް ކުރާ މުއާމަލާތަކީ، ފޮނުވާ ފަރާތާއި ލިބޭ ފަރާތް ފިޔަވައި އެހެން ފަރާތްތަކަށް ސިއްރުކުރެވިފައިވާ މުއާމަލާތްތަކެވެ.

މާހިރުން ބުނަނީ މިކަމުގެ ސަބަބުން ފޭސްބުކް ބޭނުންކުރާ ފަރާތްތަކުގެ މައުލޫމާތު އެއްކުރަން އެ ކުންފުންޏަށް އިތުރު ފަސޭހަތަކެއް ލިބުމާއި އެކު، އެ ފަރާތްތަކަށް އަމާޒުކޮށްގެން ދެއްކޭ އިޝްތިހާރުތައް ކަނޑައެޅުމަށް އެ ކުންފުންޏަށް އިތުރު ބާރުތަކެއް ލިބިގެންދާނެ ކަމަށެވެ.

ފޭސްބުކުން އެންމެ ފަހުން އާންމުކޮށްފައިވާ އާމްދަނީގެ ރިޕޯޓުގައިވާ ގޮތުން، ކޮންމެ ދުވަހަކު ދުވާލަކު އެއް ފަހަރު ނަމަވެސް ފޭސްބުކްގެ އެޕްލިކޭޝަންތައް ދެ ބިލިއަން މީހުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ބޭނުންކުރެއެވެ.

އިތުރަށް ކިޔާލަން

04 އޮކްޓޯބަރު 2021

ފޭސްބުކް، އިންސްޓަރގްރާމް އަދި ވަޓްސްއެޕް ޑައުންވެއްޖެ

04 އޮކްޓޯބަރު 2021
ފޭސްބުކް، އިންސްޓަރގްރާމް އަދި ވަޓްސްއެޕް ޑައުންވެއްޖެ
23 ފެބުރުއަރީ 2021

ވަޓްސްއެޕްގެ އަޕްޑޭޓާ މެދު ހިތްހަމަ ނުޖެހޭނަމަ މެސެޖު ނުކުރެވޭނެ

23 ފެބުރުއަރީ 2021
ވަޓްސްއެޕްގެ އަޕްޑޭޓާ މެދު ހިތްހަމަ ނުޖެހޭނަމަ މެސެޖު ނުކުރެވޭނެ
18 މާރިޗު 2019

ކްރައިސްޓްޗާޗް ހަމަލާ: ހަމަލާ ދިން ވީޑިއޯގެ 1.5 މިލިއަން ކޮޕީ ފޭސްބުކުން ބޭރުކުރި

18 މާރިޗު 2019
ކްރައިސްޓްޗާޗް ހަމަލާ: ހަމަލާ ދިން ވީޑިއޯގެ 1.5 މިލިއަން ކޮޕީ ފޭސްބުކުން ބޭރުކުރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް